އާމިރު ޚާން ޑިސްޓްރިބިއުޝަން ވިޔަފާރިއަށް ވަންނަނީ

އާމިރު ޚާނަކީ ވަރަށް ޖެހިލުންކުޑަ އެކްޓަރެކެވެ. އޭނާއަށް އިންޓަނޭޝަަނަލް އަދި އިންޑިޔާގެ ބޮކްސް އޮފީހުގައި ލިބެމުންދާ ކާމިޔާބީގެ އަސްލަކީ ވެސް އޭނާގެ ޖެހިލުން ކުޑަ ކަމެވެ. އެ ފިލްމުތައް ކާމިޔާބު ކުރުމަށްޓަކައި އާމިރު ވަރަށް ބުރަކޮށް އެއްވެސް ބިރެއްނެތި މަސައްކަތްތައް ކުރުމެވެ.


އާމިރުގެ ފަހުގެ ގިނަ ފިލްމުތަކަކީ ބްލޮކްބަސްޓާގެ ދަރަޖަ ލިބިފައިވާ ފިލްމުތަކެވެ. އެހެންކަމުން އެ ފިލްމުތަކުން އޭނާއަށް ގިނަ އަދަދެއްގެ ފައިސާ ލިބުމުގެ އިތުރުން އޭނާއަކީ އެންމެ ވިކޭ އެކްޓަރުކަން ވެސް އާމިރު ވަނީ ސާބިތު ކޮށްދީފަ އެވެ. ނަމަވެސް މި ހުރިހާ ކަމަކަށް ވުރެ ވެސް އާމިރު ދެން ކުރަން ރާވާފައިވާ ކަންތައްތަކަކީ އޭނާގެ ވާދަވެރިންގެ ރޭގަނޑުގެ ނިދި ގެއްލިގެންދާ ވަރުގެ ކަމެކެވެ. އެއީ ފިލްމު ޑިސްޓްރިބިއުޓްކުރުމުގެ މަސައްކަތް އަމިއްލަ އަށް ފެށުމެވެ.

ފިލްމު އުފެއްދުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް މަސައްކަތް ކުރުމަކީ އާމިރު ބޭނުންވާ ގޮތެވެ. އެހެންކަމުން އެންމެ ފަހުން އޭނާ ނިންމާފައިވާ މި ނިންމުމަކީ އޭނާގެ ޕްރޮޑަކްޝަން ބެނާ އާމިރު ޚާން ޕްރޮޑަކްޝަންސްގެ ކުޑައިގެ ދަށުން ޑިސްޓްރިބިއުޝަން ވިންގެއް ގާއިމް ކުރުމެވެ. މިކަމުގެ ސަބަބުން އޭނާގެ ފިލްމުތައް ޑިސްޓްރިބިއުޓްކުރުމަށް ދާ ޚަރަދު ވަރަށް ބޮޑުތަން ކުޑަވެގެން ދާނެ އެވެ. އަދި އިންވެސްޓްމަންޓްގެ ފައިދާ ލިބޭލެއް ވެސް އިތުރުވެގެން ދާނެ އެވެ. މީގެ ސަބަބަން މުޅި އަހަރު ތެރޭ އެންމެ ގިނަ އާމްދަނީ ލިބޭ އެކްޓަރަކަށް އޭނާ ވެގެން ދާނެ އެވެ.

ނަމަވެސް އޭނާ ޑިސްޓްރިބިއުޓްކުރުމުގެ މަސައްކަތް ފަށާނީ ކޮން ފިލްމަކުން ފެށިގެން ކަމެއް އަދި ޔަގީން ނުވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ. ލަފާ ކުރެވެނީ ރާކޭޝް ޝަރުމާގެ ބައޮޕިކް ވެގެން ދާނީ އާމިރު ފުރަތަމަ ޑިސްޓްރިބިއުޓްކުރާ ފިލްމަށް ކަމަށެވެ. ސަބަބަކީ އޭނާގެ ދެން އެންމެ އަވަހަށް ރިލީޒްކުރާ ފިލްމު "ސީކްރެޓް ސުޕަސްޓާ" ޑިސްޓްރިބިއުޓްކުރުން ޒީ ސްޓޫޑިއޯސް އާ ހަވާލު ކޮށްފައިވާތީ އެވެ. އަދި "ތަގްސް އޮފް ހިންދުސްތާން" ޑިސްޓްރިބިއުޓްކުރަނީ ޔާޝްރާޖް ފިލްްމްސް އިން ކަމަށް ވާތީ އެވެ.

އާމިރު ޑިސްޓްރިބިއުޓްކުރުމުގެ ވިޔަފާރިއަށް ވަނުމަކީ ބޮލީވުޑްގައި މިހާރު އޭނާއާ އެންމެ ވާދަކުރާ އެކްޓަރުންގެ ތެރޭގައި ހިމެނޭ ޝާހްރުކް ޚާނާއި ސަލްމާން ޚާން އަދި އަކްޝޭ ކުމާރު ފަދަ ތަރިންނަށް ވުރެ ވެސް އޭނާ މާ ކުރި އަރައިގެން ދާނެ ކަމެއް ކަމަށް ބެލެވެ އެވެ. މިހާރު ވެސް އާމިރަކީ އެކްޓިން، ޕްރޮޑަކްޝަން، ޑައިރެކްޝަން އަދި ޓީވީ އިންޑަސްޓްރީގައި ވެސް މަސައްކަތް ކުރާ އެކްޓަރެކެވެ. އަ