އާމިރު ހާންގެ ކޮއްކޮ ފައިސަލް ލަވަ ވެސް ކިޔަނީ

އާމިރު ހާންގެ ކޮއްކޮ ފައިސަލް ހާނަކީ އެކްޓަރެއްގެ ގޮތުގައި ނުކުތަސް، އާމިރާ ގާތްކޮށްލެވޭ ވަރުގެ ކާމިޔާބީއެއް ހޯދުނު އެކްޓަރެއް ނޫނެވެ. މަދު ފިލްމުތަކެއް ކުޅުނު އޭނާގެ އެންމެ ފާހަގަކޮށްލެވޭ އެއް ރޯލަކީ އާމިރާއި ޓްވިންކަލް ކަންނާ 2000 ވަނަ އަހަރު ލީޑް ރޯލް ކުޅުނު ފިލްމު "މޭލާ" ގައި ކުޅުނު ސަޕޯޓިން ރޯލެވެ.


ބޭބެ އާމިރުގެ ފިޔަވަޅު މަތިން ކުރިއަށް ދާން މަސައްކަތްކުރި ނަމަވެސް ފައިސަލް ފާހަގަކުރެވިފައި ބެލުންތެރިން ބަލައި ނުގަތް، ފެއިލްވެފައިވާ އެކްޓަރެއްގެ ގޮތުގަ އެވެ. އެކަމަކު އޭނާ އަދިވެސް ހުރީ ފަހަތަށް ޖެހި، ހުއްޓައިލާ ގޮތަކަށް ނޫނެވެ.

އާމިރު ކުޅުނު ފިލްމަކަށް އަމިއްލަ އަށް ލަވައެއް ވެސް ކިޔާފައިވާތީ ފައިސަލް، 52، ވެސް އެކަން ކުރަން ބޭނުންވީ ކަމަށް ވެދާނެ އެވެ. ޒަމާންގަނޑަކަށް ފަހު އޭނާ އަލުން ސްކްރީނަށް އަންނަ ފިލްމު "ފެކްޓްރީ" އަށް ފައިސަލް ވަނީ އަމިއްލަ އަޑުން ލަވައެއް ކިޔައިފަ އެވެ. އެ ލަވައިގެ ރިކޯޑިން ކުރިއަށް ގެންދިޔައީ މީޑިއާތަކަށް ވެސް ދައުވަތު ދީގެންނެވެ.

"އާތީ ކިޔަ ކަންޑާލާ" ލަވައިގެ ވީޑިއޯ.

ލޯބީގެ ރާގަކަށް ހަދާފައިވާ ލަވައިގެ ނަމަކީ "އިޝްގް ތެރާ" އެވެ. "ފެކްޓްރީ" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އަދި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް ވެސް ނުލިބެ އެވެ.

ލަވަ ކިޔައިގެން ފައިސަލަށް މި ފަހަރު ބެލުންތެރިންގެ ކިހާ ވަރެއްގެ ސަމާލު ކަމެއް ލިބޭތޯ ބަލައިލަން މަޑުކޮށްލަމާ ހިނގާށެވެ.

ޔަގީނުން ވެސް އާމިރު 1998 ގެ ފިލްމު "ގްލާމް" އަށް ކިޔައި ދިން ލަވަ "އާތީ ކިޔަ ކަންޑާލާ" އަކީ ވަރަށް މަގުބޫލުވި އަދި މިހާރު ވެސް ފޭނުން އެ ލަވައެއްގެ މަތިން ހަނދާން ހުންނަ ހިޓް ލަވައެކެވެ.