ޚަބަރު / ސާފް ޗެމްޕިއަންޝިޕް

ރާއްޖޭ މެޗަށް ޓިކެޓް ނުލިބުމުން ގަދަކަމުން ދަނޑަށް ވަދެގެންފި

ޓިކެޓް ވިއްކަން ފެށުމުގެ ކުރިން ގިނަ ބަޔަކު ގޮސް ކިއޫގައި ތިބި. ޓިކެޓް ކައުންޓަރު ބަންދުކުރުމާ އެކު ބަޔަކު ރުޅިގަދަވެ ދަނޑަށް ވަދެގަނެ ނުރުހުން ފާޅުކުރި

ޓިކެޓް ގަންނަން ދިޔަ ބައެއް މީހުންނަށް ޓިކެޓް ނުލިބުމުން ހިތްހަމަނުޖެހުން ފާޅުކުރުމަށް ފަހު ދަނޑަށް ވަދެފައި. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ސްރީ ލަންކާ މާދަމާ ކުޅޭ މެޗުގެ ޓިކެޓް ހުސްވުމުން ޓިކެޓު ގަންނަން ދިޔަ ބައެއް މީހުން ރުޅިގަދަވެ ގަލޮޅު ދަނޑަށް ވަދެގެންފި އެވެ.

މާދަމާ ހަވީރު 4:00 ގައި އޮންނަ މެޗުގެ ޓިކެޓު މިއަދު ވިއްކަން ފެށުމާ އެކު ހެނދުނު ގޮސް ގިނަ ބަޔަކު ކިއުގައި މަޑު ކުރި އެވެ. ގަލޮޅު ދަނޑުގެ މައި ގޭޓާ ހިސާބުން ބަނަފްސާ މަގުގެ ކޮޅާ ޖެހެންދެން ކިއޫ ދަމާލާފައި އޮތެވެ.

އެކަމަކު، ޓިކެޓު ހުސްވެ، ޓިކެޓު ކައުންޓަރު ބަންދުކުރުމުން، ޓިކެޓު ގަންނަން ގޮސް ތިބި ދިވެހީން ވަނީ ނުރުހުން ފާޅުކޮށް ޓިކެޓު ކައުންޓަރު ކައިރިއަށް އެއްވެފަ އެވެ. އެތަނުން ބައެއް މީހުން ވަނީ ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ސިޑިބަރިތަކަށް އަރައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާއަށް ވެސް ގޮވައިފަ އެވެ. ޓިކެޓް ވިއްކާ ތަނުގައި ފުލުހުން ތިބި ނަމަވެސް މީހުން ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވި އެވެ.

ރާއްޖެ-ލަންކާ މެޗުގެ ޓިކެޓު ހުސްވުމުން ނުރުހުން ފާޅުކޮށް ދަނޑު ކައިރީގައި ބަޔަކު އިށީނދެގެން -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ޓިކެޓް ނުލިބިގެން ހިތްހަމަނުޖެހުނު މީހުން ދަނޑު ކައިރީ މަގުމަތީ އިށީނދެ ތިބެގެން ވެސް ނުރުހުން ފާޅުކުރަމުން ދިޔަ އެވެ.

އެނގިފައިވާ ގޮތުގައި ޓިކެޓު ގަންނަން ދިޔަ މީހުން ހޫނުވީ، ޓިކެޓު ކައުންޓަރު ބަންދު ކުރުމުންނެވެ. އެތަނުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ކިއުގައި ތިބި މީހުންގެ ތެރެއިން ޓިކެޓު ލިބުނީ ވަރަށް މަދު ބަޔަކަށެވެ.

ރާއްޖެ-ލަންކާ މެޗުގެ ޓިކެޓު ގަންނަން ގިނަ ބަޔަކު ދަނޑު ކައިރީގައި ކިއު ހަދާފައި. -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ނަމަވެސް، ޓިކެޓު ހުސްވި ކަމެއް ނުވަތަ ނުވާ ކަމެއް ރަސްމީކޮށް އެފްއޭއެމްގެ ފަރާތުން އަދި ކަށަވަރެއް ނުވެ އެވެ.

ރާއްޖެ އާއި ބަންގްލަދޭޝްގެ ކުޅުނު މެޗަށް ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ވިއްކި ޓިކެޓުތައް ހުސްވުމުން ވެސް މީގެ ކުރިން މައްސަލަ ހޫނުވެފައިވެ އެވެ. ބަންގްލަދޭޝްގެ ސަޕޯޓަރުންނަށް ޓިކެޓު ވިއްކީ އަވޭ ސަޕޯޓަރުންނަށް ޓިކެޓު ވިއްކާ އާންމު އުސޫލުގެ ދަށުން 200 ޓިކެޓެވެ.

53 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 13%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާމާނުބެ

12 October 2021

މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންނާއި މިބާވަތުގެ މީސްމީހުންގެ ޢާއިލާ އަށް ޓިކެޓް ރިޒާވް ކޮށްފައި ބަހައްޓާ. ޢަންމު މީހުން މެޗް ބަލާނެ ކަމެއް ނެތް.

The name is already taken The name is available. Register?

ޖުލައި

10 October 2021

ދެން ޓީވީ އިން ބެލިޔަސް ހަމަ ވާނީ ރަނގަޅޭ. ކިހިނެތް ވެގެން ތަ ބައެއް މީހުން މި އުޅެނީ. ހުރިހާ ކަމެއްގަ އޯވާ ނުވެބަލަ.

The name is already taken The name is available. Register?

ސަމަރޭ

10 October 2021

ދަނޑަށް ފުލްކޮށް ވަދެވޭނެ ވަރެއް އިއުލާން ކޮށްފަ މެޗު ފެށެން 5 ދަޑިއިރަށް ވީމަ ދަނޑުގެ ކައުންޓަރު ހުޅުވާފަ އަނަްނަ މީހުނަށް ދަނޑަށް ވަދެވޭނެހެން ޓިކެޓް ވިއްކަބަލަ. އޭރުން ދަނޑު ފުރެންދެން އަންނަ ބަޔަކު ވަންނާނެ.. ދެން އަނެއްކާ ނުޖެހޭނެ ކޮންމެވެސް ވީއަޕީއޭ ކިޔާފަ 3000 ޓިކެޓު ހިފަހައްޓައިގެން ތިބޭކަށް.. މީކީ އިނގިރޭސިވިލާތެއްނޫން ނެތް ފެންވަރު ދައްކާފަ އިއްޒަތްލިބިގަނެގެން އުޅޭ މީހުނަށް ހުރިހާ މޮޅެއް ހޯދަދޭކަށް.. ދިވެހި ސަޕޯޓަރުންގެ އެހީ ބޭނުމިއްޔާ ސަޕޯޓަރުންނަށް ދަނޑަށް ފަސޭހަކަމާއެކު ވަދެވޭނެ އިންތިޒާމް ހަމަޖައްސާ.. ނޫނީ ތިކަން ހުއްޓާލާ...

The name is already taken The name is available. Register?

ޢަރުތަ

10 October 2021

މެޗްބަލަން ވަންނަން ބޭނުންވާ ފަސްހާސް އާއްމުންނަށް ޓިކެޓް ލިބުނިއްޔާ ވާނެބާ!

The name is already taken The name is available. Register?

ރަތްބެ

09 October 2021

މީ ..... ދިވެހިންނޭ...... ކޮންމެ ކަމެއްގަވެސް އޮޅުވާލުމާ ކޮރަޕްޝަނާ، ވައްކަން ނޫންކަމެއްނުކުރާނެ. ބޮޑުއަގުގަ ވިއްކަން ޓިކެޓްކޮޅު ކައްވާލީ ނޫންބާ.

The name is already taken The name is available. Register?

ލަމަޓާ

09 October 2021

ދަނޑަށް ނުވަދެ ގޭގަ މެޗު ބަލަން ޖެހުނަސް އެކަކުވެސް ބްލެކް މާކެޓުން އަގު ބޮޑު ޓިކެޓް ގަންނާނެ ކަމެއް ނެތް. އޭރަށް ތިބޭނެ ޓިކެޓް ބޮނޑި ހިފައިގެން ގެއްލުން ވެފަ ރޯން. ދިވެހިން ވާ ގޮތަކީ ކުލި ދައްކާނެ ލާރި ނެތަސް، ކައްކައި ކާނެ ލާރި ނެތަސް 700 ރުފިޔާ ދީފަ ބެނުންވީމަ ހަަމަ ގަންނާނެ ޓިކެޓް ދަނޑަށްވަންނަންކިތައްމެ އަގުބޮޑަސް. ޓީވިދޮށުގަ ގްރޫޕް ހަދާލާފަ ކެއުން ގަނޑަކާ އެކީ ބެލިޔަސް އޯކޭ ވާނެ ބައެއް ފަހަރު.

The name is already taken The name is available. Register?

ޝޯމޭން

09 October 2021

ޓިކެޓު ވިއްކަބަލަ އޮންލައިންކޮށް އައިޑެންޓިފިކޭޝަނަކަށް އެއް ޓިކެޓު ކިއުއާރު ކޯޑު ނޫނީ ބާކޯޑުލާފަ. ދެން އެންޓްރެންސްގަ އައިޑެންޓިފިކޭޝަން ދިމާވޭތޯ ބަލާފަ ވައްދަބަލަ. އޭރުން މީހަކަށް 5 ޓިކެޓުވެސް ވިއްކާކަށް ނުޖެހޭނެ. ދަނޑަށް ވަންނާނީވެސް ޓިކެޓު ގަތްމީހާ.

The name is already taken The name is available. Register?

ބަކަބީ

10 October 2021

ބަލަގަ އޮންލައިން ކޮށް ޓިކެޓްގަންނަން ނޭގޭމީހުންވެސް އުޅޭ. ދެނޯ؟

The name is already taken The name is available. Register?

އިސްތިއުފާ

09 October 2021

5،000 ޓިކެޓް ވިއްކިޔަސް، މިވާގޮތަކީ އަގުހެޔޮކޮށް ވިއްކާ ޓިކެޓްތައް މިގަންނަނީ 500 ޓިކެޓް އެއްފަހަރާ ގަނެފަ މިވިއްކަނީ 1،000 ރުފިޔާއަށް ޓިކެޓެއް، ދެން ފަހުވަގުތު ޓިކެޓް ނުލިބުނީމަ ދިވެހިންނަށް ނޯވޭ އިތުރު ގޮތެއް އަގުބޮޑުކޮށް ޓިކެޓް ގަތުން ނޫން. ދިވެހިންގެ ތެރެއިން މަދުބަޔަކު މިބޭނުންވަނީ ކުއްލިއަކަށް މުއްސަނދި ވާން. އެފް.އޭ.އެމްއިން މީހަކަށް އެއް ޓިކެޓްގެ އުޞޫލުންނެއް ނޫން ވިއްކަނީ. އެފް. އޭ.އެމް މީ ފެއިލްވެފަ އޮތް ތަނެއް.

The name is already taken The name is available. Register?

އުދުހޭ

09 October 2021

ސަރުކާރު އޮފީސްތަކަށް ހާއްސަ ޓިކެޓް (ޔައުނީ ސިޔާސީ ޓިކެޓް) ނެގުމަށްފަހު ބާކީ އެއްޗެއް އޮތިއްޔާ ރައްޔިތުންނަށް. ދެން މީހުން ވަދެގަތީމާ އެމީހުން ކުށްވެރި ކުރެވޭނެތަ؟

The name is already taken The name is available. Register?

ވަކަޖެމް

10 October 2021

ކީއްވެ ނުވާންވީ؟ ދެގޯހުން ރަގަޅެއް ހަމަވޭތަ؟

The name is already taken The name is available. Register?

ފަހުދު

09 October 2021

ބަންގްލަދޭޝް މީހުންނައް ޓިކެޓު ނުވިއްކުމުން އެކަން އޯކޭވި މީހުން އޭގެ ދެދުވަހެއް ފަހުން ޓިކެޓް ނުލިބިގެން ތެޅިފޮޅެނީ. މި ދުނިޔެއަކީ ވިސްނައިފި މީހަކައް އިބުރަތުން ފުރިގެން ވާ ތަނެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454