ސެލީނާ ގޮމޭޒްގެ އާ އަލްބަމަކީ "ރެއާ"

އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒްގެ އާ އަލްބަމް "ރެއާ" ނެރުމާ އެކު ބޮޑު ތަރުހީބެއް ލިބެން ފަށައިފި އެވެ.


އުމުރުން 27 އަހަރުގެ ލަވަކިޔުންތެރިޔާ މި މަހުގެ 10 ގައި ނެރުނު އަލްބަމްގައި 18 ލަވަ ހިމެނެ އެވެ. މީގެ ތެރެއިން ބައެއް ލަވަތަކީ މަޝްހޫރު ބައެއް އާޓިސްޓުންނާ ގުޅިގެން ގެނެސްދީފައިވާ ލަވަތަކެވެ. އޭގެ ތެރޭގައި މާޝްމެލޯ އާއި 6 ބްލެކާއި ކިޑް ކޫޑީ އާއި ކައިގޯގެ އިތުރުން ގުޗީ މޭން ހިމެނެ އެވެ.

އެތަކެއް އެވޯޑެއް ހޯދާފައިވާ ސެލީނާ ފަސް އަހަރު ފަހުން ނެރުނު އަލްބަމް "ރެއާ" ގެ ބައެއް ލަވަތައް މިހާރު ވަނީ ބިލްބޯޑް ހޮޓް 100 އާއި ރޯލިން ސްޓޯން ޓޮޕް 100 ގައި ވެސް ހިމެނިފަ އެވެ. މިއުޒިކީ އުފެއްދުންތަކަށް ފާޑުކިޔާ ވަރަށް ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި "ރެއާ" އަކީ މިހާތަނަށް ސެލީނާ ނެރުނު އެންމެ ހިތްގައިމު އަލްބަމެވެ.

އޭނާ އެންމެ ފުރަތަމަ ނެރުނު އަލްބަމަކީ 2013 ގެ "ސްޓާޒް ޑާންސް" އެވެ. އޭގެ ފަހުން "ރިވައިވަލް" ނެރުނީ 2015 ގަ އެވެ.