17 އެޕްރީލް

April 17, 2020 1
ހުރިހާ ކަމެއް ބަދަލުވީ، ވަޒީފާ ވެސް ގޭގައި!

އަދިވެސް ހަގީގަތް ސާފުނުވާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އިންސާނުންގެ ދިރިއުޅުން މިހާރު މި ވަނީ އެ ފުށްމިފުށަށް ޖެހިފަ އެވެ. މި ހާލަތަށް ފެތެން ގައުމުތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކޮށް، ގިނަ ފިޔަވަޅުތަޅެއް އަޅަމުންނެވެ.

13 މާޗް

March 13, 2020 1
އުމުރުން 73 އަހަރުގައި ވަރުގަދަ ހަށިގަނޑެއް

ހަށިގަނޑަށް ހެޔޮ ބަދަލެއް ގެންނަން ބޭނުން ނަމަ މިއީ ނަމޫނާއަކަށް ބެލިދާނެ އަންހެނެކެވެ. އުމުރުން 73 އަހަރު ނަމަވެސް އޭނާ ފެންނަނީ ނުލާހިކު ވަރުގަދަކޮށެވެ. ބޮޑީބިލްޑްކުރާ މީހަކާ ވެސް ވައްތަރެވެ. އޭނާގެ އަތުގެ ބައިސެޕްތައް އެހާ ވަރުގަދަ އެވެ.

02 މާޗް

March 02, 2020
ދާހިއްލުމުން ވެސް ފައިދާތަކެއް

ދާހިއްލުމުން ތާޒާކަން ގެއްލޭތީ އާއި ގައިން ނުބަސް ވަސް ދުވާފާނެތީ ކަންބޮޑުވާ މީހުން ބައިވަރެވެ. ނަމަވެސް މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ. ހާއްސަކޮށް، ކަސްރަތުކުރާ ކުރާ ވަގުތުތަކުގައި ބަލަންވީ ވެސް ވީހާ ވެސް ދާހިއްލާ ގޮތަށް ކަންތައް ކުރަް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

18 ފެބުރުއަރީ

February 18, 2020
ކިޑްނީގެ ބަލިތަކާ ދުރުވާން ކަސްރަތު މުހިންމު

ގިނައިން ކަސްރަތުކުރާ މީހުންނަށް ކިޑްނީގެ ބަލިތަައް ޖެހުމުގު ފުރުސަތު ކުޑަކޮށްދޭ ކަމެއް ދިރާސާއެއްގައި ބުނެފި އެވެ.

03 ޑިސެމްބަރ

December 03, 2019
ސްކޫލް ގައިޑް: މީހާ މީހަކަށް ހަދައިދެނީ ކަސްރަތު

ސުރުޚީގައި ވަނީ 2017 ގައި އެލެކްސެންޑަ ޑަބްލިޔު. ކަޕެލަން ހަދައިފައިވާ ދިރާސާއަކަށް ފަހު ބުނެފައިވާ ބުނުމެކެވެ. އޭނާ ބުނާ ގޮތުގައި އިންސާނާ އިންސާނަކަށް ހަދައިދެނީ ކަސްރަތެވެ. އޭނާގެ ދިރާސާގައި ބުނާ ގޮތުގައި އިންސާނާއާ އެހެން މަޚުލޫޤުންނާ ހުރި ތަފާތަކީ ވިސްނުމުގެ ކުޅަދާނަކަމާއި އަތްފައި، ލޯ، ކަންފަތާއި ސިކުނޑީގެ ބޭނުން ފުރިހަމަ...

25 އޯގަސްޓް

August 25, 2017
ކޮންމެ ދުވަހަކު އިރުކޮޅަކު ބާރަށް ހިނގާލަންޖެހޭ

ސިއްހަތު ސަލާމަތުން ތިބުމަށްޓަކައި، މެދު އުމުރުގެ މީހުން ހިނގަން ޖެހޭނީ ބާރަށް ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ. ތަޖުރިބާކާރުން މިހެން ބުނެފައިވަނީ ހެލިފެލިވެ އުޅުން މަދުވުމުގެ ސަބަބުން އިންސާނުންނަށް ތަފާތު ބަލިތައް ޖެހުން ކަންބޮޑުވާ މިންވަރަށް މަތިވަމުންދާ ދަނޑިވަޅެއްގަ އެވެ.

06 މެއި

May 06, 2017
ހަކަތަ ގެންނަން ކޮފީއަކަށް ވުރެ ރަނގަޅީ ސިޑިން އެރުން

މަސައްކަތްކުރުމުގެ ރޫހު ގެއްލި، ހަކަތަ ނެތް ކަމުގެ އިހްސާސްވާ ނަމަ ކޮފީއެއް ބޯލައިގެން ނުވަތަ ކެފެއިން ހުންނަ ކޮންމެވެސް އެއްޗަކުން ހައްލު ހޯދަމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް އާ ދިރާސާއެއްގައި ބުނަނީ މި މައްސަލައަށް ކޮފީއަކަށް ވުރެ ރަނގަޅީ ސިޑިން އެރުން ކަމަށެވެ.

30 އެޕްރީލް

April 30, 2017
50 އިން މައްޗަށް ދިއުމުން ކަސްރަތު ވަރަށް މުހިންމު

އުމުރުން 50 އަހަރު ވުމަށް ފަހު ސިކުނޑީގެ ދުޅަހެޔޮކަން ދަމަހައްޓަން ބޭނުން ނަމަ ކޮންމެ ހަފުތާއަކު ވެސް އާދައިގެ ކަސްރަތު، ތަކުރާރުކުރުން ވަރަށް މުހިންމު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

06 ޖެނުއަރީ

January 06, 2017 2
ގިނަ ވަގުތު ކަސްރަތުކުރުމުގެ ބަދަލުގައި އެހެން ގޮތެއް

ޖިމަށް ގޮސް ކަސްރަތުކުރުމަކީ އެއްގޮތަކަށް ވެސް ގޯސް ކަމެއް ނޫނެވެ. ހަގީގަތުގައި ގަވައިދުން ޖިމަށް ދިއުމަކީ ހަމަ ވަރަށް ރަނގަޅު ކަމެކެވެ. އެކަމަކު މިއީ ކޮންމެ ކޮންމެ މީހަކަށް ބަރާބަރަށް ކުރެވޭ ކަމަކަށް އޮންނަނީ ނުވެފަ އެވެ. ވަރަށް ހިތްވަރާއެކު ފެށިޔަސް ދުވަސްކޮޅަކުން އެކަން ހުއްޓާލަނީ އެވެ. އެހެންވެ ގަދަކަމުން ޖިމަށް ދިއުމަށް...

07 އޯގަސްޓް

August 07, 2016 1
ކަސްރަތުކުރާއިރު ކާންވީ ކިހާ ވަރަކަށް، ކޮން އިރަކު؟

އިނގިރޭސި ވިލާތުގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް އިން ބުނާ ގޮތުގައި، ބޮޑެތި މީހުންނަށް ކޮންމެ ހަފުތާއަކު 2:30 މިނެޓްގެ އާދައިގެ ކަސްރަތަކުން ފުދެ އެވެ. ބާރަށް ހިނގުން ވެސް ބަލަނީ އާދައިގެ ކަސްރަތެއްގެ ގޮތުގަ އެވެ. ނަމަވެސް ތަޖުރިބާކާރުންގެ ލަފަޔާ އެއްގޮތަށް ކަސްރަތު ކުރި ނަމަވެސް ކެއުން ބަހައްޓާ ގޮތަކުން ހުރިހާ ކަމެއް ބޭކާރުވެގެން...