ގްރެމީ އެވޯޑްސް: 8 ނޮމިނޭޝަނާ އެކު ކެންޑްރިކް ލަމާ ކުރީގައި

އަންނަ އަހަރު ބާއްވާ 61 ވަނަ ގްރެމީ އެވޯޑްސްގެ ނޮމިނޭޝަންތަކުގެ ކުރި އަށް ނޮމިނޭޝަނާ އެކު ކެންޑްރިކް ލަމާ އަށް ލިބިއްޖެ އެވެ.


އޭނާގެ ފަހަތުން ދެން އެންމެ ގިނަ ނޮމިނޭޝަންތައް ގައިދަށުކޮށްލީ ޑްރޭކް އެވެ. ނޮމިނޭޝަން ލިސްޓްގެ ތިން ވަނައިގައި އޮތީ ބްރޭންޑީ ކާލައިލް އެވެ.

ދެން އެންމެ ގިނަ ނޮމިނޭޝަންތައް ހޯދި ފަންނާނުންގެ ތެރޭގައި ހިމެނެނީ ކާޑީ ބީ، ލޭޑީ ގާގާ، ޗައިލްޑިޝް ގެމްބީނޯ، މެރެން މޮރިސް، އާރްއެންޑްބީ ނިއުކަމާ އެޗް.އީ.އާރް އަދި ސައުންޑް ވޭވް އެވެ. މިއިން ކޮންމެ ފަންނާނަކަށް ފަސް ނޮމިނޭޝަން ލިބިފައިވެ އެވެ.

ނޮމިނޭޝަންތަކުގެ ކުރި ހޯދި ކެންޑްރިކްގެ ނޮމިނޭޝަންތަކުގެ ތެރޭގައި ރިކޯޑް އޮފް ދި އިޔާ (އޯލް ދަ ސްޓާސް)، އަލްބަމް އޮފް ދި އިޔާ (ބްލެކް ޕެންތާ)، ސޯންގް އޮފް ދި އިޔާ (އޯލް ދަ ސްޓާސް)، ބެސްޓް ރެޕް ޕަފޯމަންސް (ކިންގްސް ޑެޑް)، ބެސްޓް ރެޕް/ސަންގް ޕަފޯމަންސް (އޯލް ދަ ސްޓާސް) އަދި ބެސްޓް ރެޕް ސޯންގް (ކިންގްސް ޑެޑް) ހިމެނެ އެވެ.

* ރިކޯޑް އޮފް ދި އިޔާ

* ކާޑީ، ބީ، ބޭޑް ބަނީ އަދި ޖޭ ބަލްވިން (އައި ލައިކް އިޓް)، ބްރެންޑީ ކާލިލް (ދަ ޖޯކް)، ޗައިލްޑިޝް ގެމްބީނޯ (ދިސް އިޒް އެމެރިކާ)، ޑްރޭކް (ގޯޑްސް ޕްލޭންސް)، ލޭޑީ ގާގާ (ޝެލޯ)، ކެންޑްރިކް ލެމާ (އޯލް ދަ ސްޓާސް)، ޕޯސްޓް މެލޯން (ރޮކްސްޓާ)، ޒެޑް، މެރެން މޮރިސަަން އެންޑް ގްރޭ (ދަ މިޑްލް)

* އަލްބަމް އޮފް ދި އިޔާ

އިންވޭޝަން އޮފް ޕްރައިވެސީ (ކާޑީ ބީ)، ބައި ދަ ވޭ އައި ފޮގިވް ޔޫ (ބްރެންޑީ ކާލިލް)، ސްކޯޕިއަން (ޑްރޭކް)، ބިއާބޮންގްސް އެންޑް ބެންޓްލީޒް (ޕޯސްޓް މެލޯން)، އެޗް،އީ.އާރް (އެޗް.އީ.އާރް)، ޑާޓީ ކޮމްޕިއުޓާ (ޖެނެލް މޮނާއީ)، ގޯލްޑެން އަވާ (ކޭސީ މަޒްގްރޭވްސް)، ބްލެކްޕެންތާ (ކެންޑްރިލް ލެމާ)

ސޯންގް އޮފް ދި އިޔާ

* އޯލް ދަ ސްޓާސް (ކެންޑްރިކް)، ބޫޑް އަޕް (އެލާ މައި)، ގޯޑްސް ޕްލޭން (ޑްރޭކް)، އިން މައި ބްލެޑް (ޝޯން މެންޑޭޒް)، ދަ ޖޯކް (ބްރެންޑީ ކާލިލް)، ދަ މިޑްލް (ޒެޑް، މެރެން މޮރިސަަން އެންޑް ގްރޭ)، ޝެލޯ (ލޭޑީ ގާގާ)، ދިސް އިޒް އެމެރިކާ (ޗައިލްޑިޝް ގެމްބީނޯ)

* ބެސްޓް ނިއު އާޓިސްޓް

ކްލޯއީ އެކްސް ހެލީ، ލޫކް ކޮމްބްސް، ގްރެޓާ ވެން ފްލީޓް، އެޗް.އީ.އާރް، ޑުއާ ލިޕާ، މާގޯ ޕްރައިސް، މާގޯ ޕްރައިސް، ބެބޭ ރެޒާ، ޖޯޖާ ސުމިތު

* ބެސްޓް ސޯލޯ ޕަފޯމަންސް

ބެކް (ކަލާޒް)، ކެމީލާ ކެބެލޯ (ހަވާނާ)، އެރިއާނާ ގްރަންޑޭ (ގޯޑް އިޒް އަ ވުމަން)، ލޭޑީ ގާގާ (ވެއާ ޑޫ ޔޫ ތިންކް ޔޫ އާ ގޮއިން؟)

* ބެސްޓް ޕޮޕް ޑުއޯ/ގްރޫޕް ޕަފޯމަންސް

ކްރިސްޓީނާ އެގިއުލޭރާ/ޑެމީ ލޮވާޓޯ (ފޯލް އިން ލައިން)، ބެކްސްޓްރީޓް ބޯއިސް (ޑޯންޓް ގޯ ބްރޭކިން މައި ހާޓް)، ޓޯނީ ބެނޭ/ޑަޔާނާ ކްރާލް (އެސް ވޮންޑަފުލް)، ލޭޑީ ގާގާ (ޝެލޯ)، މެރޫން /ކާޑީ ބީ (ގާލްސް ލައިކް ޔޫ)، ޖަސްޓިން ޓިމްބަލޭކް/ކްރިސް ސްޓެޕްލްޓަން (ސޭ ސަމްތިން)، ޒެޑް-މެރެން މޮރިސަން އެންޑް ގްރޭ (ދަ މިޑްލް)

* ބެސްޓް ޕޮޕް ވޯކަލް އަލްބަމް

ކެމީލާ (ކެމީލާ ކެބެލޯ)، މީނިން އޮފް ލައިފް (ކެލީ ކްލާކްސަން)، ސްވީޓްނާ (އެރިއާނާ ގްރަންޑޭ)، ޝޯން މެންޑޭޒް (ޝޯން މެންޑޭޒް)، ބިއުޓިފުލް ޓްރޯމާ (ޕިންކް)، ރެޕިއުޓޭޝަން (ޓޭލާ ސްވިފްޓް)

* ބެސްޓް ޑާންސް/އިލެކްޓްރިކް އަލްބަމް

ސިންގިއުލަރިޓީ (ޖޮން ހޮޕްކިންސް)، ވުމަން ވޯލްޑްވައިޑް (ޖަސްޓިސް)، ޓްރީ ހައުސް (ސޯފީ ޓަކާ)، އޮއިލް އޮފް އިވްރީ ޕާލްސް އަން-އިންސައިޑް (ސޯފީ)، ލޫން ރޫޖް (ޓޮކިމޮންސްޓާ)

* ބެސްޓް ރެޕް އަލްބަމް

އިންވޭޝަން އޮފް ޕްރައިވެސީ (ކާޑީ ބީ)، ސްވިމިން (މެކް މިލާ)، ވިކްޓްރީ ލެޕް (ނިޕްސީ ހަސަލް)، ޑޭޓޯނާ (ޕުޝާ ޓީ)، އެސްޓްރޮ ވޯލްޑް (ޓްރާވިސް ސްކޮޓް)

* ބެސްޓް ރޮކް އަލްބަމް

ރެއިނިއާ ފޮގް (އެލީސް އިން ޗެއިންސް)، މޭނިއާ (ފޯލް އައުޓް ބޯއި)، ޕްރީކްއެލް (ގޯސްޓް)، ފްރޮމް ދަ ފަޔާސް (ގްރެޓާ ވެން ފްލީޓް)، ޕެސިފިކް ޑޭޑްރީމް (ވީޒާ)

61 ވަނަ ގްރެމީ އެވޯޑްސްގެ ނޮމިނޭޝަންތައް.

މިއުޒިކީ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑްތަކުގެ ތެރޭގައި ހިމެނޭ ގްރެމީގެ 61 ވަނަ އެވޯޑް ހަފުލާ އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ލޮސް އެންޖެލިސްގެ ސްޓެޕްލްސް ސެންޓަރުގަ އެވެ.