ސައިކޮލޮޖިކަލް ތުރިލާ "އަންހިންޖްޑް" އަށް ރަސަލް ކްރޯ

އޮސްކާ އެވޯޑް ހޯދާފައިވާ މަޝްހޫރު އެކްޓަރު ރަސަލް ކްރޯ "އަންހިޖްޑް" ކިޔާ ސައިކޮލޮޖިކަލް ތުރިލާއަކަށް ސޮއިކޮށްފި އެވެ.


ޖުލައި މަހުގެ 15 ގައި އެމެރިކާގެ ނިއު އޯލިއަންސްގައި ޝޫޓިން ފަށާ މި ފިލްމުގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު "އެމެރިކަން ޑްރީމާ" ގެނެސް ދިން ޑެރިކް ބޯޓް އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ "ޑިސްޓާބިއާ" އާއި "ރެޑް އައި" ފަދަ ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔުނު ކާލް އެލްސްވޯތެވެ.

އަންނަ އަހަރުގެ މެދުތެރޭގައި ރިލީޒް ކުރަން ނިންމާފައިވާ "އަންހިންޖްޑް" ގެ އިތުރު ކާސްޓުން އަދި އިއުލާނެއް ނުކުރެ އެވެ.

"ގްލޭޑިއޭޓާ" އާއި "އަ ބިއުޓިފުލް މައިންޑް" އަދި "ދި އިންސައިޑާ" ފަދަ ފިލްމުތައް ކުޅުނު ރަސަލް، 55، އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ނޮވެމްބަރު މަހު ރިލީޒް ކުރި "ބޯއި އިރޭޒްޑް" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ދަ ޓްރޫ ހިސްޓްރީ އޮފް ކެލީ ގޭންގް" އެވެ.