ސަލްމާން ހާންގެ "ކިކް 2" ގެ ބަތަލާއަކަށް ދީޕިކާ ޕަދްކޯން

ސަލްމާން ހާން ފިލްމު "ކިކް" ގެ ދެ ވަނަ ބައިގެ ބަތަލާގެ ރޯލް ދީޕިކާ ޕަދްކޯން އަށް ހުށަހަޅައިފި އެވެ.


ޑެކަން ކްރޮނިކަލް އިން ބުނި ގޮތުގައި ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ 2015 ގައި ޑައިރެކްޝަނަށް ނުކުތް ފިލްމު "ކިކް" ގެ ބަތަލާގެ ރޯލް ވެސް ދީޕިކާ އަށް ހުށަހެޅި ނަމަވެސް، އޭރު އެ ފިލްމު ކުޅެވޭ ގޮތް ނުވިޔަސް، "ކިކް 2" އިން އޭނާ ފެނުމުގެ ފުރުސަތު ބޮޑެވެ.

މިކަން އަދި ކަށަވަރު ނުވިޔަސް، މިއީ ސަލްމާނާއި ދީޕިކާގެ ޖޯޑު އެކީގައި ސްކްރީނުން ދެކިލާލުން ތިބި މީހުން ލައްކަ އުފާވާނެ ކަމަކަށް ވާނެ އެވެ. މިހާތަނަށް އެ ދެ ތަރިން އެކީގައި ފިލްމެއް ނުކުޅެ އެވެ.

"ކިކް 2" އަކީ އަންނަ އަހަރު ސަލްމާން މަސައްކަތް ފަށާނެ ފިލްމެކެވެ. މީގެ ފުރަތަމަ ބައިގައި ބަތަލާގެ ރޯލް ކުޅުނީ ޖެކްލިން ފެނަންޑޭޒެވެ.

"ކިކް" ގެ ލަވައެއް.

މި ވަގުތު މެޓް ގާލާގައި ބައިވެރިވާން އެމެރިކާގައި ހުރި ދީޕިކާ މިހާރު ކުޅެމުން އަންނަ ހަމައެކަނި ފިލްމަކީ މެގްނާ ގުލްޒާރުގެ "ޗަޕާކް" އެވެ. އެއީ އަންނަ އަހަރުގެ ޖެނުއަރީ 10 ގައި ރިލީޒް ކުރާ ފިލްމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑައިރެކްޓަރު އަނޫރާގެ ބާސޫގެ "އިމާލީ" ވެސް ވަނީ ދީޕިކާ އަށް ހުށަހަޅައިފަ އެވެ.

ސަލްމާން މި ވަގުތު "ދަބަންގް 3" ގެ މަސައްކަތރް ކުރަމުން އަންނަ އިރު، ދެން އޭނާ ޝޫޓިން އެންމެ އަވަހަށް ފަށާނެ ފިލްމަކީ ސަންޖޭ ލީލާ ބަންސާލީގެ "އިންޝާﷲ" އެވެ.