ތަމަންނާ ބާޓިއާ.
29 ޖޫން 2019
އަންނަ މަހު ޑިޒްނީން ރިލީޒް ކުރާ ފިލްމު "ލަޔަން ކިންގް" ގެ ހިންދީ ވާޝަނަށް ޝާހްރުކާނާއި ދޮށީ ފިރިހެން ދަރިފުޅު އަރިޔާން އަޑު އަޅާފައި ވަނިކޮށް، ޝާޖްރުކްގެ އަޑު ހިމެނޭ ޓްރެއިލާއެއް ދައްކާލައިފި އެވެ.
އޭނާ އަޑު އަޅާފައި ވަނީ މުފާސާގެ ކެރެކްޓާއަށެވެ. އަރިޔަން އަޑު އިވިގެން ދާނީ މުފާސާގެ ދަރި ސިމްބާގެ ކެރެކްޓާއިންނެވެ. މި ޝާހްރުކްގެ ދެބަފައިން ރަސްމީކޮށް ފިލްމެއްގެ މަސައްކަތުގައި އެކީގައި ހިއްސާވި ފުރަތަމަ ފަހަރު އެވެ.
ޖޮން ފެވަރޯ ޑައިރެކްޓްކޮށްފައިވާ "ލަޔަން ކިންގް" ގެ ހިންދީ ވާޝަނަށް އަޑު އަޅައި ދީފައިވާ އިތުރު ފަންނާނުންގެ ތެރޭގައި އާސްރާނީ، އަޝިޝް ވިދުޔާތީ، ޝްރެޔަސް ތަލްޕަޅޭ އަދި ސަންޖޭ މިޝްރާ ހިމެނެ އެވެ.
Delighted to be a part of this global legacy. In Cinemas 19th July. Yaad Rakhna. #TheLionKing @disneyfilmindia https://t.co/T2OfU4JspC
— Shah Rukh Khan (@iamsrk) June 28, 2019
"ލަޔަން ކިންގް" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 19 ގަ އެވެ. މި ފިލްމަކީ ޑިޒްނީން 1994 ގައި ގެނެސް ދިން "ލަޔަން ކިންގް" ރިމެކެކެވެ.
މި ފަހަރު އިނގިރޭސި ފިލްމަށް އަޑު އަޅައި ދިން ފަންނާނުންގެ ތެރޭގައި ބިޔޯންސޭ، ސެތު ރޯގެން، ޖޯން އޮލިވާ، އަލްފްރޭ ވުޑާޑް އަދި ބިލީ އެއިޝްނާ ހިމެނެ އެވެ.
މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ ބަތަލާ ނުޝްރަތު ބަރޫޗާގެ ފުރަތަމަ އައިޓަމް ލަވަ ފިލްމު "މަރުޖާވާ" އިން ފެނިގެން ދާނެކަން ކަށަވަރުވެއްޖެ އެވެ.
Nushrat Bharucha comes on board for a song in #Marjaavaan... The song, composed and rendered by Yo Yo Honey Singh, was filmed on Sidharth Malhotra and Nushrat... Costars Riteish Deshmukh, Rakul Preet Singh and Tara Sutaria... Directed by Milap Milan Zaveri... 2 Oct 2019 release. pic.twitter.com/gcfg5jCvJr
— taran adarsh (@taran_adarsh) June 28, 2019
އެ ފިލްމުގެ ލީޑް ބަތަލު ސިދާތު މަލްއުތުރާއާ އެކު އޭނާ ފެނިގެންދާ ލަވައިގެ ފޮޓޯއެއް ވެސް ފިލްމު ޕްރޮޑިއުސް ކުރާ ޓީ ސީރީޒުން މިހާރު ވަނީ އާންމުކޮށްފަ އެވެ. އެ ލަވަ ކޮމްޕޯޒްކޮށްފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޯ ޔޯ ހަނީ ސިންގެވެ.
"މަރުޖާވާ" އަކީ މިދިޔަ އަހަރު ނޯރާ ފަތެހީގެ ހިޓް އައިޓަމް ލަވަ "ދިލްބަރު" ހިމެނުނު ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގެ ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީގެ ޑައިރެކްޓް ކުރާ ފިލްމެކެވެ.
އަންނަ އޮކްޓޯބަރު މަހުގެ 2 ގައި ރިލީޒް ކުރަން ނިންމާފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ތައާރަފުވި ބަތަލާ ތާރާ ސުތާރިއާ އާއި ރަކުލް ޕްރީތު ސިންގްގެ އިތުރުން ރިތޭޝް ދޭޝްމުކް ހިމެނެ އެވެ.
ސަލްމާން ހާންގެ "ދަބަންގް" ސީރީޒްގައި އޭނާގެ ބައްޕަގެ ރޯލް ކުޅުނު ވިނޯދު ކަންނާ މަރުވެފައިވާތީ، މި ސީރީޒްގެ ތިން ވަނަ ފލްމުގައި ވިނޯދު ކަންނާ ކުޅުނު ކެރެކްޓާ އަށް ޕްރަމޯދު ކަންނާ ހަމަޖައްސައިފި އެވެ.
Introducing Pramod Khanna . . #Dabangg3 @sonakshisinha @PDdancing pic.twitter.com/wYDvcsQWw7
— Salman Khan (@BeingSalmanKhan) June 27, 2019
އެކަން ސަލްމާން ވަނީ ޓްވިޓާގައި ހިއްސާ ކުރި ވީޑިއޯއަކުން ޔަގީންކޮށް ދީފަ އެވެ. "ދަބަންގް" ގެ ފުރަތަމަ ދެބައިގައި މީގެ ދެ އަހަރު ކުރިން މަރުވި ވިނޯދު ކުޅުނު ކެރެކްޓާގެ ނަމަކީ ޕްރަޖާޕަތީ ޕާންޑޭ އެވެ. "ދަބަންގް" ސީރީޒްތަކުގައި ސަލްމާންގެ މަންމަގެ ރޯލް ކުޅުނީ ޑިމްޕަލް ކަޕާޑިއާ އެވެ. އެކަމަކު އޭނާގެ ކެރެކްޓާ ވަނީ ފުރަތަމަ ބައިގައި މަރުވެފަ އެވެ.
އަންނަ ޑިސެމްބަރު މަހުގެ 20 ގައި ރިލީޒް ކުރާ "ދަބަންގް 3" ޑައިރެކްޓް ކުރަނީ ޕްރަބޫދޭވާ އެވެ. މި ފަހަރުު ވެސް ފިލްމުން ސަލްމާނާ އެކު ބަތަލާގެ ރޯލުން ފެންނާނީ ސޮނާކްޝީ ސިންހާ އެވެ.
ނަވާޒުއްދީން ސިއްދީގީއާ އެކު ކުޅެން ލިބުނު ފިލްމު "ބޯލެ ޗޫޅިޔާން" އިން ބަތަލާ މޯނީ ރޯއި ވަކިވުމާ ގުޅިގެން އެ ފިލްމަށް ބަތަލާއަކު ހަމަޖައްސައިފި އެވެ.
And finally the hunt for my perfect heroine ends here. Welcome drop dead gorgeous and talented @tamannaahspeaks to #BoleChudiyan family! @Nawazuddin_S @woodpeckermv @zaverikiran9 #RajeshBhatia pic.twitter.com/m30Rc6wQ82
— Shamas N Siddiqui (@ShamasSiddiqui) June 28, 2019
މި ފަހަރު ފިލްމަށް ސޮއި ކުރީ ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅެމުން އަންނަ އަދި "ބާހްބަލީ" ފަދަ ފިލްމުތަކުން ފެނިގެން ދިޔަ ސައުތުގެ ބަތަލާ ތަމަންނާ ބާޓިއާ އެވެ.
ލޯބީގެ ވާހަކައަކަށް ހަދާ "ބޯލެ ޗޫޅިޔާ" އަކީ ނަވާޒުއްދީންގެ ކޮއްކޮ ޝަމަސް ނަވާބް ސިއްދީގީ ޑައިރެކްޓް ކުރާ ފިލްމެކެވެ. މީގެ ޝޫޓިން ވަރަށް އަވަހަށް ރާޖަސްތާނުގައި ފަށާނެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް