15 ސެޕްޓެމްބަރ

September 15, 2016 42
ކުޑަފަރީ ކައުންސިލުން ރައްޔިތުންނަށް ބައިސްކަލް

އިންޖީނުލީ ވެހިކަލް ނެތް، ފެހި ރަށެއްގެ ގޮތުގައި ނ. ކުޑަފަރީ ހެދުމުގެ މަގުސަދުގައި އެ ރަށު ރައްޔިތުން ދުއްވަން ރަށު ކައުންސިލުން ބައިސްކަލް ހޯދައިދީފި އެވެ.

12 ސެޕްޓެމްބަރ

September 12, 2016 13
ފުވައްމުލަކު ފަރަށް އެރި ބޯޓުން ތެޔޮ ލީކުވަނީ

މީގެ މަހެއްހާ ދުވަސްކުރިން ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގުބޯޓު ފުން ނުކުރެވި އޮވެ، އެންމެ ފަހުން ބޯޓުން ތެޔޮ ލީކުވާން ފަށައިފި އެވެ. ބޯޓު ފުން ނުކުރެވި އެ ސަރަހައްދު ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދަނިކޮށް ތެޔޮ ލީކުވާތީ ރައްޔިތުން އަންނަނީ އަތޮޅު ކައުންސިލްގައި ކަންބޮޑުވުންފާޅުކުރަމުންނެވެ.

09 ސެޕްޓެމްބަރ

September 09, 2016 17
ދިގުލާބަދުއާ އެކު ގދ. ގެ 50 ރަށެއް ވަރުވާ އަށް

ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް ކުރިން ނިންމި ގދ. ދިގުލާބަދޫއާއެކު އެ އަތޮޅުގެ 50 ފަޅުރަށެއް ވަރުވާއަށް ދޫކުރުމަށް ސަރުކާރުން ހުޅުވާލައިފި އެވެ.

04 ސެޕްޓެމްބަރ

September 04, 2016
އެމެރިކާ އާއި ޗައިނާ އިން ތިމާވެށި އެއްބަސްވުން ތަސްދީގުކޮށްފި

ބެއިޖިން (ސެޕްޓެމްބަރު 4) - ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށް މިދިޔަ ޑިސެމްބަރު މަހު އެކުލަވާލި ޕެރިސް ތިމާވެށި އެއްބަސްވުން ޗައިނާ އާއި އެމެރިކާ އިން ތަސްދީގުކޮށްފި އެވެ.

03 ސެޕްޓެމްބަރ

September 03, 2016 5
އަވިން ހަކަތަ އުފައްދާ ނިޒާމު ހއ.ގެ ހުރިހާ ރަށަކަށް

ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގައި ކަރަންޓުގެ ނިޒާމް ޑީސަލް ޖަނެރޭޓަރުންނާއި އަވިން ހަކަތަ އުފައްދާ ހައިބްރިޑް ސިސްޓަމްތަކަކަށް ބަދަލުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

24 ޖުލައި

July 24, 2016 26
ދިގުލާބަދޫގައި އެއާޕޯޓެއް އަޅަން ދިރާސާ ކުރަނީ

ތިމާވެށީގެ އެންމެ ނާޒު ރަށްތަކުގެ ތެރޭގައި ހިމަނާފައިވާ ގދ. ދިގުލާބަދޫގައި އެއާޕޯޓެއް ހަދަން ނިންމައި އެ ރަށުގެ ހާލަތު ދެނެގަތުމަށް އީއައިއޭ ހަދަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

21 ޖުލައި

July 21, 2016 4
5000 މަތިގަނޑުން ރާއްޖެ ދައްކާލައިފި

ބޭނުން ނުކޮށް އުކާލާ ޕްލާސްޓިކް ފެން ފުޅީގެ މަތިގަނޑުތައް ބޭނުންކޮށްގެން ރާއްޖޭގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ރާއްޖޭގެ ރީތިކަން ދައްކާލައިފި އެވެ.

20 ޖުލައި

July 20, 2016 2
ކުންޏަށް ހައްލުގެންނަން 180 ރަށުން އެއްބަސްވެއްޖެ

ކުނި މެނޭޖުކުރުމާ ގުޅޭގޮތުން ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު މަހާސިންތާ ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށާއި އެ މައްސަލައަށް ހައްލު ހޯދަން 180 ރަށުން އިއްޔެ އެއްބަސްވެފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.

18 ޖުލައި

July 18, 2016 2
ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ރިސޯޓަށް އެވޯޑެއް

ތިމާވެށި ރައްކާތެރިކޮށް ސާފުކޮށް ބެލެހެއްޓުމަށް އެންމެ ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ ރިސޯޓަކަށް "ތްރީއާރު އެވޯޑު"ގެ ނަމުގައި މިއަހަރު އެވޯޑެއް ދޭނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

17 ޖުލައި

July 17, 2016 2
"މަހާސިންތާއިން ކުނީގެ މައްސަލައަށް ހައްލެއް ލިބޭނެ"

ކުނި މެނޭޖްކުރުމާ ބެހޭ ގޮތުން ބޭއްވި މަހާސިންތާއިން، ރަށްރަށުގައި ކުނި މެނޭޖުކުރުމުގައި ދިމާވާ މައްސަލަތަކަށް ކޮންމެވެސް ހައްލެއް ލިބޭޏެ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން...

July 17, 2016 3
ފަރަށް އެރި ދޯންޏަކުން ރަކީދޫ ފަރު ހަލާކުވަނީ

ވ. ރަކީދޫ ފުއްޓަރު ފަރާތަށް އަރާފައިވާ މުދާ އުފުލާ ދޯންޏެއްގެ ސަބަބުން އެރަށުގެ ފަރު ވަރަށް ބޮޑަށް ހަލާކުވަމުން ދާ ކަމަށް ބުނެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

30 ޖޫން

June 30, 2016 13
"ބްރިޖުގެ ހޮޅިތަކުން ފަރަށް ބޮޑު ގެއްލުމެއް ނުލިބޭނެ"

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތުގައި ބޭނުން ކުރާ ދަގަނޑު ހޮޅިތައް ފަރުމަތީގައި ބަހައްޓައިގެން ފަރަށާއި އެ ތަނުގެ ދިރުމަށް މާ ބޮޑު ގެއްލުމެއް ނުލިބޭނެ ކަމަށް އީއައިއޭ އިން ދައްކައިފި އެވެ.

08 ޖޫން

June 08, 2016 3
މަހެއް އާދަޔާ ހިލާފު ގޮތަކަށް ހައްޔަރުވެފައި

އޮސްޓްރޭލިއާގެ ފޮޓޯގްރާފަރަކު ނަގާފައިވާ މި ފޮޓޯ އަކީ ހާލަކުން ފަހަރަކު ނޫނީ އަތު ނުޖެހޭނެ މަންޒަރެކެވެ. ފޮޓޯއިން އެ ފެންނަނީ ފިރުއައުނު މުދާ ނުވަތަ ޖެލީ ފިޝްްއެއްގެ ތެރޭގައި އޮތް ކުޑަކުޑަ މަހެކެވެ. ޖެލީގަނޑެއްގެ ފަދަ މަހުގެ ބަނޑުގައި ކުޑަކުޑަ މަސް އެ އޮތީ ސަލާމަތް ވެވޭނެ ގޮތެއް ނެތި ބޭރަށް ބަލަހައްޓައިގެން ކަމަށް ބެލެވެ އެވެ.

02 ޖޫން

June 02, 2016 10
ފުނަދޫގައި އެންމަޑިއެއް ގެންގުޅުނު މައްސަލަ ހޫނުވެއްޖެ

ށ. ފުނަދޫ ބަޔަކު އެންމަޑިއެއް ހިފައިގެން، ފަޅުތެރޭގައި ހަދާފައި ހުރި ކޮއްޓަކަށް ލައިގެން ގެންގުޅުނު މައްސަލައެއް ހޫނުވެއްޖެ އެވެ.

30 މެއި

May 30, 2016 37
ބްރިޖް ހޮޅިތައް ފަރުމަތީގައި، މައްސަލަ ސީރިއަސްވެއްޖެ!

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތަށް ގެނައި ދަގަނޑު ހޮޅިތަކެއް ގުޅީފަޅު ފަރުމަތީގައި ބެހެއްޓި މައްސަލާގައި ޝަކުވާ ބޮޑުވެއްޖެ އެވެ. މި ޝަކުވާތަކާ ގުޅިގެން ކަމާގުޅޭ...

May 30, 2016
ގްރޭޓް ބެރިއާ ރީފްގެ 35 ޕަސަންޓް މަރުވެއްޖެ

ސިޑްނީ (މެއި 30) - ގާހުދުވުމުގެ ސަބަބުން އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފްގެ 35 ޕަސަންޓް މަރުވެފައިވާ ކަމަށް އެ ގައުމުގެ ސައިންސްވެރިން ބުނެފި އެވެ.

28 މެއި

May 28, 2016 6
ވެލައެއް ސަލާމަތްކުރާ ހިތްގައިމު މަންޒަރެއް

ހިމާޔަތްކޮށްފައި ވިޔަސް ވެލާ ހިފައި އޭގެ މަހާއި ބިސް ކެއުން އުފަލަކަށް ހަދައިގެން އުޅޭ މީހުން ވަރަށް ގިނަ އެވެ. މިކަމުގައި އުޅެނިކޮށް ފަޅާއަރައި އަދަބު ލިބެނީ މަދު ބަޔަކަށެވެ. އެކަމަކު ތަޣައްޔަރުވަމުންދާ ކަނޑުތަކުގައި އޮޔާދާ ކުނިބުނީގެ ތެރޭ ތާށިވެ މަރަށް ތެޅޭ ވެލާ ސަލާމަތްކުރާ ވީޑިއޯތައް އާންމުވެ އެތައް ހާސް ބައެއްގެ ތައުރީފު...

26 މެއި

May 26, 2016 18
ބޭރު ތޮއްޓަށް ބަދަލުތަކެއް: މާލެ ހިމާޔަތް ކުރެވޭނެތަ؟

މީގެ 29 އަހަރު ކުރިން މާލެ އަށް އެރި ބޮޑު ރާޅު، އޭރު މާލޭގައި އުޅުނު އެއްވެސް މީހަކު ހަނދާނެއް ނުނެތޭނެ އެވެ. ފުލުފުލުގައި މާލެ އަށް އެރި އެ ރާޅުތައް ރަށު ތެރޭގެ ބޮޑު ސަރަހައްދަކަށް ފެތުރި އެތައް ގެއަކަށް ގެއްލުން ލިބުނެވެ. އެފަދަ ކާރިސާތަކުން ސަލާމަތްވުމަށް ޖަޕާން ސަރުކާރުން މާލެ ވަށައި ލީ ކަނޑު ތޮއްޓަކީ އޭގެ ދެ ވަނައެއް ނެތް ފަދަ...

22 މެއި

May 22, 2016
ފިނި ހޫނުމިން 51 ޑިގްރީ ސެލްސިއަސް އަށް މައްޗަށް

އިންޑިއާގެ ރާޖަސްތާން ސްޓޭޓުގައި ފިނިހޫނުމިން ވަނީ 51 ޑިގްރީ ސެލްސިއަސް އަށް އަރާފައި. މީގެ ކުރިން އިންޑިއާގައި އެންމެ ހޫނުގަދަވެފައި ވަނީ 1956 ވަނަ އަަހަރު. އެ އަހަރު ހޫނުމިން...

May 22, 2016
ތޫފާން ރޯނުން ބަންގާޅުގެ ގިނަ ބަޔަކު ސަލާމަތަށް

ތޫފާން "ރޯނު" ބަންގްލަދޭޝްގެ ދެކުނުގެ ހިސާބުތަކަށް އަރާ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ. އަދި ބައި މިލިއަނެއްހާ މީހުން ވަނީ ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުވެފަ އެވެ.