22 ސެޕްޓެމްބަރ

September 22, 2016 3
ސްނައިޕަރު މައްސަލައިގެ މިއަދުގެ އަޑުއެހުން ސިއްރު

ބަޑި ޖަހައިގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ސްނައިޕަރު ޝޫޓަރެއް ކަމަށް ތުހުމަތު ކުރެވޭ މީހަކު ރާއްޖެ ގެނައި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލައިގެ މިއަދުގެ އަޑުއެހުން ސިއްރުކޮށްފި އެވެ.

20 ސެޕްޓެމްބަރ

September 20, 2016 28
އެއީ ސްނައިޕަރެއް ނޫން، އަދީބު ކަމަކަށް ހަދަން އުޅުނު

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާއްޖެ އައި ކަމަށް ބުނާ ލަންކާގެ ސްނައިޕަރު ގެނައީ ބޮޑީގާޑެއްގެ ވަޒީފާ ހުށަހަޅައިގެން ކަމަށާއި އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފައިސާ ދެއްވައިގެން ރައީސް ޔާމީން އަވަހާރަކޮށްލަން ގެނައި މީހެއް ކަމަށް އެއްބަސްކުރުވަން ދިވެހި ސަރުކާރުން އުޅުނު ކަމަށް އޭނާ ރާއްޖެ ފޮނުވައިދިން...

19 ސެޕްޓެމްބަރ

September 19, 2016 11
ސްނައިޕަރު ގެނައި މައްސަލާގައި ފަޒީލާ ދެކޮޅަށް ހެކިބަސް

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ސްނައިޕާ ޝޫޓަރެއް ރާއްޖެ ގެނައި ކަމަށް ބުނާ މައްސަލާގައި، ދައުވާލިބޭ މީހަކު "އެއް ޝޮޓުން އެކަން ނިންމާލެވުނު ނަމަ ނިމުނީހޭ" ބުނި ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު މީހަކު ހެކިބަސް ދީފި އެވެ.

18 ސެޕްޓެމްބަރ

September 18, 2016 35
އެސްއޯއެފް އަތުން 160 މިލިއަން ހޯދަން ދައުވާކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނި އަތުން 160 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

13 ސެޕްޓެމްބަރ

September 13, 2016 108
ޓެރަރިޒަމްގެ ތުހުމަތު ފުލުހުންނަށް، އެކަން ބަލަން ޖެހޭ

ދިވެހި ފުލުހުންނާ ކޮރަޕްޝަނާ ގުޅުވައިގެން ދައްކާ ވާހަކަތައް އަލެއް ނޫނެވެ. އެކަމަކު ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އޮތް މިންވަރު ފަޅާއަރުވާލަން އަލް ޖަޒީރާ އިން ތައްޔާރުކުރި ރިޕޯޓުގައި މިވަނީ ފުލުހުންގެ މައްޗަށް ސީރިއަސް އެހެން ތުހުމަތުތަކެއް ވެސް ކޮށްފަ އެވެ. ޖެނަރަލްގެ އޮފީސް ރޯކޮށްލައި ޓެރަރިޒަމްގެ އަމަލެއް ހިންގަން ދެ...

12 ސެޕްޓެމްބަރ

September 12, 2016 35
ފިނިފެންމާ ގޮވުން: ތަޖުރިބާކާރުންގެ ނިންމުން ތަފާތު

ރިޔާސީ ލޯންޗުކޮޅުގައި ކުރިމަތިވި ގޮވުމަކީ ގޭސް ލީކެއްގެ ސަބަބުން ހިނގި އެކްސިޑެންޓެއް ކަމަށް އެމެރިކާގެ އިތުރުން ސައުދީ އަރަބިއްޔާގެ ތަޖުރިބާކާރުން ބުރަވާ އިރު ލަންކާ ޓީމުގެ ނިންމުންތައް ތަފާތެވެ.

10 ސެޕްޓެމްބަރ

September 10, 2016 81
އަދީބު ހޮން ކޮންގުގައި އޮފްޝޯ ކުންފުންޏެއް ހެއްދެވި!

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޮން ކޮންގްގައި އޮފްޝޯ ކުންފުންޏެއް ހެއްދެވިކަން ހާމަވެއްޖެ އެވެ.

09 ސެޕްޓެމްބަރ

September 09, 2016 93
މަނީ ލޯންޑްރިންގެ ބައިނަލްއަގުވާމީ ތަހުގީގެއް!

ރާއްޖެ މެދުވެރިކޮށް 1.5 ބިލިއަން ޑޮލަރުގެ ކަޅު ފައިސާ ދޮންނަން އުޅުނު ކަމަށް ބުނާ މައްސަލަ، އެމެރިކާ ސަރުކާރު ވެސް ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ ފަރާތްތަކުން ތަހުގީގުކުރަމުން އަންނަ ކަމަށް އަލް ޖަޒީރާ އިން ބުނެފި އެވެ.

08 ސެޕްޓެމްބަރ

September 08, 2016 37
އަދީބަކީ ރައީސް ޔާމީންގެ ޝިކާރައަކަށްވި ބޭފުޅެއް:ނަޝީދު

ދައުލަތުގެ ފައިސާ އިން ވައްކަން ކުރެއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ރައީސް އަބްދުﷲ ޔާމީންގެ ޝިކާރައަކަށް ވި ބޭފުޅެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު...

September 08, 2016 140
ސްޓީލިން ޕެރެޑައިސް: ޖޯކު ޖަހާނީތަ؟

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދެ އަހަރެއްހާ ދުވަސް، ގާތްގަނޑަކަށް ފަންސާހަކަށް މިނެޓަށް ކުރުކޮށްލައިގެން އިއްޔެ، ބައިނަލްއަގުވާމީ ޓީވީ ސްޓޭޝަން އަލްޖަޒީރާއިން ދެއްކުމުން...

07 ސެޕްޓެމްބަރ

September 07, 2016 75
އޮޑިޓް އޮފީސް ރޯކޮށްލަން އަދީބު އުޅުނު ކަމުގެ ތުހުމަތު

އެމްއެމްޕީއާރުސީން ބިޑަކާ ނުލައި ރަށްތައް ދޫކުރި އިރު ކޮރަޕްޝަން ހިމެނޭ ކަމަށް 2014ގައި އޮޑިޓަރު ޖެނެރަލް އާންމު ކުރެެއްވި ރިޕޯޓާ އެކު، އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ވަރަށް ކޯފާ އިސްކުރައްވައި، އޮޑިޓް އޮފީސް ރޯކޮށްލަން ވިދާޅުވި އެސްއެމްއެސްތަކެއް އަލްޖަޒީރާއިން ލީކުކޮށްލައިފި އެވެ.

30 އޯގަސްޓް

August 30, 2016 23
ފައިސާ ބެހި މައްސަލައިގައި މެމްބަރާ ސުވާލުކޮށްފި

ފައިސާ ހިއްޕަވައިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އަރިހަށް ވަޑައިގެންނެވި ކަމަށް ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލް މަޖިލީހުގެ...

August 30, 2016 2
ވަގު ލިޔުމެއް ހަދަން އެދުނު ކަމުގެ ދައުވާ ވަކީލަކަށް

ސައްހަ ނޫން ގޮތުގައި ލިޔުމެއް ހަދަން އެދުނު ކަމަށް ބުނެ ވަކީލެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.

29 އޯގަސްޓް

August 29, 2016 5
ސްނައިޕަރު މައްސަލާގައި ދައުވާ ސާފުނުވާ ކަމަށް ބުނެފި

ބަޑި ޖަހައިގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާވައި، ސްރީ ލަންކާގެ ސްނައިޕަރެއް ރާއްޖެ ގެނައި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ކުރާ ދައުވާގައި ބުނާ ކަންކަން ސާފުނުވާ ކަމަށް ދައުވާ ލިބޭ މީހުންގެ ދިފާއީ ވަކީލުން ކޯޓުގައި މިއަދު ޝަކުވާކޮށްފި އެވެ.

23 އޯގަސްޓް

August 23, 2016 16
ހިބަޅިދޫ މައްސަލާގެ ހުކުމް އޮތީ ލިޔެނިމިފައި: އަދީބު

ބ. ހިބަޅިދޫން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލައިގެ ހުކުމް މިިހާރު އޮތީ ލިޔެ ނިމިފައި ކަމަށާއި އިއްވާލީމަ ނިމުނީ ކަމަށް އަދީބު މިއަދު ކޯޓުގައި ވިދާޅުވެއްޖެ އެވެ.

16 އޯގަސްޓް

August 16, 2016
ސްނައިޕަރު ގެނައިކަމުގެ ދައުވާއަށް އަދީބު އިންކާރުކޮށްފި

ބަޑި ޖަހައިގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށްޓަކައި، ދުރުގައި ހުރެގެން އަމާޒަށް ބަޑި ޖެހުމުގެ ގާބިލްކަން (ސްނައިޕާ ޝޫޓަރު) ލިބިފައިވާ ސްރީ ލަންކާގެ މީހަކު ގެނައި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރާ ދައުވާއަށް އޭނާ މިއަދު އިންކާރުކޮށްފި އެވެ.

10 އޯގަސްޓް

August 10, 2016 3
ސްނައިޕަރު ގެނައި މައްސަލައިގެ ޝަރީއަތް ފަށައިފި

ބަޑިން ހަމަލާދީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާވައި، ދުރުގައި ހުރެގެން އަމާޒަށް ބަޑި ޖަހާ (ސްނައިޕާ ޝޫޓަރެއް) މީހެއް ކަމަށްވާ ސްރީ ލަންކާގެ މީހަކު ރާއްޖެ ގެނައި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލައިގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

08 އޯގަސްޓް

August 08, 2016 7
ފިސްތޯލަ މައްސަލާގައި އަދީބަށް ފުރުސަތެއް ނުދޭ: ވަކީލް

މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު ފިސްތޯލަ ގެންގުޅުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ދައުވާ އަށް ޖަވާބުދާރީވާން އެކަށީގެންވާ ވަގުތު ނުދީ ކަމަށް އަދީބުގެ ވަކީލުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

07 އޯގަސްޓް

August 07, 2016 6
އަދީބު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި

ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޑޮކްޓަރަށް ދައްކަން މިއަދު މާލެ ގެނެސްފި އެވެ.

04 އޯގަސްޓް

August 04, 2016 6
ސްނައިޕަރު ގެނައި މައްސަލާގައި އަދީބަށް ދައުވާކޮށްފި

ބަޑި ޖަހައިގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލުމަށްޓަކައި އެކަމުގެ ތަޖްރިބާ ލިބިފައިވާ ސްރީލަންކާގެ މީހަކު ރާއްޖެ ގެނައި މައްސަލާގައި އެ މީހާ އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އިތުރުން އިތުރު ދެ މީހަކަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

03 އޯގަސްޓް

August 03, 2016 3
ހިބަޅިދޫ މައްސަލަ ކުރިއަށް ގެންދެވޭނެތޯ ކޯޓުން ނިންމަނީ

ބ. ހިބަޅިދޫން ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ސިފައިންގެ ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) ގެ މައްޗަށް ދައުވާކުރާ މައްސަލާގައި އަދީބާއި ފަޔާޒްގެ ފަރާތުން ފާހަގަކުރި އިޖްރާއީ މައްސަލަތަކާ ގުޅިގެން އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ކަނޑައަޅަން ކްރިމިނަލް...

17 ޖުލައި

July 17, 2016 1
ވަކީލަކު ހޯދަން އަދީބާއި ފަޔާޒަށް ފުރުސަތު ދީފި

ބ. ހިބަޅިދޫން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ސިފައިންގެ ކެޕްޓަން އަހުމަދު ފަޔާޒު(ޕާޕާ) ގެ މައްޗަށް ކުރާ ދައުވާގައި ވަކީލަކު ހަމަޖައްސަން އެ ދެ ބޭފުޅުންނަށް ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.