06 ނޮވެމްބަރ

November 06, 2019 5
އަދީބަށް ކުރާ ހަތް ދައުވާގެ ޝަރީއަތް މާދަމާ ފަށަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

27 އޮކްޓޯބަރ

October 27, 2019 88
އަދީބުގެ އޯޑަރަށް ފުލުހުންތަކެއް ހިންގި ބޮޑު ޖަރީމާ!

ސަރުކާރުގައި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ނުފޫޒުގަދަ ދުވަސްވަރު، ފުލުހުންގެ މުއައްސަސާގެ ކޮންޓްރޯލް ނަންގަވައި ވަކިވަކި ފުލުހުންތަކެއް ލައްވައި ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަން "މިހާރު" އަށް ލިބިފައިވާ މައުލޫމާތުތަކަކުން ކަށަވަރުވެއްޖެ އެވެ.

29 ސެޕްޓެމްބަރ

September 29, 2019 30
ޚިޔާނާތް އަލުން ތަހުގީގުކޮށް އަދީބަށް 7 ދައުވާއެއް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ޚިޔާނާތް އަލުން ތަހުގީގުކޮށް، އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ހަތް ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލައިފި އެވެ.

18 އޯގަސްޓް

August 18, 2019 46
ރައީސަށް ފައިސާ ދިން ވާހަކައަކީ ދޮގެއް: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު 37 މިލިއަން ރުފިޔާ ދެއްވި ކަމަށް ފަތުރަނީ ދޮގު ވާހަކައެއް ކަމަށް ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.

07 އޯގަސްޓް

August 07, 2019 62
އަދީބުގެ އިއުތިރާފް: ޚިޔާނާތުގެ ބައިވެރިންނަށް ގުޑުން!

އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގެވި ކަަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފުރަތަމަ ފަހަރަށް ކޯޓުގައި އިއުތިރާފްވެވަޑައިގެން، އެ ފައިސާ ދައުރުވި ގޮތާއި މަންފާ ލިބުނު މީހުން ކިޔައިދެއްވާނެ ކަަމަށް ވިދާޅުވުމާ އެކު އެ ޚިޔާނާތުގެ ވަށައިގެން ތިބި އެންމެން ހާމަވާނެ ކަމުގެ އުއްމީދު އާވެއްޖެ އެވެ.

06 އޯގަސްޓް

August 06, 2019 76
ޚިޔާނާތް ހިންގެވި ކަމަށް އަދީބު އިއުތިރާފްވެވަޑައިގެންފި

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ފަޅުތަކާއި ރަށްތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާ އަށް ޚިޔާނާތްތެރިވެ އެ ފައިސާ ލޯންޑަކޮށް އެކަމުގައި މަންފާ ލިބުނު މީހުންގެ މައުލޫމާތު ފުލުހުންނަށް ކިޔައިދީފައިވާނެ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކްރިމިނަލް ކޯޓުގައި އިއްޔެ އިއުތިރާފްވެވަޑައިގެންފި...

05 އޯގަސްޓް

August 05, 2019 6
އަދީބާ ދެކޮޅަށް އިސްތިއުނާފްކުރި މައްސަލަ މާދަމާ ފަށަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކުރި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން...

August 05, 2019 45
ދައުލަތާ އެކު ވީ އެއްބަސްވުމާ އަދީބު ޚިލާފުވެއްޖެ!

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ގެ ތަހުގީގަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އެކު ދައުލަތުން ވީ އެއްބަސްވުމާ އެމަނިކުފާނު ޚިލާފުވެފައިވާ...

04 އޯގަސްޓް

August 04, 2019 20
އަދީބު ފިލިއިރު ވެސް ބަންދުގެ އަމުރެއް ނުނެރެދިން!

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޓަގު ބޯޓެއްގައި ރާއްޖެ އިން ފިއްލެވީ އެމަނިކުފާނު ބަންދުކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައި އޮއްވައި ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

01 އޯގަސްޓް

August 01, 2019 51
ނުފިލާނެ ކަމަށް ވިދާޅުވި އަދީބު މި ހެދީ ކިހިނެއް؟

"ޒިންމާ އިން ރެކިގަތުމާއި ފިލުމަކީ އަހަރެންގެ އުސޫލެއް ނޫނެވެ"!

August 01, 2019 172
އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަހްމަދު އަދީބު ކުއްލިއަކަށް "ގެއްލިއްޖެ" އެވެ.

14 ޖުލައި

July 14, 2019 46
ރަށުން ބޭރަށް ނުދެވޭ ގޮތަށް އަދީބު މިނިވަންވެއްޖެ

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކަމަށް ތުހުމަތުކުރާ ކުރީގެ ނައިބު ރައީސް އަހްމަދު އަހްމަދު އަދީބުގެ މައްޗަށް އިއްވާފައިވާ 15 ދުވަހުގެ ގޭ ބަންދު ހުކުމް މިދިޔަ ހަފުތާގައި ތަންފީޒުކޮށް ނިމިފައިވާތީ އޭނާ މިނިވަންވެއްޖެ އެވެ.

12 ޖޫން

June 12, 2019 50
އަދީބު ފުރާނީ އަންނަ ހުކުރު ދުވަހު، 26 ގައި އަންނާނެ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު ކަމަށާއި އެނބުރި ވަޑައިގަތުމަށް ހަމަޖައްސާފައި ވަނީ މި މަހުގެ 26...

June 12, 2019 60
އިންސާފު އޮތީ ޚިޔާނާތުގެ ބޮޑުންނަށް: ޖަމީލް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މިސްރާބާ މެދު ހިތްހަމަޖެހިވަޑައިނުގެން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

26 ފެބުރުއަރީ

February 26, 2019 46
އަނިލްގެ ލަފައެއް، ޒިންމާއެއް ވެސް ނެތް؟

"އެމްއެމްޕީއާރުސީ މެދުވެރިކޮށް، ކޮރަޕްޝަން ކަންތައްގަނޑު ހިންގި ކަމެއް ނޭނގެ" އެވެ!

19 ފެބުރުއަރީ

February 19, 2019 49
155 މީހުން ވެސް ސާފު! ޚިޔާނާތްތެރިއަކު ނެތް؟

ދައުލަތުގެ މުއައްސަސާތަކުން ތިން އަހަރު ވަންދެން ރައްޔިތުންނަށް ސިއްރުކުރި ރިޕޯޓް އާއްމުކުރި އިރު، ޚިޔާނާތްތެރިއަކު ނުފެނުނެވެ. އެކަމަކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވަގަށް ނެގި ފައިސާގެ އަދަދު 1.3 ބިލިއަނަށް އަރަ އެވެ. މިއީ، ނުއަގުގައި ރަށްތަކާއި ފަޅުތައް ވިއްކައި ގެއްލުންވި...

15 ފެބުރުއަރީ

February 15, 2019 65
އެސްއޯއެފްއާ ހަމައިން ނުނިމޭ، ރިޕޯޓް ފުރިހަމައެއް ނޫން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅޭގޮތުން އޭސީސީ އިން އިއްޔެ ނެރުނު ރިޕޯޓް ފުރިހަމަ ނޫން ކަމަށް، އެ ހިޔާނާތް...

February 15, 2019 25
ޒީރޯ ޓޮލެރަންސަށް ބޭނުންވަނީ ފިޔަވަޅު އެޅުން: ޖަމީލް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ބައިވެރިވެފައިވާ ހުރިހާ އެންމެން މަގާމުތަކުން ވަކިކުރަން ޖެހޭ ކަމަށާއި...

18 ޑިސެމްބަރ

December 18, 2018 46
އެމްއެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާއަށް ޚިޔާނާތްވި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ބޮޑު ހިޔާނާތް 1.4 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފި އެވެ.

22 ޖުލައި

July 22, 2018 201
80 މިލިއަން ޑޮލަރު ގުނީ ރައީސްގެ ގެކޮޅުގައި: އަދީބު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 80 މިލިއަން ޑޮޮލަރު ގުނީ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ކަމަށް ތުހުމަތުކުރައްވައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުގައި...

July 22, 2018 8
10 ރަށެއް ދިނުމުން އަދީބާ ދެކޮޅަށް ދައުވާކޮށްފި

ޓޫރިޒަމްގެ ބޭނުމަށް 10 ރަށެއް ގާނޫނާ ހިލާފަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައި...

23 އޯގަސްޓް

August 23, 2017 13
ދައުލަތުން އުޅެނީ ސިޔާސީ ގޮތުން ފްރޭމް ކުރަން: އަދީބު

ދައުލަތުން ގިނަ އަދަދެއްގެ ދައުވާތަކެއް އޭނާއާ ދެކޮޅަށް ކުރަނީ ސިޔާސީ ގޮތުން ފްރޭމް ކުރުމުގެ ބޭނުމުގައި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

August 23, 2017 23
އަދީބަށް ވަކި ގޮތެއް ހަދަން އިރުޝާދެއް ނެތް:ފަނޑިޔާރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ މެދު ވަކި ގޮތަކަށް އަމަލު ކުރަން އެއްވެސް މީހެއްގެ ފަރާތުން އިރުޝާދު ލިބިފައި ނެތް ކަމަށް ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު...

17 އޯގަސްޓް

August 17, 2017 17
ފަނޑިޔާރަށް އަދީބުގެ ޝަކުވާތަކެއް އޮއްސާލައިފި

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އާ ދައުވާތަކުގެ ޝަރީއަތް މިއަދު ފެށިއިރު، ހިނިތުން ވެވަޑައިގެން ހުންނަވައި ނަމަވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަނޑިޔާރަށް ޝަކުވާގެ...

August 17, 2017 3
ވަކީލަކު އައްޔަންކުރަން އަދީބަށް 10 ދުވަސް ދީފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ އެތައް ތުހުމަތުތަކެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ހުށަހެޅި އާ...

16 އޯގަސްޓް

August 16, 2017 8
އަދީބަށް ކުރާ އާ ދައުވާތަކުގެ ޝަރީއަތް މާދަމާ ފަށަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ އެންމެ ބޮޑު ތުހުމަތެއްކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރާ އާ އަށް ދައުވާއެއްގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

01 އޯގަސްޓް

August 01, 2017 24
އަދީބަށް އިތުރު 9 ދައުވާ، ޒިޔަތަށް 25 ދައުވާ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިތުރު ނުވަ ދައުވާއެއް އަދި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް 25 ދައުވާއެއް ކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.