ފިލްމު ކުޅެން މިހާރު ފުރުސަތެއް ނުލިބޭ: ހެމާ މާލިނީ

ފިލްމުކުޅެން ލިބޭ ފުރުސަތު، އުމުރުން ދުވަސްވަމުންދާ ވަރަކަށް މަދުވަމުން އަންނަ ކަމަށް ކުރީގެ މަޝްހޫރު ބަތަލާ ހެމާ މާލިނީ ބުނެފި އެވެ.


ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ހެމާ ބުނީ މިހާރު އޭނާގެ އުމުރުގެ ބަތަލާއިން ލައްވާ ފިލްމު ކުޅުވަން އެއްވެސް މީހަކު ބޭނުން ނުވާ ކަމަށެވެ.

"ހަމަ ތެދެއް މި ބުނީ. އަދިވެސް އަހަރެންގެ ކޮނޑުގައި ފިލްމެއް އަޅައިގެން ކާމިޔާބު އެއްޗަކަށް ހަދައިދެވިދާނެ،" ހެމާ ބުންޏެވެ.

ސިޔާސީ ދާއިރާގައި ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް ހެމާ، 68، ވާހަކަ ދެއްކި އެވެ. އޭނާ ބުނީ އެއް އިރެއްގައި އޭނާގެ ދާއިރާ އޮތީ ބާރުތައް ހޯދަން ދަހިވެތިވެފައި ތިބި ފިރިހެނުންނަށް އެކަނި ކަމަށެވެ. އަދި އެމީހުން އެއްވެސް ޒިންމާއެއް ކޮނޑުގައި އަޅަން ބޭނުން ނުވާ ކަމަށް ބުންޏެވެ.

"ހަމަ އެކަނި ގޮނޑި ލިބުނީމާ އެ ނިމުނީ،" ހެމާ ބުންޏެވެ.

ދަރުމެންދުރަ އާއި އޭނާގެ ލޯބީގެ ކައިވެންޏާ ބެހޭ ގޮތުން ވެސް މި އިންޓަވިއުގައި ހެމާ ވާހަކަދެއްކި އެވެ. އޭނާ ބުނީ ދަރުމެންދުރަ އަކީ އޭނާގެ ހަޔާތުގެ މުހިއްމު ބައެއް ކަމަށެވެ. ދެމަފިރިއެއްގެ އޮންނަ ގުޅުން ވަރުގަދަ ވުމުގެ އެންމެ ބޮޑު ސިއްރަކީ އެމީހުންގެ މެދުގައި އޮންނަ ލޯތްބާއި އެކުވެރިކަން ކަމަށް ހެމާ ބުންޏެވެ.