08 ޖުލައި

July 08, 2017 19
އަދީބުގެ ދެ ވަކީލުންގެ މައްޗަށް ޖިނާއީ ތަހުގީގެއް

ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޖަލުގައި އަވަހާރަކޮށްލަން އުޅޭ ކަމަށް ވިދާޅުވެ އޭނާގެ ދެ ވަކީލުން ފުލުސް އޮފީހަށް ހުށަހެޅި މައްސަލާގައި، އެ މައުލޫމާތު ދިން ފަރާތެއް ހާމަ ނުކުރުމުން ވަކީލުންގެ ފޯނު ހިފަހައްޓައި ޖިނާއި ތަހުގީގެއް ފަށައިފި އެވެ.

21 ޖޫން

June 21, 2017 19
ކުށްވެރިންނާމެދު އޮންނަ ތަފާތު ދޫކޮށްލައިގެން ނުވާނެ

ހުރިހާ ކުށްވެރިންނާ މެދު ވެސް ސަރުކާރުން އަމަލު ކުރަން ޖެހޭނީ އިންސާނިއްޔަތު ކަމާއި ކަރާމާތްތެރިކަމާ އެކު ކަމަށާއި އެކަމަކު ސިޔާސީ ކުށްވެރިންނާއި ބޮޑެތި ކުށްތަކުގައި ހުކުމް ތަންފީޒު ކުރާ މީހުންނާ ދެމެދު އޮންނަ ތަފާތު ދަމަހައްޓަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު މިއަދު ވިދާޅުވެއްޖެ އެވެ.

07 ޖޫން

June 07, 2017 84
އަދީބުގެ އާދޭސް: އަޅުގަނޑާ މެދު ހިތް ސާފުކޮށްދީ!

ދިވެހި ރައްޔިތުންގެ ވިސްނުން އެމަނިކުފާނާ ދޭތެރޭގައި ހުންނާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަކު އާދޭހަކީ، ހިތްތަކުގައި ހުރި ކިލަނބުކަން ފިލުވާލައި ހިތް ހަލާސްކޮށް ދިނުން...

June 07, 2017 9
އަދީބަށް ފަރުވާ ނުދޭން އަންގާފައެއް ނެތް: ކަރެކްޝަންސް

ދިގު މުއްދަތުގެ އެތައް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ހަމަނުޖައްސަން އެއްވެސް ފަރާތަކުން...

10 މާޗް

March 10, 2017 15
އަދީބު ޖަލުން ފިއްލަވާކަށް ނޫޅުއްވާ: ވަކީލުން

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކު ރައްވަމުން ގެންދަވަނިކޮށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މި ހަފުތާގައި ދޫނިދު އަށް ބަދަލުކުރީ ޖަލުން ފިއްލަވަން އުޅުއްވުމުން ނޫން ކަމަށާއި އެމަނިކުފާނު އެފަދަ ކަމެއް ކުރައްވަން ނޫޅުއްވާ ކަމަށް އަދީބުގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

29 އޯގަސްޓް

August 29, 2016 5
ސްނައިޕަރު މައްސަލާގައި ދައުވާ ސާފުނުވާ ކަމަށް ބުނެފި

ބަޑި ޖަހައިގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާވައި، ސްރީ ލަންކާގެ ސްނައިޕަރެއް ރާއްޖެ ގެނައި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ކުރާ ދައުވާގައި ބުނާ ކަންކަން ސާފުނުވާ ކަމަށް ދައުވާ ލިބޭ މީހުންގެ ދިފާއީ ވަކީލުން ކޯޓުގައި މިއަދު ޝަކުވާކޮށްފި އެވެ.

16 އޯގަސްޓް

August 16, 2016
ސްނައިޕަރު ގެނައިކަމުގެ ދައުވާއަށް އަދީބު އިންކާރުކޮށްފި

ބަޑި ޖަހައިގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށްޓަކައި، ދުރުގައި ހުރެގެން އަމާޒަށް ބަޑި ޖެހުމުގެ ގާބިލްކަން (ސްނައިޕާ ޝޫޓަރު) ލިބިފައިވާ ސްރީ ލަންކާގެ މީހަކު ގެނައި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރާ ދައުވާއަށް އޭނާ މިއަދު އިންކާރުކޮށްފި އެވެ.

03 އޯގަސްޓް

August 03, 2016 3
ހިބަޅިދޫ މައްސަލަ ކުރިއަށް ގެންދެވޭނެތޯ ކޯޓުން ނިންމަނީ

ބ. ހިބަޅިދޫން ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ސިފައިންގެ ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) ގެ މައްޗަށް ދައުވާކުރާ މައްސަލާގައި އަދީބާއި ފަޔާޒްގެ ފަރާތުން ފާހަގަކުރި އިޖްރާއީ މައްސަލަތަކާ ގުޅިގެން އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ކަނޑައަޅަން ކްރިމިނަލް...

23 ޖޫން

June 23, 2016 32
އަދީބާ ފިސްތޯލައާ ކޮން ގުޅުމެއް؟

ހަނގުރާމަވެރި ހަތިޔާރު ގެންގުޅެން ގާނޫނު ހުއްދަ ނުކުރާ މީހަކު، ހަތިޔާރެއް ގެންގުޅުމަކީ ގާނޫނީ ކުށެކެވެ. އެހެންކަމުން އެފަދަ ހުއްދައެއް ނެތި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިސްތޯލައެއް ގެންގުޅުއްވާފައިވާތީ ޓެރަރިޒަމްގެ ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް ލާން މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ކްރިމިނަލް ކޯޓުން ވަނީ ހުކުމް...

06 ޖޫން

June 06, 2016 4
އަދީބަށް ކުރާ ދެ ދައުވާއެއްގެ ފަހު އަޑުއެހުން މާދަމާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާ ކުރާ އިތުރު ދެ މައްސަލައެއްގެ ޝަރީއަތުގެ ފަހު އަޑުއެހުން މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

05 ޖޫން

June 05, 2016 26
އަދީބު 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ފިސްތޯލަ ގެންގުޅުމުގެ ތުހުމުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.