ގްރެމީ އެވޯޑްސް: ވިދާލީ ޗައިލްޑިޝް ގެމްބީނޯ އާއި ކޭސީ މަސްގްރޭވްސް

މި އަހަރުގެ 61 ވަނަ ގްރެމީ އެވޯޑްސްގައި ޗައިލްޑްސް ގެމްބީނޯ އާއި ކޭސީ މަސްގްރޭވްސްގެ ކޮންމެ ފަންނާނަކު ވެސް ހަތަރު ގްރެމީ އުފުލާލައިގެން މި ފަހަރުގެ އެވޯޑް ހަފުލާގެ ވިދުން ގަދަކޮށްފި އެވެ.


އެމެރިކާގެ ލޮސް އެންޖެލިސްގެ ސްޓެޕްލްސް ސެންޓަރުގައި ބޭއްވި ފޯރިގަދަ އަދި ވާދަވެރިކަން ބޮޑު ގްރެމީ އެވޯޑްސްގައި ޗައިލްޑިޝް އަށް ވަނީ "ދިސް އިޒް އެމެރިކާ" އިން ބެސްޓް ސޯންގް އޮފް ދި އިޔާ އާއި ބެސްޓް ރިކޯޑް އޮފް ދި އިޔާގެ އެވޯޑް ވެސް ލިބިފަ އެވެ. އޭނާ އަށް ލިބުނު އަނެއް ދެ އެވޯޑަކީ ބެސްޓް ރެޕް/ސަންގް ޕަފޯމަންސްގެ އިތުރުން ބެސްޓް މިއުޒިކް ވީޑިއޯ އެވޯޑެވެ.

އަލްބަމް އޮފް ދި އިޔާގެ އެވޯޑް ގެންދިޔަ ކޭސީ އަށް ލިބުނު އިތުރު އެވޯޑްތަކަކީ ބެސްޓް ކަންޓްރީ ސޯލޯ ޕަފޯމަންސް އެވޯޑް (ބަޓަފްލައިސް) އާއި ބެސްޓް ކަންޓްރީ ސޯންގް (ސްޕޭސް ކައުބޯއި) އަދި ބެސްޓް ކަންޓްރީ އަލްބަމް (ގޯލްޑެން އަވާ) އެވެ.

ގްރެމީގެ އިތުރު އެވޯޑްތަކަށް ބަލާއިރު، ބެސްޓް ނިއު އާޓިސްޓްގެ މަގާމު ދުއާ ލިޕާ ގެންދިޔަ އިރު ބެސްޓް ރެޕް ސޯންގްގެ ގްރެމީ އަތަށް ހެޔޮވަރުކޮށްލީ "ގޯޑްސް ޕްލޭން" އިން ޑްރޭކެވެ.

ބެސްތް ސޯލޯ ޕަފޯމަންސާއި ބެސްޓް ޕްޕް/ޑުއޯ ގްރޫޕް ޕަފޯމަންސް ގެންދިޔައީ ފިލްމު "އަ ސްޓާ އިޒް ބޯން" ގައި ހިމެނޭ ލަވަ "ޝެލޯ" އިން ލޭޑީ ގާގާ އާއި ބްރެޑްލީ ކޫޕާ އެވެ. މީގެ އިތުރުން ބެސްޓް ރިޓިން ފޮ ވިޝުއަލް މީޑިއާ އެވޯޑް ވެސް ގެންދިޔައީ ގާގާގެ "ޝެލޯ" އެވެ.

ބެސްޓް ރެޕް އަލްބަމްގެ ގްރެމީ ކާޑީ ބީ އުފުލައިލި އިރު ބެސްޓް އާރްއެންޑްބީ ގެންދިޔައީ "ހާ" ހާ" އެވެ. "ސްވީޓްނާ" އިން ބެސްޓް ޕޮޮޕް ވޯކަލް އަލްބަމް އެރިއަނާ ގްރަންޑޭ ގެންދިޔަ އިރު، ބެސްޓް ޕޮޕް ވޯކަލް އަލްބަމް ގެންދިޔައީ ވިލީ ނިލްސަންގެ "މައި ވޭ" އެވެ.

ބެކްގެ "ކަލާޒް" އަށް ބެސްޓް އޯލްޓަނޭޓިވް އަލްބަމް އަށް، ބެސްޓް ގޮސްޕެލް އަލްބަމްގެ މަގާމު ޓޯރީ ކެލީގެ "ހައިޑިން ޕްލޭސް" އަށް އަދި ބެސްޓް ލެޓިން ޕޮޕް އަލްބަމްގެ އެވޯޑް ގެންދިޔައީ ކްލައުޑިއާ ބްރަންޓްގެ "ސިންސެރާ" އެވެ.

މީގެ އިތުރުން ބެސްޓް އެމެރިކާނާ އަލްބަމަކަށް ބްރެންޑީ ކާލިލްގެ "ބާއި ދަ ވޭ، އައި ފޮގިވް ޔޫ" ހޮވުނު އިރު، ބެސްޓް ކޮމްޕައިލޭޝަން ސައުންޑް ޓްރެކް ފޮ ވިޝުއަލް މީޑިއާއަކަށް ހޮވުނީ މިދިޔަ އަހަރު ރިލިޒް ކުރި ހިއު ޖެކްމަންގެ ފިލްމު "ދަ ގްރޭޓެސްޓރް ޝޯމޭން" ގެ އަލްބަމެވެ.

* ބެސްޓް ކޮމެޑީ އަލްބަމް: އެކްއަނިނިމިޓީ އެންޑް ދަ ބާޑް ރިވެލޭޝަން (ޑޭވް ޝެޕެލް)

* ބެސްޓް ޑާންސް/އިލެކްޓްރޯނިކް އަލްބަމް: ވުމަން ވޯލްޑްވައިޑް (ޖަސްޓިސް)

* ބެސްޓް ރެޕް ޕަފޯމަންސް: ކެންޑްރިކް ލެމާ

* ބެސްޓް ޓްރެޑިޝަނަލް އާރްއެންޑްބީ ޕަފޯމަންސް: ލިއޯން ބްރިޖެސް (ބީ އެއިންޓް ވޯތު ދަ ހޭންޑް)، ޕީޖޭ މޯޓަން (ހައު ޑީޕް އިޒް ޔޯ ލަވް)

* ބެސްޓް އާރްއެންޑްބީ ސޯންގް: ބޫޑް އަޕް (އެލާ މާއީ)

* ބެސްޓް ރޮކް ސޯންގް: މެސެޑަކްޝަން (އެސްޓީ ވިންސެންޓް)

* ބެސްޓް ރޮކް ޕާފޯމަންސް: ކްރިސް ކޯނެލް (ވެން ބޭޑް ޑަޒް ގުޑް)

* ބެސްޓް ރޮކް އަލްބަމް: ގްރެޓާ ވެން ފްލީޓް (ފްރޮމް ދަ ފަޔާސް)

* ބެސްޓް މެޓަލް ޕަފޯމަންސް: ހައި އޯން ފަޔާ (އިލެކްޓްރިކް މެސިއާ)

* ބެސްޓް އާބަން ކޮންޓެމްޕްރަރީ އަލްބަމް: ދަ ކާޓާޒް، އިވްރީތިން އިޒް ލަވް

މިއުޒިކް ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ގްރެމީ އެވޯޑް ހަފުލާ ހުށަހަޅައި ދިނީ 15 ގްރެނީ ހާސިލުކޮށްފައިވާ އެލީޝިއާ ކީޒް އެވެ. އަދި ހަފުލާގައި ގިނަ ފަންނާނުންތަކެއް ހުށަހެޅުންތަކެއް ވެސް ފެނިގެން ދިޔަ އިރު، ހަފުލާގައި ބައިވެރިވި މީހުންގެ ތެރެއިން ގިނަ ބަޔަކަށް އެންމެ ބޮޑު ސަޕްރައިޒަކަށްވީ އެމެރިކާގެ ކުރީގެ ފަސްޓްލެޑީ މިޝެލް އޮބާމާ އެވެ.