18 ނޮވެމްބަރ

November 18, 2019 25
އަދީބާ ބެހޭ ގޮތުން ނާޒިމް ހެދީ ދޮގު: އާއިލާ

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތް ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓަށް، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ދެއްވި ބަޔާނުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ބެހޭ ގޮތުން...

17 ނޮވެމްބަރ

November 17, 2019 37
"ބޮން ހަރުކޮށްގެން ނަޝީދު ގޮއްވާލަން އަދީބު އުޅުނު"

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނެވި އުޅަނދެއްގައި ބޮމެއް ގޮއްވާލަން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އުޅުއްވި ކަމަށް، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓުން ހާމަވެއްޖެ އެވެ.

02 އޮކްޓޯބަރ

October 02, 2019 9
ދެ ފުލުހުން ވަކިކުރީ ފައިސާ ނެގި މައްސަލައެއްގައި

ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާ ގުޅޭ ގޮތުން މަރު ކޮމިޝަނުގެ ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކެއް ކުރި ދެ ފުލުހުން ވަޒީފާ އިން ވަކިކުރީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަތުން ފައިސާތަކެއް ލިބުނު މައްސަލައެއްގައި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

18 ސެޕްޓެމްބަރ

September 18, 2019 6
ފިލި މައްސަލާގައި އަދީބަށް މާދަމާ ހުކުމް ކުރަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވައިގެން ރާއްޖޭން ބޭޭރަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވި މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް މާދަމާ އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

17 ސެޕްޓެމްބަރ

September 17, 2019 13
އަދީބު ދައުވާއަށް އެއްބަސްވުމުން މައްސަލަ ނިންމަނީ

ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ފުރުން މަނާ ކޮށްފައި ވަނިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން މަސައްކަތްކުރެއްވި...

September 17, 2019 7
އަދީބު ފިލި މައްސަލައިގެ ޝަރީއަތް މިއަދު ފަށަނީ

ސުޕްރީމް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޓަގެއްގައި ރާއްޖެ އިން ފިއްލަވަން އުޅުއްވި މައްސަލައިގައި އުފުލާފައިވާ ދައުވާގެ...

18 އޯގަސްޓް

August 18, 2019 13
އަދީބު ފިއްލެވި ޓަގުގެ ކައްޕި ފުރުން މަނާކޮށްފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިއްލެވި ޓަގުގެ ކައްޕި ރާއްޖެ އިން ފުރުން މަނާކޮށްފި އެވެ.

08 އޯގަސްޓް

August 08, 2019 7
އަދީބު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

06 އޯގަސްޓް

August 06, 2019 8
ޝަރީއަތް ނިމެންދެން އަދީބު ބަންދުކުރަން އަލުން އެދެފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލާގެ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން ދައުލަތުން އަނެއްކާވެސް ސުޕްރީމް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

05 އޯގަސްޓް

August 05, 2019 12
އަދީބު މިނިވަންވި ފަހުން ބަންދު އަމުރަކަށް ނޭދޭ: ކޯޓް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދީފައި ނުވަނީ ކުރިން އޭނާ ހުކުމެއްގައި ހުންނެވުމުން ކަމަށާއި އެކަމަކު އޭނާ މިނިވަންވި ފަހުން އެފަދަ...

August 05, 2019 6
އަދީބާ ދެކޮޅަށް އިސްތިއުނާފްކުރި މައްސަލަ މާދަމާ ފަށަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކުރި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން...

04 އޯގަސްޓް

August 04, 2019 29
އަދީބު ޓަގަށް އަރާވަޑައިގަތީ ކިހިނެއް؟

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓަގަަކަށް ރާއްޖެ އިން ސިއްރުން ފުރާވަޑައިގެން ދިއުމަކީ އެހާ ފަސޭހައިން ކުރެވިދާނެ ކަމެއް ހެއްޔެވެ؟ މިއީ ވަރަށް ގިނަ ބަޔަކު ކުރާ ސުވާލެކެވެ. މާލޭ ބަނދަރުގައި އޮތް ޓަގަކަށް އަރައިގެން، ނުވަތަ ކަނޑުމަތިން އޭތި ހުއްޓުވައިގެން، ނުވަތަ އެޖެންޓަށް ނޭނގި، ނުވަތަ އޭގެ ކެޕްޓަނަށް ނަމަވެސް ނޭނގި...

03 އޯގަސްޓް

August 03, 2019 5
އަދީބު ދިރިއުޅުއްވާ ގެ ފުލުހުން ފާސްކުރަނީ

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގު ބޯޓެއްގައި ރާއްޖެ އިން ފިއްލަވައިގެން އުޅުއްވަނިކޮށް ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދިރިއުޅުއްވާ ގެ ފުލުހުން ފާސްކުރަމުން އެބަދެ އެވެ.

02 އޯގަސްޓް

August 02, 2019 64
އަދީބު އަދިވެސް ޓަގް ބޯޓްގައި

އިންޑިއާ އަށް ދިޔަ ޓަގް ބޯޓެއްގައި ފިއްލަވަން މަސައްކަތްޕުޅު ކުރެއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދިވެސް ހުންނެވީ އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުގައި އެ ބޯޓުގައިކަން...

August 02, 2019 58
އަދީބު ބޯޓަށް އެރި ގޮތެއް ނޭނގެ: އެޖެންޓް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވައިގެން އިއްޔެ އިންޑިއާ އަށް ދިއުމަށް ޓަގު ބޯޓުގައި ފުރާވަޑައިގަތްކަން ކުރިން އެނގިފައިނުވާ ކަމަށް އެ ޓަގް ބޯޓް ރާއްޖެ ގެނައި އެޖެންޓް...

01 އޯގަސްޓް

August 01, 2019 59
އިންޑިއާގެ ހިމާޔަތަށް އަދީބު އެދިއްޖެ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިންޑިއާގެ ހިމާޔަތަށް އެދިފައިވާ ކަމަށް އޭނާގެ ބައިނަލްއަގްވާމީ ވަކީލުން މިރޭ ބުނެފި އެވެ.

12 ޖޫން

June 12, 2019 39
އަދީބަށް ނުފިލޭނެ ކަން ކަށަވަރު: އިމްރާން

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް އިއްވި ހުކުމްތަކުން، ކޯޓުތައް މެދުވެރިވެ އޭނާ މިނިވަން ވުމުގައި ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގެ އިހުމާލެއް ނެތް ކަމަށާއި ބޭސްފަރުވާ އަށް ބޭރަށް ފޮނުވަނީ ނުފިއްލެވޭނެ ކަމުގެ ކަށަވަރު ކަމާ އެކުގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

June 12, 2019 40
އަދީބު ފުރާނީ ކަރެކްޝަންސާއި ފުލުހުންގެ އޮފިސަރުންނާއެކު

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ އޮފިސަރުންނާ އެކު ކަމަށް ހޯމް...

June 12, 2019 38
އަދީބު ފޮނުވަނީ ފަރުވާދޭނެ އިތުރު ގޮތެއް ނުފެނިގެން

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވަން ނިންމީ އެމަނިކުފާނުގެ ބަލިހާލަތު ހުރި ގޮތުން ރާއްޖޭގައި ފަރުވާދެވޭނެ އިތުރު ގޮތެއް ނެތިގެން ކަމަށް ހޯމް...

09 ޖޫން

June 09, 2019 14
އަދީބާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޚިޔާނާތުގެ ކުށުގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ އިސްތިއުނާފް ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

01 ޖޫން

June 01, 2019 14
އަދީބުގެ ދެ މައްސަލައެއް ނުބަލާ އަނބުރާ ޕީޖީ އަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދެ މައްސަލައެއްގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން ކްރިމިނަލް ކޯޓަށް ފޮނުވުމާ އެކު، އެ ދެ މައްސަލަ ނުބަލައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބުދަ ދުވަހު ނިންމައިފި އެވެ.

30 މެއި

May 30, 2019 130
އަދީބަށް ކުރި ހުރިހާ ހުކުމަކުން ސަލާމަތްވެއްޖެ

ޚިޔާނާތުގެ ކުށުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ވެސް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. އެއާ އެކު އަދީބަށް ކުރި ހުރިހާ ހުކުމަކުން އޭނާ ވަނީ ސަލާމަތްވެ ވަޑައިގެންފަ އެވެ.

25 އެޕްރީލް

April 25, 2019 35
ޔާމީނާ ދެކޮޅަށް ހެކިންނަށް އަދީބާއި ޒަމީރު ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސާއި ނައިބު ރައީސް ދައުލަތުން ހުށަހަޅައިފި އެވެ.

28 ޖެނުއަރީ

January 28, 2019 68
އަދީބު ގޭބަންދަށް ބަދަލުކުރަން ހައި ކޯޓުން އަމުރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާގެ މައްސަލާގައި ހައި ކޯޓުން ވަކި ގޮތެއް ނިމެންދެން އަދީބު ގޭ ބަންދަށް ބަދަލުކުރަން ހައި ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

January 28, 2019 71
ބަރު ހިތެއް ނެތް، އެންމެންނަށް މާފުކޮށްފިން: ނާޒިމް

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށުގައި ތިން އަހަރަށް ވުރެ ގިނަ ދުވަހު ނުހައްގުން ޖަލުގައި އޮންނަން ޖެހި އަނިޔާތަކެއް ލިބިވަޑައިގަތަސް، އެއްވެސް މީހަކާ ދޭތެރޭގައި ބަރު...