ޖެނިފާގެ ފޮޓޯ ޖަހާފައިވާ "ޕީޕަލް" މަޖައްލާގެ ކަވަރު.
03 ޖޫން 2017
ހޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ބެން އެފްލެކްގެ އަންހެނުން ޖެނިފާ އަށް ގާނާއާ ބެހޭ ގޮތުން ޕީޕަލް މެގަޒިން އިން ފެތުރި ދޮގު ޚަބަރަކާ ގުޅިގެން އޭނާ ހިތްހަމަނުޖެހިއްޖެ އެވެ.
މަޝްހޫރު "ޕީޕަލް" ގެ ކަވަ ސްޓޯރީއަކަށް މިފަހަރު ގެނެސްފައި ވަނީ ޖެނިފާ އެވެ. ޖެނިފާ ހިނިވުންމަކާ އެކު އިން ފޮޓޯއެއް ޖަހާފައިވާ އިރު، ސުރުހީ އަކީ "ލައިފް އާފްޓަ ހާޓްބްރޭކް" އެވެ.
އެ ވާހަކަތައް އިޝާރާތް ކުރަނީ ޖެނިފާ އާއި ބެން އެފްލެކްގެ ވަރީގެ ވާހަކަތަކަށެވެ. އެ ދެ މީހުންގެ ވަރީގެ މައްސަލަ އޮތީ ކޯޓުގަ އެވެ. އަދި އެ މަޖައްލާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖެނިފާ މިހާރު އިނީ އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އެވެ.
"ޕީޕަލް" ގެ އެ ވާހަތަކާ ގުޅިގެން އޭނާގެ ފޭސްބުކް ޕޭޖްގައި ބުނީ މަޖަައްލާގެ ކަވަރު އޭނާގެ ސަމާލު ކަމަށް އައީ ހެޔޮއެދޭ ބައެއް މީހުންގެ ފަރާތުން ކަމަށެވެ.
އެކަމަކު އޭނާ ބުނީ "ޕީޕަލް" އަށް ކަވަރަކަށް ޕޯޒް ނުކުރާ ކަމަށާއި އެ މަޖައްލާ އަށް މި ފަހުން އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާ އެއްމާބަނޑު ދެ ކުދިންނަށް ބަލިވެއިން ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި އެފަދަ ވާހަކަތަކަށް ސަމާލުކަން ނުދިނުމަށް ޖެނިފާ ވަނީ އެދިފަ އެވެ.
"އަހަރެންގެ ތިން ކުދިންނާ އެކު ވަރަށް އުފަލުން މި އުޅެނީ،" ޕާލް ހާބާ އާއި ޑެއާޑެވިލްފަދަ ފިލްމްތައް ކުޅެފައިވާ ޖެނިފާ، 45، ބުންޏެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް