"ރެޑް ނޯޓިސް" ގައި ރޮކް އާއި ގަލް ގެޑޯ

ޑްވޭން (ރޮކް) ޖޯންސަންގެ "ރެޑް ނޯޓިސް" ގެ ބަތަލާގެ ރޯލަށް "ވޮންޑަ ވުމަން" ގެ ބަތަލާ ގަލް ގެޑޯ ސޮއިކޮށްފި އެވެ.


"ރެޑް ނޯޓިސް" އަކީ 2016 ގައި ރިލީޒް ކުރި "ސެންޓްރަލް އިންޓެލިޖެންސް" ގެ ޑައިރެކްޓަރު ރޯޒަން މާޝަލް ތާބާ ޑައިރެކްޓް ކުރާ ފިލްމެކެވެ. އަންނަ މަހުގެ 11 ގައި ރިލީޒް ކުރާ ކްރައިމް/އެކްޝަން ތުރިލާ "ސްކައިކްރެޕާ" އަކީ ވެސް މާޝަލް ޑައިރެކްޓްކޮށް، ރޮކް މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމެކެވެ.

ވަގަކު އަތުލައިގަންނަން ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ "ރެޑް ނޯޓިސް" ގައި ރޮކް ފެނިގެން ދާނީ އިންޓަޕޯލް އެޖެންޓެއްގެ ރޯލުންނެވެ. ނަމަވެސް އޭނާއާ އެކު ގެޑޯ ކުޅެނީ ކޮން ކަހަލަ ކެރެކްޓާއެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

ރޮކާއި ގަލް ކުރިން ވެސް ވަނީ އެކުގައި މަސައްކަތްކޮށްފަ އެވެ. އެއީ "ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒްގަ އެވެ.

"ސްކައިކްރެޕާ" ގެ ޓްރެއިލާ.

އޭގެ ތިން ފިލްމެއްގައި ގަލް ހަރަކާތްތެރިވެފައިވެ އެވެ. އެއީ ފާސްޓް ފައިވް (2011)، ފާސްޓް އެންޑް ފިއުރިއަސް 6 (2013) އަދި ފާސްޓް އެންޑް ފިއުރިއަސް 7 (2015) ގަ އެވެ.

ގަލްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ އަންނަ އަހަރުގެ ނޮވެމްބަރުގައި ރިލީޒް ކުރާ "ވޮންޑަ ވުމަން 2" އެވެ.

ޔުނިވާސަލް ޕިކްޗާޒްގެ "ރެޑް ނޯޓިސް" ރިލީޒް ކުރަން ތާވަލުކޮށްފައި ވަނީ ޖޫން، 12، 2020 ގަ އެވެ.