މީޑިއާ ދެކެ ރިތިކް ރޯޝަން އަނެއްކާވެސް ރުޅިގަދަވެއްޖެ

ރިތިކް ރޯޝަން މީޑިއާ ދެކެ އެންމެ ބޮޑަަށް ހިތްހަމަނުޖެހި ރަތަށް އެރި ދުވަސްވަރަކީ އޭނާ އާއި ބަތަލާ ކަންގަނާ ރަނާވަރު ލޯބީގެ މައްސަލަގަނޑެއްގައި ކޯޅުނު ދުވަސްވަރު އެވެ. އޭގެ ފަހުން އިހަކަށް ދުވަހު، ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއް އޭނާ އަށް ހުށަހެޅުމުން އެ ފިލްމް ގަބޫލު ނުކޮށް، ބޮލާލައި ޖެހި ކަމަށް ބުނާ ވާހަކަތަކެއް މީޑިއާތަކުގައި ފެތުރުމުން އެ މައްސަލާގައި ވެސް ރިތިކް ރުޅި ގަދަވެގެން އުޅުނެވެ. މި ފަހަރު އަނެއްކާ ވެސް އޭނާ ހުރީ މީޑިއާ ދެކެ ނުރުހި، ރުޅިގަދަވެފަ އެވެ.


ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރިތިކް އާއި ޓައިގާ ޝްރޮފް އެކީގައި ކުޅޭ ސިދާތު އާނަންދް ޑައިރެކްޓްކުރާ ފިލްމްގެ ބަތަލާގެ ރޯލް ކުރިން ހުށަހެޅީ ޓައިގާގެ ލޯބިވެރިޔާ ޑިޝާ ޕަޓްނީއަށެވެ. އެކަމަކު އެ ފިލްމް ނުކުޅެ، ޒުވާން ބަތަލާ ފިލްމް ދޫކޮށްލީ ދިމާވާ ކޮންމެ ފަހަރެއްގައި ރިތިކް އޭނާ އަށް މައްލަވަކުރަން އުޅޭތީ އެކަމާ ހިތްހަމަނުޖެހިގެން ކަމަށް ބުނެފައިވެ އެވެ.

ރިތިކްގެ ޓްވީޓެއް.

އަދި ނަން އިއުލާންކޮށްފައި ނުވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ އެ ފިލްމްގެ ބަތަލާއަކީ ވާނީ ކަޕޫރެވެ. އަދި ފިލްމް އޭނާ އަށް ހުށަހެޅީ ޑިޝާ ފިލްމް ދޫކޮށްލުމުން ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ރިތިކާއި ޓައިގާ، ސިދާތުއާ އެކު.

މިކަމާ ގުޅިގެން ރިތިކް ރުޅިގަދަވެގެން ބައެއް ނޫސްތައް ޓެގްކޮށް ހިންދީ ބަހުންކޮށްފައިވާ ޓްވީޓްތަކެއްގައި ވަނީ ހަބަރެއް ފެތުރުމުގެ ކުރިން ކަމުގެ ހަގީގަތް ސާފުކުރަން ގޮވާލައިފަ އެވެ. އަދި ބައެއް ނޫސްތަކަށް އިޝާރާތްކޮށް ރިތިކް ބުނީ ބައެއް މީޑިއާތައް އަދިވެސް ތަސައްރަފު ނުފުދޭ ކަމަށެވެ.

މި މައްސަލާގައި ޑިޝާ ވަނީ ޔާޝްރާޖްގެ އެއްވެސް ފިލްމެއް އޭނާ އަށް މިހާތަނަށް ހުށަނާޅާ ކަމަށް ބުނެފަ އެވެ. އަދި އޭނާއާ މިހާތަނަށް ދިމާވި ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން ރިތިކަކީ ވަރަށް ވެސް ރަނގަޅު މީޑިއާތަކުން އެ ބުނާ ކަހަލަ ކަމެއް ރިތިކްގެ ފަރާތުން ދިމާ ނުވާ ކަމަށް ޑިޝާ ބުންޏެވެ.

އެ ދެ މީހުންނާ ބެހޭ ގޮތުން މީޑިއާތަކުގައި ފަތުރަމުންދާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުންޏެވެ.