އެމެރިކާގެ ޑީޖޭ މާޝްމެލޯ ފެބްރުއަރީގައި އިންޑިއާ އަށް

މީގެ ކުރިން ވެސް އިންޑިއާގައި ޕަފޯމްކޮށްފައިވާ އެމެރިކާގެ މަޝްހޫރު ޑީޖޭ ކްރިސްޓޯފާ ކޮމްސްޓޮކް ނުވަތަ މަޝްހޫރު ނަމުން ނަމަ މާޝްމެލޯ، އަންނަ ފެބްރުއަރީ މަހު އިންޑިއާގައި ބާއްވާ މިއުޒިކް ފެސްޓިވަލެއްގައި ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.


އޭނާ މި ފަހަރު ޕަފޯމް ކުރާނީ ފެބުރުއަރީ މަހުގެ 17-16 އަށް އިންޑިއާގެ ޕޫނޭގައި ކުރިއަށް ގެންދާ ޗެނެލް ވީއެޗް1 ސުޕަސޮނިކް މިއުޒިކް ފެސްޓިވަލްގަ އެވެ.

މާޝްމެލޯކީ ވަރަށް މަގުބޫލު ލަވަތަކެއް ގެނެސް ދީފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި "ފްރެންޑްސް"، "ހެޕިއާ" އަދި "ވުލްވްސް" ފަދަ ލަވަތައް ހިމެނެ އެވެ.

ނިކިލްގެ ޓްވީޓެއް.

އިންޑިއާގެ ގިނަ އަދަދެއްގެ މިއުޒިކީ ފަންނާނުންގެ އިތުރުން ބޭރުގެ ބައެއް މިއުޒިޝަނުން ވެސް އެއް ފްލެޓްފޯމަކުން ފެނިގެންދާ ވީއެޗް1 ސުޕަސޮނިކް މިއުޒިކް ފެސްޓިވަލްގެ ހަ ވަނަ އެޑިޝަނުގައި މި ފަހަރު އިނގިރޭސިވިލާތުގެ ޑީޖޭ ބޮނޮބޯ ވެސް ބައިވެރި ވާނެ އެވެ.

މި ފެސްޓިވަލްގެ ކިއުރޭޓާއަކީ އިންޑިއާގެ މަޝްހޫރު ޑީޖޭ އަދި އެކްޓަރު ނިކިލް ޗިނައްޕާ އެވެ. އޭނާ ބުނި ގޮތުގައި ބޭރުގެ މަގުބޫލު ދެ ޑީޖޭއަކާ އެކު މި ފަހަރުގެ ފެސްޓިވަލް ކުރީގެ ފެސްޓިވަލްތަކަށް ވުރެ މާ ބޮޑަށް ވެސް ފޯރި ގަދަ ވާނެ އެވެ.