އީޝާ ގުޕްތާ އަށް ލޯބި ލިބުނީ ސްޕެއިނުން

ބޮލީވުޑްގެ ބަތަލާ އީޝާ ގުޕްތާ ސްޕެއިންގެ މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ކަށަވަރުކޮށް ދީފި އެވެ.


"ޖަންނަތު 2" އާއި "ރާޒް 3ޑީ" ފަދަ ފިލްމުތަކުން ފެނިފައިވާ 34 އަހަރުގެ ބަތަލާ ވަނީ އޭނާގެ ލޯބިވެރިޔާއާ އެކު ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. އޭގެ ތެރެއިން އެއް ފޮޓޯގައި ފެންނަނީ ހޮޓަލެއްގެ ލޮބީގައި އީޝާ އާއި ލޯބިވެރިޔާ އެކީގައި ތިއްބަ އެވެ. އެ ފޮޓޯގެ ކެޕްޝަނަށް ސްޕެއިން ބަހުން ލިޔެފައި އިންނަނީ "ވަރަށް ލޯބިވޭ" އެވެ.

ވަރަށް މަދުމަދުން ފިލްމުތަކުން ފެންނަ އީޝާގެ ލޯބިވެރިޔާ މެނުއަލް ޖުއާލާ އަކީ ސްޕެއިންގެ ވިޔަފާރިވެރިއެކެވެ. އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ކަށަވަރުކޮށް ދިނުމުގެ ކުރިން މިދިޔަ އަހަރު ވެސް އީޝާ ވަނީ އެމަނުއަލްއާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފަ އެވެ.

View this post on Instagram

te amo mucho mi amor ♥️

A post shared by Esha Gupta🌎 (@egupta) on

ދެހާސް ބާރަ ވަނަ އަހަރު ރިލީޒްކުރި އިމްރާން ހާޝިމީގެ "ޖަންނަތު 2" އިން ބޮލީވުޑަށް ތައާރަފުވި އީޝާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ހަމްޝަކަލްސް" އާއި "ރުސްތުމް" އާއި "ބާދުޝާހޯ" އަދި "ޕަލްޓާން" ހިމެނެ އެވެ.

އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ވަން ޑޭ: ޖަސްޓިސް ޑެލިވާޑް" އިންނެވެ. މިދިޔަ އަހަރު ރިލީޒްކުރި "ޓޯޓަލް ދަމާލް" ގެ ރޯލެއް ވެސް އީޝާ ކުޅެފައިވެ އެވެ.