02 އޮކްޓޯބަރ

October 02, 2019 9
ދެ ފުލުހުން ވަކިކުރީ ފައިސާ ނެގި މައްސަލައެއްގައި

ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާ ގުޅޭ ގޮތުން މަރު ކޮމިޝަނުގެ ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކެއް ކުރި ދެ ފުލުހުން ވަޒީފާ އިން ވަކިކުރީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަތުން ފައިސާތަކެއް ލިބުނު މައްސަލައެއްގައި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

17 ސެޕްޓެމްބަރ

September 17, 2019 7
އަދީބު ފިލި މައްސަލައިގެ ޝަރީއަތް މިއަދު ފަށަނީ

ސުޕްރީމް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޓަގެއްގައި ރާއްޖެ އިން ފިއްލަވަން އުޅުއްވި މައްސަލައިގައި އުފުލާފައިވާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށަން ތާވަލްކޮށްފި އެވެ.

18 އޯގަސްޓް

August 18, 2019 13
އަދީބު ފިއްލެވި ޓަގުގެ ކައްޕި ފުރުން މަނާކޮށްފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިއްލެވި ޓަގުގެ ކައްޕި ރާއްޖެ އިން ފުރުން މަނާކޮށްފި އެވެ.

August 18, 2019 16
އަދީބު އޮތީ އޮބްޒަވޭޝަންގައި، ހާލު ރަނގަޅު

މާފުށީ ޖަލުގައި ލިބިވަޑައިގަތް އަނިޔާއަކާ ގުޅިގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ހާލު ރަނގަޅު ކަމަށް ކަރެކްޝަނަލް ސާވިސް އިން...

06 އޯގަސްޓް

August 06, 2019 10
އަދީބު ފިލަން އުޅުނު ޓަގު ބޯޓުގެ މައްސަލައެއް ބަލަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވަން އުޅުއްވި ޓަގު ބޯޓުގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

05 އޯގަސްޓް

August 05, 2019 17
އަދީބުގެ ބަންދަށް 15 ދުވަސް ދީފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުގައި ބަހައްޓަައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ދީފި އެވެ.

04 އޯގަސްޓް

August 04, 2019 29
އަދީބު ޓަގަށް އަރާވަޑައިގަތީ ކިހިނެއް؟

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓަގަަކަށް ރާއްޖެ އިން ސިއްރުން ފުރާވަޑައިގެން ދިއުމަކީ އެހާ ފަސޭހައިން ކުރެވިދާނެ ކަމެއް ހެއްޔެވެ؟ މިއީ ވަރަށް ގިނަ ބަޔަކު ކުރާ ސުވާލެކެވެ. މާލޭ...

August 04, 2019 20
އަދީބު ފިލިއިރު ވެސް ބަންދުގެ އަމުރެއް ނުނެރެދިން!

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޓަގު ބޯޓެއްގައި ރާއްޖެ އިން ފިއްލެވީ އެމަނިކުފާނު ބަންދުކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައި...

03 އޯގަސްޓް

August 03, 2019 5
އަދީބު ދިރިއުޅުއްވާ ގެ ފުލުހުން ފާސްކުރަނީ

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގު ބޯޓެއްގައި ރާއްޖެ އިން ފިއްލަވައިގެން އުޅުއްވަނިކޮށް ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދިރިއުޅުއްވާ ގެ ފުލުހުން ފާސްކުރަމުން އެބަދެ އެވެ.

August 03, 2019 42
އަދީބު ހަވާލުކުރީ ރާއްޖެ ސަރަހައްދަށް ގެންގޮސްފައި!

ފިއްލަވައިގެން ޓަގް ބޯޓެއްގައި އިންޑިއާ އަށް އެތެރެވުމުގެ ފުރުސަތު ނުދީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއާ ހަވާލު ކުރީ ބޯޓުގައި ރާއްޖެ ސަރަހައްދަށް ގެންގޮސްފައި ކަމަށް...

August 03, 2019 63
އަދީބު ފިލި މައްސަލާގައި ދިވެހި ފުލުހުން ހިމޭނުން!

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގެންނެވި މައްސަލައިގައި މިވަގުތު އެއްވެސް މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު...

02 އޯގަސްޓް

August 02, 2019 64
އަދީބު އަދިވެސް ޓަގް ބޯޓްގައި

އިންޑިއާ އަށް ދިޔަ ޓަގް ބޯޓެއްގައި ފިއްލަވަން މަސައްކަތްޕުޅު ކުރެއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދިވެސް ހުންނެވީ އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުގައި އެ ބޯޓުގައިކަން "މިހާރު" އަށް ޔަގީން ވެއްޖެ އެވެ.

01 އޯގަސްޓް

August 01, 2019 82
އަދީބު ހުރިކަން ރިޕޯޓްކުރީ ޓަގުގެ އިންޑިއާ ފަޅުވެރިއެއް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ދަތުރު ކުރަމުން ދިޔައީ ސިންގަޕޫރުގެ ޓަގު ބޯޓެއްގައި ކަމަށާއި އެކަން ފަޅާ އަރުވާލީ އެ ޓަގުގެ ފަޅުވެރިއެއް ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

August 01, 2019 36
އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް އެބަކުރަން: ޕޮލިސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފައިވާތީ އޭނާ އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

August 01, 2019 172
އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަހްމަދު އަދީބު ކުއްލިއަކަށް "ގެއްލިއްޖެ" އެވެ.

14 ޖުލައި

July 14, 2019 46
ރަށުން ބޭރަށް ނުދެވޭ ގޮތަށް އަދީބު މިނިވަންވެއްޖެ

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކަމަށް ތުހުމަތުކުރާ ކުރީގެ ނައިބު ރައީސް އަހްމަދު އަހްމަދު އަދީބުގެ މައްޗަށް އިއްވާފައިވާ 15 ދުވަހުގެ ގޭ ބަންދު ހުކުމް މިދިޔަ ހަފުތާގައި ތަންފީޒުކޮށް ނިމިފައިވާތީ އޭނާ މިނިވަންވެއްޖެ އެވެ.

06 ޖުލައި

July 06, 2019 30
އަދީބު ގެންނާނެ ކަމަށް ވީ ވައުދު ފުއްދިއްޖެ: އިމްރާން

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިލުމުގެ ފުރުސަތު ނުދީ ރާއްޖެ ގެނެސް ހުކުމް ތަންފީޒުކުރަން ވީ ވައުދު ފުއްދިއްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

25 ޖޫން

June 25, 2019 17
އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބެންގަލޫރުގައި ބޭސްފަރުވާކުރުމަށް ކަރެކްޝަނަލް ސާވިސް އިން ދިން މުއްދަތު މިރޭ އިތުރުކޮށްދީފި އެވެ.

14 ޖޫން

June 14, 2019 72
ބޭސްފަރުވާ އަށް އަދީބު ބެންގަލޫރަށް ފުރާވަޑައިގެންފި

ބޮޑެތި ކުށްތަކެއްގައި ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ އަށް އިންޑިއާގެ ބެންގަލޫރަށް މިއަދު ފުރާވަޑައިގެންފި އެވެ.

27 މާޗް

March 27, 2019 18
އަދީބު ގޭ ބަންދަށް ބަދަލުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރޭ ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

28 ޖެނުއަރީ

January 28, 2019 71
ބަރު ހިތެއް ނެތް، އެންމެންނަށް މާފުކޮށްފިން: ނާޒިމް

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށުގައި ތިން އަހަރަށް ވުރެ ގިނަ ދުވަހު ނުހައްގުން ޖަލުގައި އޮންނަން ޖެހި އަނިޔާތަކެއް ލިބިވަޑައިގަތަސް، އެއްވެސް މީހަކާ ދޭތެރޭގައި ބަރު ހިތެއް ނެތް ކަމަށާއި އެންމެންނަށް މާފުކޮށްފައިވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

27 ޖެނުއަރީ

January 27, 2019 30
ޔާމީނާއި އަދީބުގެ މައްސަލައެއް އޭޖީ އޮފީހުން ފުލުހަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މަނީ ލޯންޑްރިން ހިންގި ކަމަށް ތުހުމަތު ކުރެވޭ ހެކިތަކެއް ހުރި ލިޔުންތަކެއް ރިޔާސީ ކޮމިޝަނަށާއި ފުލުހުންނަށް ހުށަހަޅައިފި ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

21 ޖެނުއަރީ

January 21, 2019 10
ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލަ އަލުން ބަލަނީ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލަ އަލުން ބަލަން ފުލުހުން ނިންމައިފި އެވެ.

03 ޖެނުއަރީ

January 03, 2019 40
"ފިނިފެންމާ" ވީޑިއޯ ތަހުގީގުކުރުމާ މެދު ލަފާ ހޯދަނީ

ރައީސްގެ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މަންޒަރު ފެންނަ ވީޑިއޯއާ މެދު ސުވާލު އުފައްދާތީ އޭގެ މައްސަލަ ތަހުގީގުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އާ މަޝްވަރާ...

January 03, 2019 11
އަދީބަށް ބޭނުންވާ ފަރުވާ ލިބޭނެ: އިމްރާން

ސިއްހީ ސަބަބުތަކަށްޓަކައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލުގައި ނުބަހައްޓާ ގޭބަންދަށް ބަދަލުކުރުމަށް ފަހު އަނބުރާ ގެންދިޔައީ ގޭގައި ބަހައްޓަން ޑޮކްޓަރު އިތުރަށް ލަފާ...

09 ޑިސެމްބަރ

December 09, 2018 70
އަދީބު ގޭގައި، ސިޔާސީ މަސައްކަތުގައި!

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޒަމާންވީ އެކުވެރިޔާ، އިސްމާއިލް އާސިފް، އަލަށް އުފައްދަން މަސައްކަތްކުރައްވާ "މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް" ޕާޓީއަށް ފުރަތަމަ ސޮއިކުރެއްވީ އަދީބެވެ. އެ ޕާޓީއަށް 3،000 މީހުން ހަމަކުރުމުގެ ހުއްދަ ދިނުމުން އެކަން ކުރުމަށް އިސްކޮށް އުޅެނީ...