މަރުވުމުގެ ކުރިން ޕާކިސްތާނަށް ދާން ބޭނުން: ރިޝީ ކަޕޫރު

މަރުވުމުގެ ކުރިން ޕާކިސްތާނަށް ގޮސްލަން ބޭނުންވާ ކަމަށް ބުނެ އެކަން ހަމަޖައްސައިދޭން ކުރީގެ މަޝްހޫރު ބަތަލު ރިޝީ ކަޕޫރު އެދެފި އެވެ.


"އަހަރެން ބޭނުން އަހަރެންގެ ދަރިންނަށް އެމީހުން އާއިލީ ގޮތުން ގުޅިފައިވާ މީހުން ދައްކަން. އެކަން ވާނެ ގޮތް ހަމަޖައްސައިދީބަލަ،" އުމުރުން 65 އަހަރުގެ ރިޝީ ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.

ރިޝީގެ ޓުވީޓް

ރިޝީގެ ގެއެއް ޕާކިސްތާނުގެ ޕިޝާވަރުގައި އެބަހުއްޓެވެ. އެއީ 1918 އާއި 1922 އާ ދެމެދު ދޭވަން ބަޝޭޝްވަރުނާތު ކަޕޫރު އަޅާފައިވާ ގެއެކެވެ. ބަޝޭޝްވަރުނާތު އަކީ ޕްރިތުވީ ރާޖް ކަޕޫރުގެ ބައްޕަ އެވެ. ޕްރިތުވީ އަކީ ހިންދީ ފިލްމު އިންޑަސްޓްރީއަށް ނުކުތް ކަޕޫރު އާއިލާގެ ފުރަތަމަ މީހާ އެވެ.

ކަޕޫރު އާއިލާ އިންޑިއާއަށް ބަދަލުވީ 1947 ގައި އިންޑިއާގެ ދަށުން ޕާކިސްތާނު ވަކިވުމަށްފަހުގަ އެވެ.