އައިޝްވަރިޔާ ހިކެން ތެލެއް ބޭނުންކުރަނީތަ؟

"ފެނީ ޚާން"ގެ ޝޫޓިން ފަށަން އައިޝްވަރިޔާ ރާއީ ތައްޔާރުވަމުން އަންނައިރު އެ ފިލްމުގައި އޭނާ ފެންނަލެއް މިހާރަށް ވުރެ ވެސް ހިކިކޮށް ފިޓްކޮށް ދެއްކުމަށް ސްލިމިން އޮއިލް ބޭނުންކުރި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް މިއީ އައިޝްވަރިޔާ ދޮގުކުރާ ވާހަކައެކެވެ.


މީގެ ދެ ތިން ދުވަހެއް ކުރިން އިންޑިއާގެ ބައެއް ޓެބްލޮއިޑް ނޫސްތަކުން ބުނެފައިވަނީ އަޔުރްވެޑިކް ސްލިމިން އެންޑް ޓޯނިން އޮއިލްގެ ބޮޑު ޕެކެޓެއް އައިޝްވަރިޔާ އޯޑަރު ކޮށްގެން ގެނައި ކަމަށެވެ. އަދި އައިޝްވަރިޔާ ވިހޭ ފަހުން ކޮންމެ ފިލްމެއް ކުޅެން ވެސް މި ތެޔޮ ގެނެސްގެން ބޭނުންކުރާ ކަމަށް ބުނެފައިވެ އެވެ. މިފަހަރުވެސް މި ތެލުގެ ބޮޑު ޕެކޭޖެއް ބައްޗަން އާއިލާގެ ގެއަށް ޕޯސްޓުން ފޮނުވާފައިވާ ކަމަށް އަޑު ފެތުރިފައިވެ އެވެ.

ނަމަވެސް އައިޝްވަރިޔާގެ ރަސްމީ ތަރުޖަމާނު ބުނި ގޮތުގައި މި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތެވެ.

އިއްޔެ އަކީ އައިޝްވަރިޔާގެ 44 ވަަނަ އުފަން ދުވަސް ކަމަށް ވިޔަސް އުފަން ދުވަސް އެހާ ބޮޑަށް ފާހަގަ ނުކުރަން ނިންމާފައިވާ ކަމަށްވެ އެވެ. އެއީ ބައްޕަގެ މަރާ ގުޅިގެންނެވެ.