ޒޭން މާލިކްގެ މެނޭޖަރު ސާރާ ސްޓެނެޓް އޭނާ ދޫކޮށްލައިފި

ދެހާސް ފަނަރަ ވަަނަ އަހަރު ޒޭން މާލިކްގެ ބޭންޑް "ވަން ޑިރެކްޝަން" އާ ވަކިވި ފަހުން އޭނާގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ސާރާ ސްޓެނެޓް، ޒޭންއާ އެކު ހަދާފައިވާ އެގްރިމަންޓް އުވާލައި، އޭނާއާ އެކު މަސައްކަތް ނުކުރަން ނިންމައިފި އެވެ.


އެކަމަކު ޒޭންގެ ދެވަނަ ސޯލޯ އަލްބަމް އަންނަ ޖޫންގައި ރިލީޒް ކުރާނެ ކަމަށް ބެލެވިފައި ވަނިކޮށް ފަސްޓް އެކްސެސް އެންޓަޓައިމަންޓްގެ ދަށުން ޒޭންގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރި ސާރާ، ޒޭން ދޫކޮށްލި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި ވެރެއިޓީން އެކަމާ ސުވާލު ކުރުމުން އޭނާ ވަނީ ތަފުސީލަކަށް ދާން އިންކާރުކޮށް، އެގްރިމަންޓް ބާތިލްކުރިކަން ކަށަވަރުކޮށް ދީފަ އެވެ.

ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން ސާރާ، 25، އަހަރުގެ އިނގިރޭސި ޒުވާން ލަވަކިޔުންތެރިޔާއާ އެކު މަސައްކަތް ނުކުރަން ނިންމީ އާ އަލްބަމް ޕްރޮމޯޓް ކުރަން ލިބުނު އެތައް ފުރުސަތުތަކެއް ދޫކޮށްލުމުގެ އިތުރަށް، އަލްބަމް ޕްރޮމޯޓް ކުރަން ޓުއާއަކަށް ނުކުތުމުގެ ޝައުގުވެރި ކަމެއް ވެސް ޒޭންގެ ނެތުމުންނެވެ.

ސާރާ: އޭނާ ވަނީ ޒޭންގެ މެނޭޖަރުގެ މަގާމުން ވަކިވެފައި.

ޒޭން ދާދި ފަހުން ވަނީ ސިންގަލްއެއް ނެރެފަ އެވެ. އެއީ "ލެޓް މީ" އެވެ. އަދި މި ދަނޑިވަޅުގައި ޒޭން ހުރީ ލޯބިވެރިޔާ އަދި މަޝްހޫރު މޮޑެލް ޖިޖީ ހަޑީޑްއާ ވަކިވުމުން އެ އުދާސްގަނޑުގެ ތެރޭގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސާރާ މިހާރު ވަނީ ޓެޕް އެންޓަޓައިންމަންޓާ ގުޅިފަ އެވެ. އެ ކުންފުނިން ހެންޑްލް ކުރާ އާޓިސްޓުންގެ ތެރޭގައި ދުއާ ލިޕާ އާއި ލާނާ ޑެލް ރޭ ފަދަ ލަވަކިޔުންތެރިން ހިމެނެ އެވެ.