16 ޖުލައި

July 16, 2016 3
ހިބަޅިދޫ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ

ބ. ހިބަޅިދޫން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ހަމަޖައްސައިފި އެވެ.

05 ޖުލައި

July 05, 2016 3
ހިބަޅިދޫ މައްސަލާގައި އަދީބާއި އިތުރު ބަޔަކަށް ދައުވާ

ބ. ހިބަޅިދޫއިން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ޓެރަރިޒަމްގެ ދައުވާކޮށް، ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.

03 ޖުލައި

July 03, 2016 2
ލޯންޗުގައި ރޯކޮށްލި މައްސަލާގައި އަދީބާ ސުވާލުކޮށްފި

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ރިސޯޓަކަށް ދަތުރު ކުރަމުން ދިޔަ ގަލްފް ކްރާފްޓް ލޯންޗެއްގައި ރޯކޮށްލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ސުވާލުކޮށްފި އެވެ.

26 ޖޫން

June 26, 2016 45
ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެެއް ނުގަތް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލާގައި އޭނާގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ބަލައިނުގަންނަން...

June 26, 2016 100
ބްރިޖާއި އެއާޕޯޓުން އަދީބަށް ނުވަ މިލިއަން ޑޮލަރު؟!

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއި މައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ޗައިނާގެ ކުންފުނިތަކަކަށް ދީގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ނުވަ މިލިއަނެއްހާ ޑޮލަރު (136...

24 ޖޫން

June 24, 2016 16
ހިބަޅިދޫ ހަތިޔާރާ ގުޅިގެން އަދީބާއި އަށް މީހެއްގެ މައްސަލަ ޕީޖީ އަށް

ބ. ހިބަޅިދޫން ހަތިޔާރު ފެނުނު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ މަނިކުފާނާ ގުޅުން އޮތް އަށް މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.

23 ޖޫން

June 23, 2016 24
އަދީބާއި ޒިޔަތު 8 އަހަރަށް ހާމިދު 2 އަހަރަށް ޖަލަށް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް ކުރި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އެ އެންމެން ޖަލަށްލާން ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.

22 ޖޫން

June 22, 2016 3
އަދީބު، ޒިޔަތު، ހާމިދަށް ހުކުމް ކުރުން މާދަމާ ރޭ

ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ދެ މީހަކަށް ދައުވާކުރާ މައްސަލައިގެ ހުކުމް މާދަމާ ރޭ އިއްވަން...

June 22, 2016 12
އަދީބުގެ ޑީއެންއޭގެ މައުލޫމާތު ޕީޖީއަށް ފޮނުވަައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިންއިން ފެނުނު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ޕްރޮފައިލްގެ މައުލޫމާތު ޕްރޮސިކިއުޓަ...

21 ޖޫން

June 21, 2016 66
ހަތިޔާރުން އަދީބުގެ ޑީއެންއޭ ޕްރޮފައިލް ފެނުނު: ޕޮލިސް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށާއި އެކަމަކު ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ބުނަން އަދި އަވަސް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

June 21, 2016 17
ހަތިޔާރުން ފެނުނު ޑީއެންއޭ ދިމާވަނީ އަދީބުއާ: ވަކީލުން

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން ފެނުނު ޑީއެންއޭ އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ދިމާވެފައިވާ ކަމަށާއި އެކަމުގެ...

June 21, 2016 5
އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗްކޮޅުގައި އައިއީޑީއެއް ގޮއްވާލި މައްސަލަ އާއި ފިސްތޯލައެއް ގެންގުޅުނު ކަމުގެ މައްސަލާގައި ހުކުމް އައިސްފައިވާ ކުރީގެ ނައިބު...

20 ޖޫން

June 20, 2016
އަދީބުގެ ފިސްތޯލައިގެ މައްސަލަ އިސްތިއުނާފުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 10 އަހަރުގެ ޖަލު ހުކުމް މިއަދު އިސްތިއުނާފުކޮށްފި އެވެ.

17 ޖޫން

June 17, 2016 46
އުމަރުގެ ޓުވީޓާއެކު ސޯޝަލް މީޑިއާ ގުގުމާލައިފި

ހޯމް މިނިސްޓަރު އުމަރު ނަސީރާ ގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓުވީޓަކާ ގުޅިގެންނާއި ނަޝީދަށް ރައްދު ދެއްވައި އުމަރު ޓުވީޓު ކުރެއްވުމާއެކު ސޯޝަލް މީޑިއާ...

June 17, 2016 16
އުމަރުގެ އިއުތިރާފާ ގުޅިގެން ނާޒިމް މިނިވަންކުރަން ޖެހޭ

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ފްރޭމް ކުރުމުގައި ފުލުހުން ބައިވެރިވި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ކަމަށް ބުނެ، ނާޒިމް ވަގުތުން މިނިވަން...

16 ޖޫން

June 16, 2016 3
އަދީބު ޖަލަށް ދޫކުރާނީ ތަހުގީގުތަކަށް ފަހު: ފުލުހުން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފުލުހުންގެ ބަންދުން ދޫކުރާނީ އެ މަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަހުގީގު ނިމުމުން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

June 16, 2016 2
އަދީބު އަވަހަށް ޖަލަށް ބަދަލުކޮށް ދޭން އެދެފި

ޖަލަށް ލާން ހުކުމް ކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވީ އެންމެ އަވަހަކަށް ޖަލަށް ބަދަލުކޮށްދިނުމަށް އޭނާގެ ވަކީލުން ފުލުހުންގެ ކިބައިން މިއަދު އެދިވަޑައިގެންފި އެވެ.

June 16, 2016 29
އަދީބު، ނާޒިމް ފްރޭމްކޮށްފާނެ: އުމަރު

ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފްރޭމް ކޮށްފާނެ ފަދަ ބޭފުޅެއް ކަމަށް ގަބޫލު ކުރެއްވޭ...

14 ޖޫން

June 14, 2016 49
ބޮން ހެދި މީހާ އަށް ހިމާޔަތްދީ، ދޫކޮށްލައިިފި

ރިޔާސީ ލޯންޗުކޮޅު ގޮއްވާލަން ބޭނުން ކުރި ބޮން ހެދި ސިފައިންގެ މީހާ ވިޓްނަސް ޕްރޮޓެކްޝަންގެ ދަށުން ދޫކޮށްލާފައިވާކަން ހާމަވެއްޖެ އެވެ.

12 ޖޫން

June 12, 2016 19
ދިން ކޮންމެ އެއްޗެއްގައި ހިފީ ސުވާލެއް ނެތި

"ބްރޭކިން ބޭޑް" ސިލްސިލާ ބެލި މީހަކަށް ވިއްޔާ އެއް ކަމެއް ޔަގީނުން ވެސް އެނގޭނެ އެވެ. ހައްގު ނޫން ގޮތެއްގައި ހޯދާ ފައިސާ އަށް އާއިލާ ތެރެއިން ވެސް ދެކޮޅުވެރިކަން ދައްކާ މަންޒަރެވެ. މަސްތުވާތަކެތި އުފައްދާ ފިރިމީހާގެ ސަބަބުން އާއިލާ އަށް ކުރިމަތިވި ހަމަނުޖެހުމާއި ލޯބި ނެތިގެން ދިޔަ ގޮތެވެ. އެންމެ ފަހު ވަގުތު ވެސް އެ ފައިސާގެ އެންމެ...

09 ޖޫން

June 09, 2016 25
އަދީބަށް 15 އަހަރުގެ ހުކުމެއް، ޖުމްލަ 25 އަހަރު

އަދީބު 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި އިރު އޭނާގެ ދެ ބޮޑީގާޑުން ވަނީ 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި. އަދީބަށް ކުރިން 10 އަހަރުގެ ހުކުމެއް އައިސްފައި ވާތީ މިހާރު އޭނާގެ...

June 09, 2016 3
"ފިނިފެންމާ" ގޮއްވާލި މައްސަލައިގެ ހުކުމް މާދަމާ ރޭ

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރާ ދެ ދައުވާގައި މާދަމާ ރޭ ހުކުމް ކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

08 ޖޫން

June 08, 2016 8
ނަސަންދުރައާ މެދު ގޮތެއް ނުނިންމައި މަސައްކަތް ފަށައިފި

ނަސަންދުރަ ޕެލަސް ހޮޓެލް ހުރި ތަން އިތުރު ބިމަކާ އެކު 50 އަހަރަށް ކުއްޔަށް ދޭން ހެދި އެއްބަސްވުމާ މެދު އަލުން ގޮތެއް ނިންމަން އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ލަފާދީފައި އޮތަސް އެތަން އިމާރާތްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

07 ޖޫން

June 07, 2016 2
ލޯންޗްކޮޅު ގޮއްވާލި މައްސަލައިގެ އަޑުއެހުންތައް ނިމިއްޖެ

ރިޔާސީ ލޯންޗްކޮޅި "ފިނިފެންމާ" ގައި އައިއީޑީއެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.

06 ޖޫން

June 06, 2016 4
އަދީބަށް ކުރާ ދެ ދައުވާއެއްގެ ފަހު އަޑުއެހުން މާދަމާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާ ކުރާ އިތުރު ދެ މައްސަލައެއްގެ ޝަރީއަތުގެ ފަހު އަޑުއެހުން މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

05 ޖޫން

June 05, 2016 26
އަދީބު 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ފިސްތޯލަ ގެންގުޅުމުގެ ތުހުމުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.

June 05, 2016 6
އަދީބަށް މިރޭ ހުކުމް ކުރަނީ، ޝަރީއަތުގެ މަޖިލިސް ސިއްރު!

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިސްތޯލަ ގެންގުޅުނު ކަމަށް ބުނެ ކުރާ ދައުވާގައި އޭނާގެ މައްޗަށް މިރޭ ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

June 05, 2016 2
"ފިނިފެންމާ" މައްސަލައިގެ ޝަރީއަތް ވެސް ސިއްރުކޮށްފި

ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ"ގައި އައިއީޑީއެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭނާގެ ދެ ބޮޑީގާޑަކަށް ކުރާ ދައުވާގެ ޝަރީއަތުގައި ސިއްރު...

04 ޖޫން

June 04, 2016 4
ފަސް މިލިއަން ޑޮލަރުގެ، ޚިޔާނާތުގެ އަޑުއެހުން ނިމިއްޖެ

ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ހާމިދު އިސްމާއިލާއި އަބްދުﷲ ޒިޔަތަށް ކުރާ ދައުވާގެ އަޑުއެހުންތައް ވެސް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ.

June 04, 2016 4
ފިސްތޯލަ ގެންގުޅުނު މައްސަލައިގެ އަޑުއެހުންތައް ނިމިއްޖެ

ފިސްތޯލަ ގެންގުޅުނު ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ. އެކަމަކު މި...

June 04, 2016 10
އަދީބުގެ ދެ ޝަރީއަތެއް ސިއްރުކޮށްފި

ކްރިމިނަލް ކޯޓުގައި މިއަދު ބާއްވަން އޮތް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެ ޝަރީއަތެއް އެ ކޯޓުން ސިއްރުކޮށްފި އެވެ.