ޔާމީ ގޯތަމް ވެސް ރާއްޖޭގައި

"ގާބިލް" ފަދަ ރީތި ފިލްމުތައް ކުޅެފައިވާ ޒުވާން ބަތަލާ ޔާމީ ގޯތަމް ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ. ޔާމީ ވަނީ އޭނާ ރާއްޖޭގެ ރިސޯޓެއްގެ ގޮނޑުދޮށުގައި ނަގާފައިވާ ފޮޓޯއެއް އިއްޔެގެ ހަވީރުގެ ވަގުތެއްގައި އިންސްޓަގްރާމް ކޮށްފަ އެވެ.


އެ ފޮޓޯގައި "އަހަރެން މިތަނަށް ގެންގޮސްދޭށޭ" ބުނެ "މޯލްޑިވްސް" ހޭޝްޓެގްގައި އޭނާ މެސެޖެއް ލިޔެފައިވެ އެވެ. ޔާމީގެ މެސެޖަށް ޖަވާބު ދިނުމުގެ ގޮތުން، ތިހުރީ މިހާރުވެސް އެތަނުގައޭ" ބުނެ މީހަކު މެސެޖެއް ލިޔެފައި ވެ އެވެ.

ނަމަވެސް ޔާމީ ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައި ކަމެއް ސާފެއް ނުވެ އެވެ.

ޔާމީ ރާއްޖޭގައި ޗުއްޓީ ހޭދަކުރާއިރު، އަމީތާބު ބައްޗަން ވެސް އޭނާގެ 75 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް އާއިލާއާ އެކު މިވަގުތު ތިބީ ރާއްޖޭގަ އެވެ.

މި އަހަރުގެ ޖޫން މަހު ވެސް ޔާމީ ވަނީ ރާއްޖޭގައި ހަ ދުވަހުގެ ޗުއްޓީއެއް ހޭދަކޮށްފަ އެވެ. އެ ފަހަރު އޭނާ ރާއްޖެ އައީ މަންމަގެ އުފަން ދުވަސް ފާހަގަ ކުރުމަށެވެ. މި ދަތުރުގައި ޔާމީގެ އާއިލާގެ މީހުންގެ ތެރެއިން އެންމެ ގާތް އެންމެން ކަހަލަ ގޮތަކަށް ވަނީ ބައިވެރިވެފަ އެވެ.

Take me there... #Maldives ❤️

A post shared by Yami Gautam (@yamigautam) on

އެ ފަހަރު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި މުމްބައި އަށް ގޮސް ނޫސްތަކަށް ދިން އިންޓަވިއުގައި ބުނެފައިވާ ގޮތުގައި ރާއްޖެ ކަހަލަ ރީތި ތަނެއްގައި އާއިލާއާ އެކު ވަގުތު ހޭދަކުރަން ލިބުމަކީ ރޫހަށް ވެސް ތާޒާކަން ލިބިގެން ދިޔަ ކަމެކެވެ.

ޖޫން މަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރި އިރު ނަގާފައިވާ ފޮޓޯއެއް

މި ދަތުރުގައި ސްނޯކްލިން، ޖެޓް ސްކީން، ޕަރަސެއިލިން ފަދަ ވޯޓާ ސްޕޯޓްސްތަކުގައި ބައިވެރިވި ކަމަށާއި ހުރިހާ ކަމަކަށް ވުރެ ވެސް އޭނާ ގަޔާވީ ސްކޫބާ ޑައިވިން އަށް ކަމަށް ޔާމީ ބުނެފައިވެ އެވެ. އަދި ޕްރޮފެޝަނަލްކޮށް ސްކޫބާ ޑައިވިން ދަސްކުރަން ބޭނުންކަމަށް ވެސް ޔާމީ ބުނެފައިވެ އެވެ.

"ބޮލާ ދިމާލުން މަތީގައި ތަރިތައް... ފައި ދަށުގައި މޫދު. ހިތަށް އަރާ ފަތާލާނީބާއޭ ނޫނިީ އުދުހިލާނީ ބާއޭ،" އާއިލާގެ އެންމެންނާއެކު ވޯޓާ ވިލާއެއްގެ ބޭރުގައި ރޭގަނޑުގެ ވަގުތެއްގައި ނަގާފައިވާ ފޮޓޯއެއްގެ ކެޕްޝަންގައި ޔާމީ ލިޔެފައިވެ އެވެ.

ޔާމީ އެ ފަހަރު ރާއްޖެއިން ގޮސް ދީފައިވާ އިންޓަވިއުތަކުގައި ވަރަށް އަވަހަށް އަލުން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.