ރިތިކް ރޯޝަންގެ "ކްރިޝް 4" ރިލީޒް ކުރުން ފަސްކޮށްފި

ރިތިކް ރޯޝަންގެ ސުޕަހީރޯ ފްރެންޗައިޒްގެ ހަތަރު ވަނަ ބައިގެ މަސައްކަތް ފެށުން ލަސްވުމާ ގުޅިގެން، އެ ފިލްމް ސިނަމާތަކަށް ގެނައުން ފަސްކޮށްފި އެވެ.


ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ޑައިރެކްޓް ކުރާ "ކްރިޝް 4" ސިނަމާތަކަށް ގެންނަން ކުރިން ނިންމާފައި އޮތީ 2020 ގެ ކްރިސްމަސްގަ އެވެ. އެކަމަކު އަދިވެސް ފިލްމްގެ ސްކްރިޕްޓް އިތުރަށް އޮފު ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ފިލްމް ލަސްކޮށްލީ ކަމެއް ރާކޭޝް ބުންޏެވެ.

"ފަހުން އިއުލާން ކުރާނަން ފިލްމް ރިލީޒް ކުރާނެ ތާރީހެއް މީގެ މައިގަނޑު ކާސްޓާ ވެސް އެކު،" 2000 ވަނަ އަހަރު ފިލްމް "ކަހޯ ނާ ޕިޔާރް ހޭ" ރިތިކް ބޮލީވުޑަށް ނެރުނު ރާކޭޝް ބުންޏެވެ.

އޭނާ ބުނި ގޮތުގައި "ކްރިޝް 4" ގެ ޝޫޓިން ފަށަން ބޭނުން ވަނީ ސްކްރިޕްޓް ވަރަށް ވަރުގަދަ ކުރުމަށް ފަހު އެވެ. އަދި ހަތަރު ވަނަ ބައި ވެސް ވެގެން ދާނީ ބޮޑެތި މީހުންނާއި ކުޑަކުދިން ވެސް ވަރަށް ގަޔާވާނެ ފިލްމަކަށް ކަމުގެ ޔަގީންކަން ދެވިދާނެ ކަމަށް ރާކޭޝް ބުންޏެވެ.

އޭނާ ބުނި ގޮތުގައި "ކްރިޝް 4" ގެ ޝޫޓިން ފަށާނީ ރިތިކް ސޮއިކޮށްފައިވާ ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ އަދި ނަންް އިއުލާންކޮށްފައި ނުވާ ފިލްމްގެ ޝޫޓިން ނިމުމުންނެވެ. ސިދާތު އާނަންދު ޑައިރެކްޓްކޮށް، ޓައިގާ ޝްރޮފާއި ވާނީ ކަޕޫރް ވެސް ކާސްޓްގައި ހިމެނޭ އެ ފިލްމް ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އޮކްޓޯބަރު، 2، 2019 ގަ އެވެ.

ރާކޭޝް ބުނީ "ކްރިޝް 4" ގެ ޝޫޓިން ފެށޭވަރު ވާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ. ރިތިކް މިހާރު އަންނަނީ ޖެނުއަރީ، 25، 2019 ގައި ރިލީޒް ކުރާ ވިކާސް ބާލްގެ "ސްޕަ 30" ގެ މަސައްކަތް ކުރަމުންނެވެ.

"ކްރިޝް 3" ގެ ޓްރެއިލާއެއް.

"ކްރިޝް" ފްރެންޗައިޒަކީ ރާކޭޝް 2003 ގައި ގެނެސް ދިން "ކޮއި...މިލް" ގަޔާ އިން ކުރި ފަޅުވައިގެން ގެނެސްދޭން ފެށި ސީރީޒެކެވެ. "ކްރިޝް" 2006 ގައި ރިލީޒް ކުރި އިރު، "ކްރިޝް 3" ރިލީޒް ކުރީ 2013 ގަ އެވެ.

އެ ދެ ފިލްމްގައި ވެސް ލީޑް ބަތަލާގެ ރޯލް ކުޅުނީ ޕްރިޔަންކާ ޗޯޕްޅާ އެވެ. ރާކޭޝް ވަނީ ހަތަރު ވަނަ ބައިން ވެސް ޕްރިޔަންކާ ފެންނާނެ ކަމަށް ބުނެފަ އެވެ.

"ކްރިޝް 3" ގައި ކަންގަނާ ރަނާވަތާއި ވިވެކް އޮބެރޯއީ ވެސް މުހިއްމު ރޯލްތަކެއް ކުޅުނެވެ.