އެމެރިކާގެ ލަވަކިޔުންތެރިޔާ ރޭ ސޯޔާ މަރުވެއްޖެ

"ވެން ޔޫ އާ އިން ލަވް ވިތު އަ ބިއުޓިފުލް ވުމަން" ފަދަ މަގުބޫލު ލަވަތައް ގެނެސް ދިން އެމެރިކާގެ ކުރީގެ މަޝްހޫރު ރޮކް ބޭންޑް "ޑރ. ހުކް އެންޑް ދަ މެޑިސިން ޝޯ" ގެ ލަވަކިޔުންތެރިޔާ ރޭ ސޯޔާ މަރުވެއްޖެ އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަލިވެ އުޅޭތާ ދުވަސްކޮޅެއް ފަހުން ރޭ މަރުވީ ފްލޮރިޑާގަ އެވެ. މަރުވި އިރު އުމުރަކީ 81 އަހަރެވެ. ރޭ އާންމުންގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކުރެވިފައި ވަނީ އެއް ލޯ މަތީގައި ޕެޗެއް އަޅައިގެން ސްޓޭޖްމަތީގައި ޕަފޯމް ކުރި ލަވަކިޔުންތެރިއެއްގެ ގޮތުގަ އެވެ.

އޭނާގެ ކަނާތު ލޯ ހަލާކުވީ 1969 ގައި "ޑރ. ހުކް އެންޑް އެންޑް މެޑިސިން ޝޯ" އާ ގުޅުނުތާ ދެ އަހަރު ފަހުން ހިނގި ކާރު އެކްސިޑެންޓެއްގަ އެވެ.

އާންމުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވެގެން ދިޔަ "ސިލްވިއާސް މަދާ" އާއި "ކަވާ އޮފް ރޯލިން ސްޓޯން އަދި ގާލް ކޭން ގެޓް އިޓް" ފަދަ ލަވަތައް ވެސް އެހުންތެރިންނަށް ދޫކޮށްލި ބޭންޑުން ރޭ ވަނީ 1981 ގައި ވަކިވެ، ސޯލޯ އާޓިސްޓެއްގެ ގޮތުގައި ފަހުން މަސައްކަތްކޮށްފަ އެވެ.

ރޭ ސޯޔާގެ ލަވައެއް.

އެގޮތުން އޭނާ ފަހުން މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވީ ކުރީގެ ބޭންޑްގެ ނަމުން އިރާލައިގެން ހަދައިގެން އުޅުނު ނަން "ޑރ. ހުކް ފީޗަރިން ރޭ ސޯޔާ" އާ އެކުގަ އެވެ.

ރޭ ވަނީ މިއުޒިކް ދާއިރާ އިން 2015 ގައި ރިޓަޔާކޮށްފަ އެވެ.