ކާތިކް.
06 ޖޫން 2021 - 06:39
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ދޯސްތާނާ 2" އިން ކާތިކް އާރިޔަން ވަކިކުރި ފަހުން އެންމެ ބޮޑަށް ދެކެވެނީ އޭނާގެ މަސައްކަތުގެ އަހުލާގު ގޯސް ވާހަކަ އެވެ. ބައެއް މީޑިއާތަކުން ސިފަކުރާ ގޮތުގައި ޒުވާން އެކްޓަރު މިހާރު އުޅެނީ ފެންވަރު އޮޅިގެންނެވެ. ދެހާސް އެގާރައިގައި ބޮލީވުޑަށް ނުކުތް ނަމަވެސް ތަރިއެއްގެ ގޮތުގައި އޭނާ ވިދައިލީ 2018 ގެ ފިލްމު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އިންނެވެ.
އެ ފިލްމުގެ ބޮޑު ކާމިޔާބި އަށް ފަހު ކާތިކްގެ ސޮއި ހޯދަން ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ދިގު ކިއޫތަކެއް އޮތް ނަމަވެސް ފިލްމުތަކުން އޭނާ ވަކިކުރާ ވާހަކަ އާއި ސޮއިކޮށްފައި ހުރި ބައެއް ފިލްމުތަކުން އަމިއްލަ އަށް ވަކިވާ ވާހަކަތަކާ އެކު ކާތިކްގެ ވާހަކަ މިހާރު ދެކެވެނީ ވަރަށް ނުކިއްސަރުކޮށެވެ.
ބައެއް މީހުން މިކަން ސިފަކުރަނީ ކަރަން އަޑީގައި ހުރެގެން ކާތިކްގެ ކެރިއަރު ހަލާކުކުރަން މަސައްކަތްކުރާ ކަމަށް ބުނެ އެވެ. އަދި މިކަމާ މިދިޔަ އަހަރު މަރުވި ސުޝާންތު ރާޖްޕޫތާ ވެސް ގުޅުވާފައިވެ އެވެ. އޭނާގެ މަރާ އެކު ގިނަ ބަޔަކު އެންމެ ބޮޑަށް އިނގިލި ދިއްކުރި އެކަކީ ވެސް ކަރަން އެވެ. އެއީ ސުޝާންތުގެ ކެރިއަރު ހަލާކުކުރަން އުޅުނުކަމުގެ ތުހުމަތުތަކާ އެކީގަ އެވެ.
And by the way... when Producers drop Actors or vice versa they don't talk about it. It happens all the time. This campaign against Kartik Aryarn seems concerted to me and very bloody unfair. I respect his quiet.
— Anubhav Sinha (@anubhavsinha) June 3, 2021
އެކަމަކު ކާތިކާ ބެހޭ ގޮތުން ދެކެވޭ އެއްވެސް ވާހަކައަކަށް އޭނާ މިހާތަނަށް އެއްވެސް އިޖާބައެއް ނުދެ އެވެ. ކާތިކް، 30، އާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކައް ރައްދެއް ދީ އަދި ދިފާއުގައި ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ، އެކަމަކު އޭނާ އަކީ އަބަދު ވެސް ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް އެކްޓަރެކެވެ.
ކާތިކާ ބެހޭ ގޮތުން މިހާރު ދެކެވޭ ވާހަކަތަކާ ގުޅިގެން ފޭނުންތަކެއް ކާތިކްގެ ދިފާއުގައި ވާހަކަ ދައްކަމުން އަންނަ އިރު ޑައިރެކްޓަރު އަނޫބަވް ސިންހާ ވެސް ވަނީ އުންމީދީ އެކްޓަރާއެކީ ހުރި ކަމަށް ބުނެފަ އެވެ.
First SSR was harassed now its Kartik Aryan. This guy @karanjohar is a big bad shark of bollywood. When Kangana raised her voice all these bollywood families can together and silenced her.
— Dhhaval Lala🇮🇳 (@Dhavalsrd) June 3, 2021
އޭނާ ކުރި ޓްވީޓެއްގައި ބުނީ ފިލްމުތަކަށް ނަގާ ތަރިން ޕްރޮޑިއުސަރުން ދޫކޮށްލުމާއި ތަރިން އަމިއްލަ އަށް ފިލްމުތައް ދޫކޮށްލުމަކީ އިންޑަސްޓްރީތެރޭގައި އަބަދު ވެސް ހިނގާ ކަމެއް ކަމަށެވެ. އަދި އެފަދަ ވާހަތައް އެ މީހުން ފާޅުގައި ނުދައްކާ ކަމަށް ވެސް ބުންޏެވެ.
Totally agree with you @anubhavsinha He is a Very Humble Guy ,If a Person is so Happy and polite with his fans he can never be arrogant , I think kuch logo ko Pach nahi raha ek Chote Shaher ke ladke ko Superstar banta dekh .. But it also happens all the time
— Ajay Pratap Singh (@AjayPra51445667) June 4, 2021
"ކާތިކާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ އިންސާފެއް ނޫން،" އަނޫބަވް ބުންޏެވެ. "[އެކަމަކު އުފާވާ ކަމަކީ] އޭނާ ހަމަހިމޭނުން ހުންނާތީ. އެކަމަށް އިހުތިރާމް ވެސް ކުރަން."
U hv my respect sir 🙏 Atleast someone posted something to support @TheAaryanKartik . Sometimes I feel bullywood is so incompetent that cannot raise the voice against Bullying. @karanjohar will pay his/her due while counting last days. Thank you for this tweet. #isupportkartik
— akhilesh Jha (@akhileshjha58) June 4, 2021
ޝޫޓިން ފަށާފައި އޮތް "ދޯސްތާނާ 2" އިން ކާތިކް އެޕްރީލް މަހު ވަކިކުރި އިރު މިދިޔަ މަހު އޭނާ ވަނީ ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ ފިލްމު "ގުޑްބާއި ފްރެޑީ" ދޫކޮށްލައިފަ އެވެ.
އަދި މިދިިޔަ ހަފުތާގައި ބައެއް މީޑިއާތަކުން ބުނި ގޮތުގައި ޑައިރެކްޓަރު/ޕްރޮޑިއުސަރު އާނަންދު އެލް ރާއީ ކާތިކަށް ދިން ފިލްމަކުން ވެސް އޭނާ ވަކިކޮށްފައިވެ އެވެ. އެކަމަކު އާނަންދު ވަނީ އެކަން ދޮގުކޮށްފަ އެވެ.
Sir , ye concerted campaign se kuch faraq nahi padhta.
— Vishal Salve, PhD (@VishalSalve81) June 3, 2021
We people love Kartik Aryan. aapne Akash Vani dekhi hai kya ? what a performance by Him and Nusrat.
މިދިޔަ ޑިސެމްބަރު މަހު ޑައިރެކްޓަރު ރާމް މަދުވާނީގެ "ދަމާކާ" ނިންމި އެކްޓަރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝޫޓިން ފަށާފައި އޮތް "ބޫލް ބުލައްޔާ 2" އާއި ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ދެ ފިލްމަކާއި ޑައިރެކްޓަރު ހެންސަލް މެހެތާގެ ފިލްމެއްގެ އިތުރުން އެކްޓަރު ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަން ޑައިރެކްޓްކުރާ ތެލެގޫ ފިިލްމެއްގެ ރިމޭކެއް ހިމެނެ އެވެ. ކާތިކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ޑައިރެކްޓަރު އިމްތިއާޒް އަކީ ގެނެސްދިން "ލަވް އާޖް ކަލް" އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy