ކަންޔޭ ވެސްޓްގެ ދެ އަލްބަމެއް ޖޫންގައި ނެރެން ނިންމައިފި

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ/ރެޕާ ކަންޔޭ ވެސްޓް، ޖޫން މަހު ދެ އަލްބެއް ރިލީޒް ކުރާނެކަން އިއުލާންކޮށްފި އެވެ.


މީގެ ދެ އަހަރު ކުރިން ނެރުނު އޭނާގެ ހަތް ވަނަ އަލްބަމް ދަ ލައިފް އޮޕް ޕަބްލޯ (2016) އަށް ފަހު، ނެރޭ ފުރަތަމަ އަލްބަކީ ޖޫން 1 ގައި ނެރޭ ސޯލޯ އަލްބަމެކެވެ. ހަތް ލަވަ ހިމެނޭ އަލްބަމްގެ ނަމެއް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އެކަމަކު ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެ އަލްބަމްގެ ނަމަކީ "ޓާބޯ ގްރެފެކްސް 16" އެވެ.

ދެވަނަ އަލްބަމް ނެރެން ހަމަޖެހިފައި ވަނީ ޖޫން 8 ގަ އެވެ. އެ އަލްބަމަކީ ލަވަކިޔުންތެރިޔާ އަދި އެކްޓަރު ކިޑް ކުޑީއާ ގުޅިގެން ނެރޭ އަލްބަމެކެވެ. އަލްބަމަށް ދީފައިވާ ނަމަކީ "ކިޑްސް ސީ ގޯސްޓް" އެވެ.

ކަންޔޭގެ ޓްވީޓެއް.

އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޝޯ ތަރި ކިމް ކާޑޭޝިއަންގެ ފިރިމީހާ ކަންޔޭ، 40، އެންމެ ފުރަތަމަ އަލްބަމަކީ 2003 ގައި ނެރުނު "ދަ ކޮލެޖް ޑްރޮޕްއައުޓް" އެވެ.

ކަންޔޭގެ ޓްވީޓެއް.

އޭގެ ފަހުން އޭނާ ނެރުނު އަލްބަމްތަކުގެ ތެރޭގައި ލޭޓް ރެޖިސްޓްރޭޝަން (2005)، ގްރެޖުއޭޝަން (2007)، 808 އެންޑް ހާޓްބްރޭކް (2008)، މައި ބިއުޓިފުލް ޑާކް ޓްވިސްޓެޑް ފެންޓަސީ (2010)، ވޮޗް ދަ ތުރޯން (2011) އަދި ޔީޒަސް (2013) އެވެ.

ކަންޔޭގެ އަލްބަމެއް ރިލީޒް ކުރަން ތައްޔާރުވަމުން އަންނަކަން އިއުލާން ކުރުމާ އެކު އޭނާގެ ފޭނުން ވަނީ އެކަމަށް މަރުހަބާ ވެސް ކިޔައިފަ އެވެ. އަދި އާ ލަވަތައް އަޑު އަހާލަން ކެތްމަދުވެފައި ތިބި ކަމަށް ގިނަ ފޭނުން ބުނެފައިވެ އެވެ.