ލިވަޕޫލާއި ޔުވެންޓަސް: ޔޫރޯގެ ވިދުންގަދަ ދެ ކްލަބް

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެއް ކްލަބަކުން އެންމެ ގިނަ ކުޅުންތެރިން ފެންނާނީ ލިވަޕޫލާއި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އިންނެވެ. ލިވަޕޫލާއި ޔުވެންޓަސް، ކޮންމެ ކްލަބަކުން 12 ކުޅުންތެރިން މި ފަހަރުގެ ޔޫރޯގައި ފެންނާނެ އެވެ.


ޔުވެންޓަސްގެ 12 ކުޅުންތެރިން

ސެމީ ކެޑީރާ (ޖާމަނީ)، މާރިއޯ މަންޒުކިޗް (ކްރޮއޭޝިއާ)، އަލްވާރޯ މޮރާޓާ (ސްޕެއިން)، ޖިއަންލުއިޖީ ބުފޮން (އިޓަލީ)، އަންޑްރެއާ ބަރްޒާގްލީ (އިޓަލީ)، ލިއަނާޑޯ ބޮނުޗީ (އިޓަލީ) ޖިއޮޖިއޯ ޗިއެލީނީ (އިޓަލީ)، ސްޓެފާނޯ ސްޓުރާރޯ (އިޓަލީ)، ސިމޯން ޒާޒާ (އިޓަލީ)، ޕެކްޓްރިސް އެވްރާ (ފްރާންސް)، ޕޯލް ޕޮގްބާ (ފްރާންސް)، ސްޓެފެން ލެސްޓައިނާ (ސްވިޒަލެންޑް)

ލިވަޕޫލްގެ 12 ކުޅުންތެރިން

ނެތަނިއަލް ކްލައިން (އިންގްލެންޑް)، ޖޯޑަން ހެންޑަސަން (އިންގްލެންޑް)، އެޑަމް ލަލާނާ (އިންގްލެންޑް)، ޑެނިއަލް ސްޓަރިޖް (އިންގްލެންޑް)، ޖޭމްސް މިލްނާ (އިންގްލެންޑް)، ޑެނިއަލް ވޯޑް (ވޭލްސް)، މާޓިން ސްކާޓެލް (ސްލޮވާކިއާ)، އެމްރޭ ޗޭން (ޖާމަނީ)، ސިމޮން މިންޔޮލޭ (ބެލްޖިއަމް)، ކްރިސްޓިއަން ބެންޓެކޭ (ބެލްޖިއަމް)، ޑިވޮކް އޮރީގީ (ބެލްޖިއަމް)، ޖޯ އެލަން (ވޭލްސް)

ތިން ވަނައިގައި 11 ކުޅުންތެރިންނާ އެކު ޓޮޓެންހަމް އޮތްއިރު، ހަތަރު ވަނައިގައި އޮތީ 10 ކުޅުންތެރިންނާ އެކު ބަޔާން މިއުނިކާއި މެންޗެސްޓާ ޔުނައިޓެޑެވެ. ސްޕެއިނުގެ ގަދަ ދެ ބާރު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާގެ ތެރެއިން ކޮންމެ ކްލަބަކުން ވެސް އަށް ކުޅުންތެރިއަކު މި ފަހަރު ޔޫރޯގައި ފެންނާނެ އެވެ.

އެއް ލީގަކުން ބަލާއިރު ކުޅުންތެރިން އެންމެ ގިނައީ އިނގިރޭސި ޕްރިމިއާ ލީގުންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ 103 ކުޅުންތެރިން މިފަހަރު ޔޫރޯގައި ފެންނާނެ އެވެ. ދެ ވަނައިގައި އޮތީ ޖަރުމަނު ބުންޑަސްލީގާ އެވެ. ޖަރުމަނު ލީގުގެ 57 ކުޅުންތެރިއަކު ޔޫރޯގައި ކުޅޭ ޓީމުތަކުގައި ހިމެނެ އެވެ. ތިން ވަނައިގައި 52 ކުޅުންތެރިންނާ އެކު އިޓާލިއަން ސެރިއާ އޮތްއިރު، ހަތަރު ވަނައިގައި އޮތް ތުރުކީ ލީގުގެ 36 ކުޅުންތެރިއަކު މި ފަހަރުގެ މުބާރާތުން ފެންނާނެ އެވެ. ސްޕެނިޝް ލަލީގާގެ 34 ކުޅުންތެރިއަކު ކުޅޭއިރު، ރަޝިއަން ޕްރިމިއާ ލީގުގެ 32 ކުޅުންތެރިއަކު ފެންނާނެ އެވެ.