އެނިމޭޓެޑް ފިލްމު "ސިންގް 2" 2021 އަށް ފަސްކޮށްފި

ދެހާސް ސޯޅަ ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު އެނިމޭޓެޑް ފިލްމު "ސިންގް" ގެ ދެވަނަ ބައި އަންނަ އަހަރު ގެނެސްދޭން ނިންމުމަސް ފަހު އަނެއްކާ 2021 އަށް ފަސްކޮށްފި އެވެ.


ކުރިން ޑިސެމްބަރު، 25، 2020 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް "ސިންގް 2" ސިނަމާތަކަށް ގެންނަން މިހާރު ނިންމާފައި ވަނީ ޖުލައި، 2، 2021 ގަ އެވެ. ނަމަވެސް ތާރީހަށް ބޮޑު ބަދަލެއް ގެނައި ސަބަބެއް ހާމައެއް ނުކުރެ އެވެ.

ގާތު ޖެނިންގްސް ޑައިރެކްޓްކުރި "ސިންގް" އަކީ ތިއޭޓަ ޕްރޮމޯޓް ކުރަން 1،000 ޑޮލަރުގެ ފައިސާނެ އިނާމެއް ހުށަހަޅައިގެން ބާއްވާ ލަވަ މުބާރާތެއްގެ ތެރޭގައި ހިންގާ އޮޅުވާލުމާއި ހީލަތްތެރި ރޭވުންގަނޑެއްގެ ތެރެއިން ދިމާވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގެ ކެރެކްޓާތަކަކީ ޖަނަވާރުންނެވެ.

"ސިންގް" ގެ ޓްރެއިލާ.

"ސިންގް" އަށް އަޑު އަޅައި ދީފައިވާ ފަންނާނުންގެ ތެރޭގައި ރީޒް ވިދަސްޕޫން، މެތިން މެކްކޮނަހީ، ސްކާލެޓް ޖޮހަންސަން، ސެތު، މެލްފާލޭން، ޖޯން ސީ ރެއިލީ، ޓެރޯން އެގާޓަން، ޓޯރީ ކެލީ އަދި ނިކް ކްރޯލް އެވެ.

ޖުމްލަ 75 މިލިއަން ޑޮލަރުގެ ބަޖެޓަކުން ޔުނިވާސަލް ޕިކްޗާޒް އާއި އިލުމިނޭޝަން އެންޓަޓައިންމަންޓުން ގެނެސް ދިން ފިލްމަށް ބޮކްސް އޮފީހުގައި 634.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

"ސިންގް 2" ވެސް ޑައިރެކްޓް ކުރަނީ ގާތެވެ.