ދުނިޔޭގެ ކުޅިވަރު

މެޗު މެދު ކަނޑާލައި، މުޅި ދަނޑުގެ ތަރުހީބު އެރިކްސަނަށް

އެރިކްސަނަށް ޑެންމާކުގެ ސަޕޯޓަރުން ތަރުހީބު ދެނީ. --ފޮޓޯ:އޭއެފްޕީ

ކޯޕެންހޭގަން (ޖޫން 17) - ބެލްޖިއަމްއާ ދެކޮޅަށް ޔޫރޯ 2020 ގައި ޑެންމާކް މިހާރު ކުޅެމުންދާ މެޗުގެ 10 ވަނަ މިނިޓުގައި ކުޅުން މެދު ކަނޑާލުމަށް ފަހު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަނުގެ ޝަރަފުގައި މުޅި ދަނޑުން ތަރުހީބު ދީފި އެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ ވަނީ ގްރޫޕް ބީގައި ފިންލޭންޑާ ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގެ 43 ވަނަ މިނިޓުގައި ހާޓް އެޓޭކެއް ޖެހިގެން ދަނޑު މައްޗަށް ވެއްޓިފަ އެވެ. ދަނޑުގައި ސީޕީއާރް ދިނުމަށް ފަހު އޭނާ އަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެރިކްސަންގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

އެރިކްސަނަށް ޑެންމާކުގެ ސަޕޯޓަރުން ތަރުހީބު ދެނީ. --ފޮޓޯ:އޭއެފްޕީ

ކޯޕެންހޭގަންގެ ޕާކަން ސްޓޭޑިއަމްގައި ކުޅޭ މެޗު ބަލަން ވަދެ ތިބި 25،000 ސަޕޯޓަރުން ވަނީ މެޗުގެ 10 ވަނަ މިނިޓުގައި ރެފްރީ އެއް މިނިޓަށް މެޗު ހުއްޓާލުމާ އެކު އެރިކްސަނަށް ތަރުހީބުގެ އަތްތިލަބަޑިއެއް ދީފަ އެވެ. އޭރު ޑެންމާކް އޮތީ ދެ ވަނަ މިނިޓުގައި ޖެހި ލަނޑާ އެކު 1-0 އިން ކުރީގަ އެވެ. މިއީ އެރިކްސަން ބަލިވި ފަހުން ޑެންމާކް ކުޅޭ ފުރަތަމަ މެޗެވެ.

މިރޭގެ މެޗުގެ ކުރިން އެރިކްސަންގެ ޖޯޒީ ނަމްބަރު ޖަހާފައިވާ ބޮޑު ޖޯޒީއެއް ދައްކާލަނީ. --ފޮޓޯ:އޭއެފްޕީ

އެރިކްސަނަށް ޑެންމާކުގެ ސަޕޯޓަރުން ތަރުހީބު ދެނީ. --ފޮޓޯ:އޭއެފްޕީ

1 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 20%
icon angry icon angry 7%
icon wow icon wow 7%
icon inlove icon inlove 53%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުލްކުލީ

17 June 2021

ވަރަށް ރީތި މިސާލެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454