މި މަހުގެ 25 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް އިއުލާންކުރި، ރިތިކް ރޯޝަންގެ "ސުޕަ 30" އަންނަ ޖުލައި މަހުގެ 26 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
ފިލްމު ރިލީޒް ކުރާ ތާރީހު، މީގެ ޕްރޮޑްޝަނާ މިހާރު ހަވާލުވެފައިވާ ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާގެ ފިލްމު ކުންފުނި ނަދިއަދްވާލާ ގްރޭންޑްސަން އާއި ރިތިކް ވެސް ވަނީ ޓްވިޓާގައި އިއުލާންކޮށްފަ އެވެ.
"ސުޕަ 30" އަކީ އިންޑިއާގެ ކުޅަދާނަ ހިސާބު އިލްމުވެރިޔާ އާނަންދު ކުމާރުގެ ރޯލް ރިތިކް ކުޅެފައިވާ ފިލްމެކެވެ. މި ފިލްމުގައި އޭނާއާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ މުރްނާލް ތާކޫރެވެ. "ސުޕަ 30" އަކީ "ކްއީން" އާއި "ޝާންދާރު" ފަދަ ފިލްމުތައް ގެނެސް ދިން ވިކާސް ބާލް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
Happy to announce that#Super30 is headed for release on July 26, 2019.
— Hrithik Roshan (@iHrithik) January 12, 2019
बहुत जल्द समय बदलने वाला है!
@RelianceEnt @NGEMovies @mrunal0801 @TheAmitSadh @nandishsandhu @super30film
ނަމަވެސް އޭނާގެ ބޮލުގައި ޖިންސީ ގޯނާގެ ތުހުމަތުތަކެއް އެޅުމާ ގުޅިގެން ވަނީ ފިލްމުގެ މަސައްކަތްތަކުން އެކަހަރިކޮށްފައިވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "ސުޕަ 30" ސިނަމާތަކަށް ގެންނަނީ ޑައިރެކްޓަރު ކަބީރު ހާންގެ ބެލުމުގެ ދަށުން މީގެ ޑަބިން އާއި އެޑިޓިން ފަދަ މަސައްކަތްތައް ކުރުމަށް ފަހު އެވެ.
ރަންވީރު "83" އަށް ތައްޔާރުވާން ފަށައިފި
އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި ހާދިސާ އަށް ބިނާކޮށް ހަދާ ފިލްމު "83" ގެ އަށް ރަންވީރު ސިންގް ތައްޔާރު ވާން ފަށައިފި އެވެ.
🏏 @therealkapildev @83thefilm #balwindersinghsandhu @kabirkhankk pic.twitter.com/ebn0Yjrk0s
— Ranveer Singh (@RanveerOfficial) January 12, 2019
ކަބީރު ހާން ޑައިރެކްޓް ކުރާ މި ފިލްމުގައި ރަންވީރު ފެނިގެން ދާނީ މުބާރާތް ކާމިޔާބުކުރި ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލެވެ. ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ރަންވީރު ކްރިކެޓްގެ ތަމްރީނުތައް ހަދަން ފަށާފައިވާ އިރު، ކަޕިލްގެ އިރުޝާދުތައް ވެސް އޭނާ އަށް ލިބިގެން ދާނެ އެވެ.
މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި "83" ގައި ކަޕިލްގެ އަންހެނުންގެ ރޯލުން ފެނިގެން ދާނީ، ރަންވީރުގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯނެވެ. ނަމަވެސް މިހާރު ބައެއް މީޑިއާތަކުން ބުނަނީ ފިލްމުން ދީޕިކާ ފެނުމުގެ ފުރުސަތެއް ނެތް ކަމަށެވެ.
"83" ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ މި އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު އެވެ.
ޖޯންގެ "ރޯ" އެޕްރީލް 12 ގައި
ޖޯން އަބްރަހަމް ޖާސޫސީ އެޖެންޓެއްގެ ރޯލް ކުޅޭ ފިލްމު ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) އަންނަ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
Release date finalised... #RomeoAkbarWalter #RAW to release on 12 April 2019... Stars John Abraham, Mouni Roy, Jackie Shroff, Suchitra Krishnamoorthi and Sikandar Kher... Directed by Robbie Grewal... Produced by Viacom18 Motion Pictures, KYTA Productions and VA Film Company.
— taran adarsh (@taran_adarsh) January 12, 2019
މިދިޔަ ޖޫން މަހުގެ ތެރޭގައި ޝޫޓިން ފެށި މި ފިލްމުގެ މަސައްކަތް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފަ އެވެ. "ރޯ" ގެ ޑައިރެކްޓަރަކީ ރޮބީ ގަރެވާލް އެވެ. މީގައި ޖޯންއާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ މޯނީ ރޯއި އެވެ.
"ރޯ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޖެކީ ޝްރޮފް، ސުޗިތުރާ ކްރިޝްނަމުރްތީ އަދި ސިކަންދަރު ކޭރް ހިމެނެ އެވެ. މި ފިލްމުގެ އިތުރުން ޖޯންގެ އިތުރު ދެ ފިލްމެއް ވެސް މި އަހަރު ސިނަމާތަކަށް އަންނާނެ އެވެ. އެއީ ނިކިލް އަދުވާނީގެ "ބަތުލާ ހައުސް" އާއި އަނީސް ބަޒްމީގެ "ޕާގަލްޕަންތީ" އެވެ.
ޖެކީގެ "ރާތު ބާކީ ބާތު ބާކީ" އަންނަ މަހު
މި އަހަރު އަންނަން ހުރި ޖެކީ ޝްރޮފްގެ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ފިލްމަކަށް ވާނީ އަންނަ މަހު ރިލީޒް ކުރާ "ރާތު ބާކީ ބާތު ބާކީ" އެވެ.
Coming Soon.... #RaatBaakiBaatBaaki #shortfilm directed by @DivyanshPandit9 pic.twitter.com/5eC1DbHZZh
— Jackie Shroff (@bindasbhidu) January 12, 2019
މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް މިހާރު ދައްކާލައިފައިވާ އިރު، ރަސްމީކޮށް އަދި ފިލްމު ރިލީޒް ކުރާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ. "ރާތު ބާކީ ބާތު ބާކީ" އަކީ ދިވަންޝް ޕަންޑިތު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ކުރު ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް ވެސް އަދި ނުލިބެ އެވެ.
އުމުރުން މިހާރު 61 އަހަރުގެ ޖެކީ މި އަހަރު ފެނިގެން ދާނެ ފިލްމުތަކުގެ ތެރޭގައި ދަރިފުޅު ޓައިގާ ޝްރޮފްގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2"، ސަލްމާން ހާންގެ "ބާރަތު"، ޖޯންގެ "ރޯ"، ޕްރަބާސްގެ "ސާހޯ"، ސަންޖޭ ދަތުގެ "ޕްރަސްތާނަމް" ވަކިން ފާހަގަކޮށްލެވެ އެވެ.
"ޕާގަލްޕަންތީ" އަށް އަނެއްކާ ވެސް އިތުރު ބަތަލާއެއް
އަނީސް ބަޒްމީ ޑައިރެކްޓް ކުރާ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" އަށް އަނެއްކާ ވެސް އިތުރު ބަތަލާއަކު ސޮއިކޮށްފި އެވެ.
— Anees Bazmee (@BazmeeAnees) January 9, 2019
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުރިން އިލިއާނާ ޑި ކްރޫޒާއި ކްރިތީ ކަރްބަންދާ ސޮއިކޮށްފައިވާ މި ފިލްމަށް މި ފަހަރު ސޮއިކޮށްފައި ވަނީ "ސަނަމް ރޭ" އާއި "ހޭޓް ސްޓޯރީ 4" ފަދަ ފިލްމުތައް ކުޅެފައިވާ 2015 ގެ މިސް ޑީވާ އުރްވަޝީ ރޮޓޭލާ އެވެ.
އިނގިރޭސިވިލާތުގެ ލީޑްސްގައި އެއްކޮށްހެން ޝޫޓް ކުރާ "ޕާގަލްޕަންތީ" ގެ ކާސްޓުންގެ ތެރޭގައި ޖޯން އަބްރަހަމް، އަނިލް ކަޕޫރް، ޕުލްކިތު ސަމްރާޓް އަދި އަރުޝަދު ވަރްސީ ހިމެނެ އެވެ. މި މަހުގެ ތެރޭގައި ޝޫޓިން ފަށާ ފިލްމު މި އަހަރު ރިލީޒް ވެސް ކުރާނެ އެވެ.