ކުޅިވަރު / ޔޫރޯ 2020

ރެއާލް-ބާސާގެ ނުފޫޒު ސްޕޭނުން ކަނޑުވާލައިފި

ްޕެއިންގެ ކޯޗް ލުއިސް އެންރީކޭ --- ފޮޓޯ: އޭއެފްޕީ

ސެވިއްޔާ (ޖޫން 19) - ރެއާލް މެޑްރިޑާ އެކު ލަ ލީގާގެ ޗެމްޕިއަންކަން ކުޅުންތެރިޔެއްގެ ގޮތުގައި ފަސް ފަހަރު ހޯދި އަދި ކޯޗެއްގެ ގޮތުގައި 2000 އަދި 2002 ގެ ޗެމްޕިއަންސް ލީގު ހޯދި ވިންސެންޓޭ ޑެލް ބޮޮސްކޭގެ ކޯޗު ކަމުގެ ދަށުން ޔޫރޯ 2012 ގެ ފައިނަލު މެޗުގައި އިޓަލީއާ ދެކޮޅަށް ނެރުނު ސްޕެއިންގެ ފުރަތަމަ 11 ގައި ހިމެނުނު 10 ކުޅުންތެރިންނަކީ، "އެލް ކްލެސިކޯ" ނަމުން ދެ ޓީމުގެ ކުރިމަތިލުން މަޝްހޫރު ވެފައިވާ ރެއާލް އާއި އެފްސީ ބާސެލޯނާގެ ކުޅުންތެރިންނެވެ. "ކްލެސިކޯ" ގެ ޓީމުގައި ނުހިމެނޭ ކުޅުންތެރިޔަކަށް ފުރަތަމަ 11 އިން ޖާގަ ލިބުނީ ޗެލްސީ އަށް އޭރު ކުޅެމުން ދިޔަ ހުއާން މާޓާ އަށެވެ.

ސްޕެއިންގެ ރަން ޒަމާނުގެ ގޮތުގައި 2008 އިން 2012 އަށް މަޝްހޫރުވި ފަސް އަހަރު ތެރޭ ސްޕެއިންގެ ގައުމީ ޓީމުގައި އެންމެ ނުފޫޒު ގަދައީ ރެއާލް އާއި ބާސާ އެވެ. އެތުލެޓިކޯ މެޑްރިޑްގެ ކުރީގެ ކޯޗް ލުއިސް އަރަގޮނޭޒް ސްޕެއިންގެ ގައުމީ ޓީމާ ހަވާލުވެ، އޭނާ ވަނީ އޭރު ގައުމީ ޓީމުގެ ސީނިއާ ކުޅުންތެރިންގެ ގޮތުގައި ތިބި ރެއާލްގެ ކުޅުންތެރިން ކަމަށްވާ، ރައުލް ގޮންޒާލޭޒް އާއި ފެނާންޑޯ އިއޭރޯ ގައުމީ ޓީމުން ބާކީ ކޮށްފަ އެވެ. ޓީމު އެޓޭކްގައި އޭނާ ފުރުސަތު ދިނީ ބާސާގެ އަންޑޭރެސް އިނިއެސްޓާ އާއި ސެސް ފެބްރިގާސް މެން ފަދަ ކުޅުންތެރިންނަށެވެ.

ޔޫރޯ 2008 ގެ މުބާރާތާ ސްޕެއިން ކުރިމަތިލިރު، ގައުމީ ޓީމުގެ ތެރޭގައިި އޮތް ރެއާލް-ބާސާގެ ވާދަވެރިކަން ކޮންޓްރޯލް ކުރުމަށް އަރަގޮނޭޒް ވަނީ ފިޔަވަޅުތައް އަޅައިފަ އެވެ. އެ ފިޔަވަޅުތައް މަތީ ބިނާ ކުރި ޓީމުން އެ އަހަރުގެ ޔޫރޯގެ ޗެމްޕިއަންކަން ހޯދި އެވެ.

ސްޕެއިންގެ ކުޅުންތެރިން ޕްރެކްޓިިހުގައި --- ފޮޓޯ: އޭއެފްޕީ

ރެއާލް މެޑްރިޑާއި ބާސެލޯނާ އަށް ވެސް ކުޅުނު ސްޕެއިންގެ މިހާރުގެ ކޯޗު، ލުއިސް އެންރީކޭ މަޝްހޫރު ވެފައި ވަނީ ބާސާގެ މީހެއްގެ ގޮތުގަ އެވެ. ބާސާގެ ތާރީހްގައި އެ ޓީމަށް ކޯޗްކޮށްދިން އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައި އެންރީކޭ ހިމެނޭނެ އެވެ. ގައުމީ ޓީމުގެ ކޯޗުކަމާ 2018 ގައި އޭނާ ހަވާލުވިއިރު އެލް ކްލެސިކޯގެ ދެ ޓީމުގެ ތެރެއިން އެންމެ ގިނަ ކުޅުންތެރިން ތިބީ ރެއާލް މެޑްރިޑުގަ އެވެ. ރަޝިއާގައި އެ އަހަރު ބޭއްވި ވޯލްޑް ކަޕަށް އެކުލަވާލި ސްޕެއިންގެ ސްކޮޑްގައި ރެއާލްގެ ހަތް ކުޅުންތެރިން ތިއްބެވެ. ބާސާގެ ކުޅުންތެރިންގެ ތެރެއިން ތިބީ ހަތަރު ކުޅުންތެރިންނެވެ.

ބާސާގެ ކުރީގެ ކެޕްޓަން އިނިއެސްޓާ އާއި ވައިސް ކެޕްޓަން ޖެރާޑް ޕީކޭ 2018 ގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލި އެވެ. އެންރީކޭ ހަވާލުވެ، ބާސާ އާއި ރެއާލްގެ މައްޗަށް ގައުމީ ޓީމު ބަރާސޯވުން ހުއްޓުވުމުގެ މަސައްކަތް ފެށި އެވެ. އޭނާ އިސްކަންދޭން ފެށީ ގައުމުން ބޭރުގައި ކުޅޭ ކުޅުންތެރިންނަށާއި ސްޕެއިންގެ އެހެން ކްލަބުތަކުގައި ކުޅޭ ކުޅުންތެރިންނަށެވެ.

އެންރީކޭ ސްޕެއިންގެ ޕްރެކްޓިހުގައި --- ފޮޓޯ: އޭއެފްޕީ

ޔޫރޯއަށް އެކުލަވާލި ސްކޮޑުން، ރެއާލްގެ އެއްވެސް ކުޅުންތެރިޔަކަށް އޭނާ ފުރުސަތެއް ނުދެ އެވެ. ބާސާގެ ތިން ކުޅުންތެރިންނަށް ފުރުސަތު ދިނެވެ. މިހާރު ސްޕެއިންގެ ސްކޮޑް ބިނާވެފައި ވަނީ ސްޕެއިންގެ މެދުފަންތީގެ ކްލަބުތަކުގެ މައްޗަށެވެ. މިއީ މިދިޔަ 14 އަހަރު ތެރޭ އެލް ކްލެސިކޯގެ ދެ ޓީމު އެކުގައި ހިއްސާއެއް ނެތި ގައުމީ ޓީމު އެކުލަވާލި ފުރަތަމަ ފަހަރެވެ.

ރެއާލް އާއި ބާސާގެ މައްޗަށް ބަރޯސާވުން ހުއްޓާލައި ސްޕެއިންގެ މެދުފަންތީގެ ކްލަބުތަކަށް ބަރާސާ ވާން ފެށުމުން އެ ޓީމަށް މިހާރު ކުރިމަތި ވަނީ އެހެން މައްސަލަ އެކެވެ. އިދިކޮޅު ޓީމުގެ ޑިފެންސްގެ ތަޅު ހުޅުވުމައިގައި އެ ޓީމަށް ކާމިޔާބެއް ނުހޯދެވެ. ރެކޯޑް މިންވަރަކަށް ޕާސް އުފެއްދިޔަސް އިދިކޮޅު ޓީމުގެ ޑިފެންސް ހުޅުވާނެ ކުޅުންތެރިޔެއް ނެތެވެ.

ސްވިޑެންއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުގައި ވެސް ސްޕެއިންގެ ޓީމަށް ކުރިމަތިވީ އެ މައްސަލަ އެވެ. ބޯޅަ ޕާސްކޮށްކޮށްކޮށް ތިބިއިރުވެސް ހަމަހިލާ ގޯލްގެ އެތެރެއަށް ބޯޅަ ވައްދާލެވޭ ގޮތެއް ނުވި އެވެ. އެ ޓީމު މިއަދު ޕޮލެންޑާ ދެކޮޅަށް ކުޅޭ މެޗުގައި އެ މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ މުބާރާތުގައި ކުރިއަށްދާން ސްޕޭންގެ ޓީމަށް އުނދަގޫ ވާނެ އެވެ.

3 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 43%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕެރޭޒް

21 June 2021

ރެއާލް-ބާސާގެ ނުފޫޒު ސްޕޭނުން ކަނޑުވާލި ހިނދު ސްޕޭނުގެ ނުފޫޒު ޔޫރަޕުން ވެސް ކަނޑުވާލައިފިއެވެ.

The name is already taken The name is available. Register?

ހާމަ333

20 June 2021

ރެއާލް ބާސާ ނުލައި ސްޕެއިންދާނީ ޗޮކުން...ބޮޑު ލަދަކާއެކީ މުބާރާތުގެ ގްރޫޕްސްޓޭޖުން ކަޓާނެ...އެންރީކޭ ކޯޗުކަމުންވެސް ވަކިކުރާނެ މިފަހަރު

The name is already taken The name is available. Register?

ރޯޒަސް

19 June 2021

ހެ ހެ. ތިވެސް މިވާހަކަ ދެއްކިދާނެ ގޮތެއް! މީ ކީ ކޮންމެހެން ލުއިސް އެންރީކޭ ރެއާލާއި ބާސާގެ ނުފޫޒު ކަނޑުވަން ރާވައިގެން ކުރާކަމެއް ނޫން. ޓީމައް އެއިރަކު ނަގަނީ އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިން. މިސީޒަންގައި ބާސާވެސް ރެއަލްވެސް ފެނުނީ ބަލިކަށިކޮށް. އަދި މިދެ ޓީމުގައިވެސް މިހާރު ބޭރު ކުޅުންތެރިން ގިނަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454