09 ޖޫން

June 09, 2019 14
އަދީބާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޚިޔާނާތުގެ ކުށުގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ އިސްތިއުނާފް ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

01 ޖޫން

June 01, 2019 14
އަދީބުގެ ދެ މައްސަލައެއް ނުބަލާ އަނބުރާ ޕީޖީ އަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދެ މައްސަލައެއްގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން ކްރިމިނަލް ކޯޓަށް ފޮނުވުމާ އެކު، އެ ދެ މައްސަލަ ނުބަލައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބުދަ ދުވަހު ނިންމައިފި އެވެ.

30 މެއި

May 30, 2019 130
އަދީބަށް ކުރި ހުރިހާ ހުކުމަކުން ސަލާމަތްވެއްޖެ

ޚިޔާނާތުގެ ކުށުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ވެސް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. އެއާ އެކު އަދީބަށް ކުރި ހުރިހާ ހުކުމަކުން އޭނާ ވަނީ ސަލާމަތްވެ ވަޑައިގެންފަ އެވެ.

25 އެޕްރީލް

April 25, 2019 35
ޔާމީނާ ދެކޮޅަށް ހެކިންނަށް އަދީބާއި ޒަމީރު ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސާއި ނައިބު ރައީސް ދައުލަތުން ހުށަހަޅައިފި އެވެ.

28 ޖެނުއަރީ

January 28, 2019 68
އަދީބު ގޭބަންދަށް ބަދަލުކުރަން ހައި ކޯޓުން އަމުރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާގެ މައްސަލާގައި ހައި ކޯޓުން ވަކި ގޮތެއް ނިމެންދެން އަދީބު ގޭ ބަންދަށް ބަދަލުކުރަން ހައި ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

January 28, 2019 71
ބަރު ހިތެއް ނެތް، އެންމެންނަށް މާފުކޮށްފިން: ނާޒިމް

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށުގައި ތިން އަހަރަށް ވުރެ ގިނަ ދުވަހު ނުހައްގުން ޖަލުގައި އޮންނަން ޖެހި އަނިޔާތަކެއް ލިބިވަޑައިގަތަސް، އެއްވެސް މީހަކާ ދޭތެރޭގައި ބަރު...

21 ޖެނުއަރީ

January 21, 2019 10
ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލަ އަލުން ބަލަން ފުލުހުން ނިންމައިފި އެވެ.

08 ޖެނުއަރީ

January 08, 2019 8
އަދީބުގެ ކުރީގެ ދެ ބޮޑީގާޑުން ގޭ ބަންދަށް ބަދަލުކޮށްފި

ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލާގައި ޖަލަށްލި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ކުރީގެ ދެ ބޮޑީގާޑުން ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

09 ޑިސެމްބަރ

December 09, 2018 70
އަދީބު ގޭގައި، ސިޔާސީ މަސައްކަތުގައި!

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޒަމާންވީ އެކުވެރިޔާ، އިސްމާއިލް އާސިފް، އަލަށް އުފައްދަން މަސައްކަތްކުރައްވާ "މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް" ޕާޓީއަށް ފުރަތަމަ ސޮއިކުރެއްވީ އަދީބެވެ. އެ ޕާޓީއަށް 3،000 މީހުން ހަމަކުރުމުގެ ހުއްދަ ދިނުމުން އެކަން ކުރުމަށް އިސްކޮށް އުޅެނީ...

21 ނޮވެމްބަރ

November 21, 2018 17
"ސްނައިޕަރު"ގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލުމުގެ އޮޕަރޭޝަނެއް ހިންގަން ރާއްޖެ އައި ކަމަށް ބުނެ ޖަލަށް ލާފައި ހުރި ސްރީ ލަންކާގެ "ސްނައިޕަރު" ލަހިރު މަޑިޝަންކަރުގެ މައްސަލަ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

21 ސެޕްޓެމްބަރ

September 21, 2018 3
ވަކީލް ސިރާޖްގެ ބަންދަށް ހަ ދުވަސް އިތުރުކޮށްފި

ކުރީގެ ރައީސް ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލް މޫސާ ސިރާޖް ހަ ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

11 ޖޫން

June 11, 2018 12
ޖަލު ހުކުމް ތަންފީޒުކޮށް ނިމި ފަޔާޒް މިނިވަންވެއްޖެ

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގޮއްވާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިކަމުގެ ކުށުގައި ދެ އަހަރަށް ޖަލަށް ލި ސިފައިންގެ އޭރުގެ ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) ހުކުމް ތަންފީޒުކޮށް ނިމި، މިއަދު މިނިވަން ވެއްޖެ އެވެ.

02 ފެބުރުއަރީ

February 02, 2018 8
އަދީބުގެ ކުރީގެ ބޮޑީގާޑު އާމިރު މިނިވަންކުރަން އެދެފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އެކު ޖަލަށްލި އޭނާގެ ކުރީގެ ބޮޑީގާޑު އަހުމަދު އާމިރު މިނިވަންކޮށް ދިނުމަށް އެދި ހެބިއަސް ކޯޕަސްގެ މައްސަލައެއް ކްރިމިނަލް ކޯޓަށް މިރޭ ހުށަހަޅައިފި އެވެ.

30 ޖެނުއަރީ

January 30, 2018 3
އަދީބަށް ކުރާ ދެ ދައުވާގެ ޝަރީއަތް ސިއްރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ސިއްރުކޮށްފި އެވެ.

29 ޖެނުއަރީ

January 29, 2018 1
އަދީބަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތް މާދަމާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

10 ޖެނުއަރީ

January 10, 2018 22
ބޭސްފަރުވާ ލިބުމަކީ ހައްގެއް، ހުރަސް އަޅައިގެން ނުވާނެ

އެކަށީގެންވާ ބޭސް ފަރުވާ ލިބުމަކީ ކޮންމެ މީހަކަށް ވެސް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިންސާނީ އަސާސީ ހައްގެކެވެ. ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުން ދިޔަޔަސް އެ ހައްގު ކަށަވަރުކޮށްދެ އެވެ. ސާބިތުވެފައިވަނީ ކިތަންމެ ބޮޑު ކުށެއް ކަމުގައި ވިޔަސް، އެ މީހަކަށް އެކަށީގެންވާ ބޭސް ފަރުވާ ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ....

05 ޖެނުއަރީ

January 05, 2018 36
އަދީބަށް ބޭސްފަރުވާގެ ހައްގު ފޯރުކޮށްދީ: ގާސިމް

ބޭސްފަރުވާގެ ފުރިހަމަ ހައްގު ލިބުން ލަސްވުމުގެ ހިތްދަތިކަން ތަޖުރިބާކުރައްވާފައިވާާ ކަމަށާއި އެ ހައްގު، ޖަލުގައި މިހާރު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވެސް ލިބެން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

04 ޖެނުއަރީ

January 04, 2018 14
ރިޝްވަތު ދިނުމުގެ ދައުވާ އަދީބުގެ މައްޗަށް ކޮށްފި

ފުލުހުންގެ ބަޔަކަށް ރިޝްވަތު ދިން ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދެ ދައުވާއެއް ކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

07 އޯގަސްޓް

August 07, 2017 81
މައްސަލަ ބަލަން ފެށީ ބޮން ގޮއްވާލި ފަހުން: އުމަރު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ ގާތިލް، ހުސެއިން ހުމާމު މާފުށީ ޖަލުން ނެރެގެން ރިސޯޓަކަށް ގެންގޮސް ބައްދަލުކުރެއްވި ކަމުގެ ތުހުމަތު ކުރަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކަމަށާއި އެ މައްސަލައިގެ ތަހުގީގު ފެށީ ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅުފުޅު ކުރެއްވި ރިޔާސީ ލޯންޗްކޮޅުގައި...

13 ޖުލައި

July 13, 2017 17
ރިލްވާނަށް ވީ ގޮތް އަދީބަށް އެނގޭ ނަމަ ހިއްސާކޮށްދޭން އެދެފި

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގުމާ ގުޅޭ އެއްވެސް މައުލޫމާތެއް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް އެނގިވަޑައިގަންނަވާ ނަމަ އެ މައުލޫމާތު ހިއްސާ ކޮށްދޭން ރިލްވާންގެ އާއިލާ އިން މިއަދު އެދިއްޖެ އެވެ.