ކޮރޯނާވައިރަހުން ސަލާމަތްވާން އާންމުން ސަމާލުކަންދޭންވީ ވަރަށް ގިނަ ކަންކަމާބެހޭ އިރުޝާދުތައް އިދާރާތަކުން އަންނަނީ ދެމުންނެވެ. ހިތާމަ އަކީ އަދިވެސް އިރުޝާދުތަކާއި ކުރާ އިލްތިމާސްތަކަށް އާންމުންގެ ފަރާތުން އެންމެ އެކަށީގެންވާ ގޮތަށް އިޖާބަ ނުލިބޭތީ އެވެ.
ފިލްމު އުފެއްދުމުގެ މަސައްކަތް ވެސް ވައިރަހާ ހެދި މަޑުޖެހުނީ އެވެ. އެކަމަކު ރާއްޖޭގެ ކާމިޔާބު ފިލްމު ސްޓޫޑިއޯ ޑާކް ރެއިން އެންޓަޓައިންމަންޓުން އަތް އުރާލައިގެން ނުތިބެ މި ވަގުތަށް އެންމެ ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގައި އަންނަނީ މަސައްކަތްކުރަމުންނެވެ.
އެހެން ވިޔަސް އާންމުންނަށް އެކި މެސެޖްތައް ފޯރުކޮށް ދިނުމާއި މި ދަނޑިވަޅުގައި ކުރަންވީ/ނުކުރަންވީ ކަންކަމާ ބެހޭ ވާހަކަތައް ގިނަގިނައިން ދައްކައި ހޭލުންތެރިކަން އުފައްދަން ކުރާ މަސައްކަތްތައް ހުއްޓާލައިގެން ނުވާނެ އެވެ. މީގައި ހަމައެކަނި ޒިންމާ އޮތީ ސަރުކާރުގައި ކަމަށް ވެސް ދެކިގެން ނުވާނެ އެވެ.
Keep Calm and Wash your hands
— Dark Rain Ent (@DarkRainEnt) March 10, 2020
Public Service Announcement by Dark Rain Entertainment
https://t.co/u2IPqlqPif via @YouTube
އާންމު ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އަދި އެ ނޫން ވެސް އެކި ގޮތްގޮތަށް އެކި މީހުންނަށް އެ މީހުންގެ ފަރުދީ ލެވެލްގައި ވެސް މަސައްކަތްތަކެއް ކުރަންޖެހެ އެވެ.
#Khabarudhaaru #Kulhunujaha!
— Dark Rain Ent (@DarkRainEnt) March 17, 2020
Public Service Announcement by @DarkRainEnt pic.twitter.com/1MsyIcOQOn
ހާއްސަކޮށް އެކި ކަންކަމާ ގުޅުވައިގެން އެކި ކަހަލަ މެސެޖްތައް އާންމުންނަށް ލިބޭނެ ވީޑިއޯ ކްލިޕްތައް ތައްޔާރުކޮށް އެ ސްޓޫޑިއޯގެ ސޯޝަލް މީޑިއާ ފްލެޓްފޯމްތަކުގައި އަންނަނީ ހިއްސާކުރަމުންނެވެ.
KEEP CALM STAY HOME HAVE FUN - PUBLIC SERVICE ANNOUNCEMENT BY DARK RAIN ... https://t.co/QX1sQeQ0jw via @YouTube
— Dark Rain Ent (@DarkRainEnt) March 20, 2020
އޭގެ ތެރޭގައި މި ދަނޑިވަޅުގައި ގިނަ އަދަދަކަށް މުދާ ގަނެ ގޭތެރޭގައި ރައްކާނުކުރުމާއި ގިނަގިނައިން އަތްދޮވުމާއި އާންމު ތަންތަނަށް ކުޅު ނުޖެހުމާއި ޓިޝޫ ފަދަ އެއްޗެހި މަގުމައްޗަށް ނުއުކުމާއި ބޭރުތެރެއަށް ނުކުމެ ނޫޅުން ފަދަ ކަންކަމާ ގުޅޭ ގޮތުން ގެނެސްދިން ވީޑިއޯތައް ހިމެނެ އެވެ.
#Khabarudhaaru! Public Service announcement by Dark Rain Entertainment https://t.co/UPF008zS5V via @YouTube
— Dark Rain Ent (@DarkRainEnt) March 24, 2020
މީގެ އިތުރުން ރާއްޖޭގައި އުޅޭ އެކި ގައުމުތަކުގެ ބިދޭސީންނަށް ހާއްސަކޮށްގެން އެކި ބަހުރުވަތަކުން ވެސް މެސެޖްތަކެއް ފޯރުކޮށް ދީފައިވެ އެވެ.
वी आर मल्दिवेस युनाईटेड तुगेथेर वी केयन Public Service Announcement by D... https://t.co/TbCphw0pSo via @YouTube
— Dark Rain Ent (@DarkRainEnt) March 20, 2020
"ކުރު ފިލްމެއް" ގޮތަށް ގެނެސްދޭ މި ކްލިޕްތަކަށް އާންމުންގެ ފަރާތުން އަންނަނީ ބޮޑު ތަރުހީބެއް ވެސް ލިބެމުންނެވެ. އެކަމުގެ އެއް ހެއްކަކީ ޑާކް ރެއިންގެ ކްލިޕްތައް ބަލާފައި ގިނަ ބަޔަކު ފާޅުކުރާ ޚިޔާލުތައް ވެސް އެ ސްޓޫޑިއޯ އިން ހިއްސާކުރަމުން ދިއުމެވެ.
#Khabarudhaaru faaruga battaru nu uhgulhaa! Public Service announcement by Dark Rain Entertainment @AdamRizwee_Rex @Tholman_79 @shifauchippe @mogerdre pic.twitter.com/OtPqm8BoYL
— Dark Rain Ent (@DarkRainEnt) March 24, 2020
އެގޮތުން ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އިސްކޮށް ހުރެގެން އޭނާ ޓީމުން ކުރަމުން އަންނަ މަސައްކަތްތަކަށް ތައުރީފުކޮށް ގިނަ ބަޔަކު އައްސަރިބަހާއި ސާބަސް ދެ އެވެ. އަދި މިއީ މިފަދަ ދަނޑިވަޅެއްގައި ސްޓޫޑިއޯއަކުން އަދާކުރާ އިޖުތިމާއީ ޒިންމާއެއްގެ ގޮތުގައި ގިނަ ބަޔަކު ދެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޝާޑު
24 March 2020
އިސްމާލު ވަޖީހު މީ މުސްކުޅިވާމީހެއްވެސް ނޫނޭ ދޯ.
ބަބުރުލް ސަލީމް
24 March 2020
ބަންގާޅީންގެ ކަންފަތުގާ މި "ޚަބަރުދާރު" ގުގުމާލަގުގުމާލާ ހުންނާނެނަމައޭ ހިތަށްއަރާ.
އާބިދު
24 March 2020
އަތްދޮވެދޮވެ އަތުން މިހާރު ހަންދާން ކައިރިވެއްޖެ.
ތުނިޔަ
24 March 2020
ހިތްވަރުކޮށްލާ! ފަހުން ރަނގަޅުވާނެ!