ނާގުރްޖުނާ 15 އަހަރު ފަހުން ބޮލީވުޑް ފިލްމަކަށް ސޮއިކޮށްފި

މީގެ ކުރިން ވެސް ބޮލީވުޑްގެ ބައެއް ފިލްމްތައް ކުޅެފައިވާ އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީގެ ސްޕަސްޓާ ނާގުރްޖުނާ އަކިނޭނީ 15 އަހަރު ފަހުން އަނެއްކާ ވެސް ހިންދީ ފިލްމަކަށް ސޮއިކޮށްފި އެވެ.


އޭނާ މި ފަހަރު ސޮއިކުރީ ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، އަޔާން މުކަރްޖީ ޑައިރެކްޓްކުރާ ފިލްމް "ބުރައްމަސްތުރާ" އަށެވެ.

ނަމަވެސް އެ ފިލްމްގައި ނާގުރްޖުނާ ކުޅޭނީ ކޮން ކަހަލަ ރޯލަކުން ކަމެއް އަދި ނޭނގެ އެވެ. އެކަމަކު އަންގާރަ ދުވަހު އޭނާ ފިލްމްގެ ޝޫޓިން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ. ނާގުރްޖުނާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2003 ގައި ރިލީޒް ކުރި ޖޭޕީ ދައްތާގެ "އެލްއޯސީ: ކަރްގިލް" އެވެ.

ސެޕްޓެމްބަރުގައި ރިލީޒް ކުރާ ނާގުރްޖުނާގެ ފިލްމެއްގެ ޕޯސްޓަރެއް.

އޮގަސްޓް، 15، 2019 ގައި ރިލީޒްކުރާ ފެންޓަސީ/އެޑްވެންޗާ ފިލްމްގެ ކާސްޓުންގެ ތެރޭގައި ރަންބީރު ކަޕޫރް، އާލިއާ ބަޓް، އަމީތާބް ބައްޗަން އަދި މޯނީ ރޯއި ފަދަ ތަރިން ހިމެނެ އެވެ. މި ފިލްމްގެ ފުރަތަމަ ޝޫޓިން ޝެޑިއުލް މި އަހަރުގެ ކުރީކޮޅު ވަނީ ވަނީ ބަލްގޭރިއާގައި ނިންމައިފަ އެވެ. އަދި ދެވަނަ ޝޫޓިން ޝެޑިއުލް ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ.

ނާގުރްޖުނާ، 58، އެންމެ ފުރަތަމަ ބޮލީވުޑް ފިލްމެއް ކުޅުނީ 1990 ގަ އެވެ. އެއީ އަހަރު ރިލީޒް ކުރި "ޝިވާ" އެވެ.

އޭގެ ފަހުން އޭނާ ވަނީ އަމީތާބާއި ސްރީދޭވީއާ އެކު ހުދާ ގަވާ (1992) އަދި ސްރީދޭވީ އާއި އަނިލް ކަޕޫރާ އެކު މިސްޓަ ބޭޗަރާ (1996) ފަދަ ފިލްމްތައް ކުޅެފަ އެވެ.

ނާގުރްޖުނާގެ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ ރާމް ގޯޕާލް ވަރްމާ ޖޫން މަހު ގެނެސް ދިން ތެލެގޫ ފިލްމް "އޮފިސާ" އެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ