ބަތަލާ ރާނީ މުކަރްޖީ ފުލުހެއްގެ ރޯލް ކުޅޭ ފިލްމު "މަރުދާނީ 2" އަންނަ ޑިސެމްބަރު މަހުގެ 13 ގައި ރިލީޒްކުރަން ނިންމައިފި އެވެ.
ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ވަނީ އެކަން ފިލްމުގެ ފޮޓޯއަކާ އެކު ޓްވީޓާގައި ހިއްސާކޮށްފަ އެވެ. "މަރުދާނީ 2" އަކީ ރާނީ 2014 ގައި ކުޅުނު "މަރުދާނީ" ގެ ދެވަނަ ބައެވެ. ފިލްމުގައި އޭނާ ކުޅެފައި ވަނީ ވަރަށް ޖެހިލުން ކުޑަ، ހިތްވަރު ގަދަ ފުލުހެއްގެ ރޯލެވެ.
#Mardaani2 starring #RaniMukerji as Shivani Shivaji Roy releasing in theatres near you on 13th December 2019. #Mardaani2OnDecember13 | @Mardaani2 pic.twitter.com/JZp3Numa2k
— Yash Raj Films (@yrf) August 10, 2019
ކުރީގެ ފިލްމު މިދިޔަ އަހަރު ކާޖޮލްގެ "ހެލިކޮޕްޓާ އީލާ" ގެނެސް ދިން ޕްރަދީޕް ސަރުކާރު ޑައިރެކްޓް ކުރި ނަމަވެސް، ދެވަނަ ބައި ޑައިރެކްޓް ކުރަނީ ފުރަތަމަ ބައިގެ ސްކްރީންޕްލޭ ލިޔުނު ގޯޕީ ޕުތުރާނެވެ. "މަރުދާނީ 2" ގެ ސްކްރިޕްޓް ވެސް ލިޔުނީ ވެސް އޭނަ އެވެ.
މިދިޔަ މާޗް މަހުގެ ތެރޭގައި ޝޫޓިން ފެށި ފިލްމުގައި ރާނީއާ އެކު ބައިވެރިވާ ކާސްޓުންގެ ތެރޭގައި ވިކްރަމް ސިންގް ޗޯހަން، ޝްރޫތީ ބަޕްނާ އަދި ސުދާންޝޫ ޕާންޑޭ ހިމެނެ އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރާނީ، 41، އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު "ހިޗްކީ" އިންނެވެ. އެ ފިލްމުގައި އޭނާ ކުޅުނީ އުކުޑިކޮއްޓާ މައްސަލަ ހުންނަ ޓީޗަރެއްގެ ރޯލެވެ.