ކްރޮއޭޝިއާ ކުޅުންތެރިން އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
08 ޖުލައި 2018 - 10:53
ސޯޗީ، ރަޝިއާ (ޖޫން 8) – ޖެހިޖެހިގެން ދެ މެޗުގައި އިތުރު ވަގުތު ކުޅެން ޖެހުނު ނަމަވެސް ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ކުޅޭނެ ހަކަތަ ޓީމުގައި ހުންނާނެ ކަމަށް ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑާލިޗް ބުނެފި އެވެ.
ޑެންމާކް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެ ކުއާޓާ އިން ޖާގަ ހޯދި ކްރޮއޭޝިއާ ރޭ ކުއާޓާގައި ރަޝިއާ އަތުން ސަލާމަތްވީ ވެސް ޕެނަލްޓީ ޖަހައިގެންނެވެ.
"ޔަގީން އަހަރެމެންގެ ޓީމުގައި ކޮންމެވެސް ވަރަކަށް ހަކަތަ އެބަހުރި އިންގްލެންޑް މެޗަށް،" ޑާލިޗް ބުންޏެވެ.
އިންގްލެންޑުން ވެސް ދެ ވަނަ ބުރުގައި ކޮލަމްބިއާއާ ވާދަކުރިއިރު ޕެނަލްޓީ ޖަހަން ޖެހުނު ނަމަވެސް ކްރޮއޭޝިއާ ވަނީ އެ ޓީމަށް ވުރެ އިތުރަށް 30 މިނެޓު ކުޅެފަ އެވެ. އަނެއްކޮޅުން ކްރޮއޭޝިއާގެ އެއް ވަނަ ގޯލްކީޕަރު ޑެނިޔެލް ސުބަސިޗަށް އަނިޔާގެ ކަންބޮޑުވުން އެބައޮތެވެ. ރޭގެ މެޗުގެ ފަހުކޮޅު ފަލަމަސްގަނޑަށް ލިބުނު އަނިޔާ އަށް ފަހު ކުޅެން ފެށުނީ ދަނޑުމަތީގައި ގިނަ އިރުތަކެއް ވަންދެއް ފަރުވާ ދިނުމަށް ފަހު އެވެ.
"މިއީ ރީތި މެޗެއް ނޫން. މިއީ ހަނގުރާމައެއް. ސެމީ ފައިނަލަށް ދިއުމަށް ހިނގި ކުރިމަތިލުމެއް. އަހަރެމެން ނަސީބު ވެސް ރަނގަޅީ،" ޑާލިޗް ބުންޏެވެ.
އިންގްލެންޑާ މެޗާ ބެހޭގޮތުން އޭނާ ބުނީ "ހުއްޓާލަން ބޭނުންނުވާ" ކަމަށާއި "އެންމެ މޮޅު ގޭމް" އެ މެޗުގައި ކުޅެވޭތޯ މަސައްކަތްކުރާނެ ކަމަށެވެ.
"އަހަރެމެންގެ އެބައޮތް ދެ މެޗު ކުޅެން. ވަރަށް ބޮޑަށް ހިތްވަރު އާވެފައި މިތިބީ. އަހަރެމެންގެ ގައިގައި ހުރި އެއްޗެއް ވިއްޔާ ދެމުން މިދަނީ. ދެން ވެސް އޮތީ ހަނގުރާމައެއް އެކަމަކު ޓީމަށް އިތުބާރު އެބައޮތް. މި ޓީމާ މެދު އަހަންނަށް ޔަގީންކަން އެބައޮތް،" އޭނާ ބުންޏެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނދު
08 July 2018
އިންގްލެންޑް އަކީ ކަޑަ ޓީމެއް!ކޮންމެ އަކަސް ކްރޮއޭޝިއާ އަށް މިއޮތީ ތަނުގެ ފުރުސަތެއް ލިބިފަ ފައިނަލަށްދާން........