04 ޖޫން

June 04, 2017
ނިލަންދޫގެ ދެގެއަކަށް އަދިވެސް މީހުން ބަދަލެއް ނުކުރެވޭ

މިދިޔަ ބުރާސްފަތިދުވަހު ފ. ނިލަންދު އަށް އެރި ނަގޫރޯޅީގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ދެ ގެއަށް އަދިވެސް މީހުންނަށް ބަދަލުނުވެވޭ ކަމަށް އެ ރަށު ކައުންސިލްގެ އިދާރާ އިން މިއަދު ބުނެފި އެވެ.

01 ޖޫން

June 01, 2017 4
ނިލަންދުއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް!

ފ. ނިލަންދު އަށް މިއަދު މެންދުރު ނަގޫރޯޅިއެއް އަރައި، 10 ގެއެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

30 މާޗް

March 30, 2017 41
ނިލަންދޫ މީހުން އިސްލާމް ވާން ދެކޮޅު ހެދީ ކީއްވެ؟

ރާއްޖޭގައި މީހުން ވަޒަންވެރި ވީއްސުރެ ބުދު ދީނުގައި އުޅެމުން އައިސް، ދިވެހި ދައުލަތުގެ ފަރާތުން ރަސްމީ ގޮތުން އިސްލާމް ދީން ގަބޫލުކޮށް ރާއްޖޭގެ ރައްޔިތުން އިސްލާމް ދީނަށް އެނބުރުމަށް ރަދުން އަމުރު ކުރެއްވީ، ތާރީޚީ ލިއުންތަކުން އެނގޭ ގޮތުގައި، ރަބީޢުލް އާޚިރު 2، 548 ގަ އެވެ. އެއީ މީލާދީން 1153 ވަނަ އަހަރެވެ. އޭރު ހުންނެވި ރަސްގެފާނު...

22 މާޗް

March 22, 2017 87
ސައުދީގެ މަޝްރޫއު އަދިވެސް ކުރިއަށް ދާނެ: ރައީސް

ސައުދީ އަރަބިއްޔާ އިން ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއު އަދިވެސް ކުރިއަށް ދާނެ ކަމަށާއި އެއީ އޮޅުވާލުމެއްގެ ތެރެއިން ކުރިއަށްދާ މަޝްރޫއެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އަނެއްކާ ވެސް ވިދާޅުވެއްޖެ އެވެ.

20 މާޗް

March 20, 2017 29
މައްސަލައަކީ ކޮބައިތޯ؟

ފާއިތުވި ދުވަސްތަކުގައި، ސިޔާސީ މައިދާނުގައި އެންމެ ގިނައިން އިވުނު އަޑަކީ ފ. އަތޮޅު ވިއްކާލަން އުޅޭ ވާހަކައިގެ އަޑެވެ. ސަރުކާރުން އެ ވާހަކަ ދޮގުކުރައްވާ އިރު ވެސް އެ އަޑު މަޑެއްނުވެއެވެ. ސަރުކާރުގެ އެންމެ އިސްފަރާތްތަކުން ފެށިގެން އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮ އެދޭ އަޅުގަނޑުމެންގެ ޙައްޤުތަކަށް އިޚްލާޞްތެރިކަމާއި އެކު...

19 މާޗް

March 19, 2017 33
"ބިން ވިއްކޭ ގޮތް ހެދީ ވަކި ބަޔަކަށް ކަމެއް ނޭނގޭ"

ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ ވަކި ބަޔަކަށް އޭގެ މަންފާ ލިބޭ ގޮތް ހެދުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އޭރު އަންގާފައި ނެތް ކަމަށް މަޑުއްވަރީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.

18 މާޗް

March 18, 2017 51
ފ. މަޝްރޫއާ ގުޅޭ އޯޑިއޯގެ މައްސަލަ ބަލަން ގޮވާލައިފި

ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ މުދަލަކަށް، ފ. އަތޮޅުގެ ބައެއް ހަދަން އެ އާއިލާއިން ބޭނުންވާ ކަމަށާއި ގާނޫނު އަސާސީ އިސްލާހުކުރީ އެހެންވެގެން ކަމަށް ބުނާ އޯޑިއޯއެއް ލީކުވުމާ...

March 18, 2017 110
ނިހާނާއި ޑރ. ޝަހީދާ ދެމެދު ބަހުގެ ހޫނު ހަމަލަތަކެއް

ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާ އިން ފ. އަތޮޅުގައި ހިންގާ ބިޔަ މަޝްރޫއާ ގުޅޭ ގޮތުން، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާނާއި ދީނާއި ފިކުރީ...

17 މާޗް

March 17, 2017 64
ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރުމުން މަރުހަބާ ކިޔައިފި

ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މާދަމާ ރާއްޖެ އަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ފަސްކުރެއްވުމުން އިދިކޮޅު އެމްޑީޕީން މިއަދު މަރުހަބާ ކިޔައިފި އެވެ.

March 17, 2017 30
ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ހައްޔަރުކޮށްފި

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ ތޮއްޔިބު ޝަހީމް ރޭ ހައްޔަރުކޮށްފި އެވެ.

March 17, 2017 119
"ޑީލް ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ"

ފ. އަތޮޅުގައި ބޮޑު މަޝްރޫއެއް ހިންގަން އުޅޭ ކަން ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅުން ސިއްރު ކުރަން ބޭނުންވާ ކަމަށާއި އެ އާއިލާ އިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް އެ ބޭފުޅުންގެ...

16 މާޗް

March 16, 2017 19
ހުއްދަ ނެތި ފީއަލީގައި ފިލްމު ނެގުން މަނާކޮށްފި

ފ. ފީއައްޔާއި އެ ރަށް ހިމެނޭ ސަރަހައްދުގައި ކައުންސިލްގެ ހުއްދަ ނެތި ފިލްމް ނެގުން މަނާކުރާ ގަވައިދެއް ހަދައި އެއަށް އަމަލުކުރަން ފަށައިފި އެވެ.

March 16, 2017 38
ސްވައިން ފްލޫ ޖެހިގެން އަންހެނަކު މަރުވެއްޖެ

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ސްވައިން ފްލޫ ޖެހިގެން އުމުރުން 51 އަހަރުގެ އަންހެނަކު ރޭ މަރުވެއްޖެ އެވެ.

March 16, 2017 136
މިހިރީ ފ. ގައި، ވިއްކާލަން އުޅޭހެން ހީ ވެސް ނުވޭ!

އެއް އަތޮޅެއްގައި 10 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަކީ އާދައިގެ ކަމެއް ނޫނެވެ. ރާއްޖޭގެ ނިސްބަތުން ބެއްޔަސް، އެއީ ތާރީޚީ ކަމެކެވެ. އެއީ މުޅި ރާއްޖެ އަށް، ވަކިން ޚާއްސަކޮށް އެ...

12 މާޗް

March 12, 2017 19
ފ. ގެ މައްސަލާގައި ބިރުދެއްކުން ހުއްޓާލަން ގޮވާލައިފި

ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ އިސްބޭފުޅުންތަކަކަށް ފ. އަތޮޅު ވިއްކާލަން އުޅޭތީ، އެކަމާ ދެކޮޅު ހަދާ އެންމެންނަށް ބިރުދައްކައި، ފުރައްސާރަ ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލަން އިދިކޮޅު އެމްޑީޕީން ސަރުކާރުގެ މުއައްސަސާތަކަށް މިއަދު ގޮވާލައިފި އެވެ.

March 12, 2017 10
ފ. އަތޮޅު މަޝްރޫއާ ބެހޭ މައުލޫމާތު މަޖިލީހަށް ނުލިބޭ

ފ. އަތޮޅުގައި ހިންގަން އުޅޭ ބޮޑު މަޝްރޫއާ ބެހޭ އެއްވެސް މައުލޫމާތެއް ރައްޔިތުންގެ މަޖިލީހަށް ލިބިފައިނުވާ ކަމަށް މާލިއްޔަތު ކޮމެޓީގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

March 12, 2017 115
ސައޫދީ އެމްބަސީގެ ބަޔާނުން ފަހުމުވީ ކޮން އެއްޗެއް؟

ފ. އަތޮޅުގައި ހިންގާ ބިޔަ މަޝްރޫއާ ގުޅޭ ގޮތުން، ރާއްޖޭގައި ހުންނަ ސައޫދީ އަރަބިއްޔާގެ އެމްބަސީން މިދިޔަ ހުކުރުދުވަހު ނެރުނު ބަޔާނާ އެކު އާ ބަހުސެއް ފެށިއްޖެ އެވެ. އެއް ބަޔަކު އާ...

10 މާޗް

March 10, 2017 162
"ސައޫދީ ސަރުކާރުން ރާއްޖޭގެ އަތޮޅެއް ގަންނާކަށް ނޫޅޭ"

ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖޭގެ އެއްވެސް އަތޮޅެއް ނުވަތަ ބިމެއް ގަންނަން ނޫޅޭ ކަމަށާއި އެފަދަ ބޮޑު މަޝްރޫއަކަށް އިންވެސްޓް ކުރަން ވެސް ނިންމާފައި ނުވާ ކަމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީން ރޭގައި ބުނެފި އެވެ.

08 މާޗް

March 08, 2017 19
އިންވެސްޓަރުންނަށް ހުރަސް ނާޅާ: އެމްއެންސީސީއައި

ރާއްޖޭގައި އިންވެސްޓްކުރަން އަންނަ ބޭރުގެ ފަރާތްތަކަށް ހުރަސް އަޅަން މަސައްކަތް ކުރުމަކީ އިގްތިސާދަށް ގެއްލުން ދިނުން ކަމަށް ބުނެ ދިވެހި ވިޔަފާރިވެރިންގެ ޖަމްއިއްޔާ...

March 08, 2017 26
ފ. އަތޮޅު ވިއްކުމާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ކުރަނީ

ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ އިސްބޭފުޅުންތަކަކަށް ފ. އަތޮޅު ވިއްކުމާ ދެކޮޅަށް މި މަހުގެ 24 ގައި ބޮޑު މުޒާހަރާއެއް ކުރުމަށް އިދިކޮޅު އިއްތިހާދުން މިއަދު ނިންމައިފި އެވެ.

06 މާޗް

March 06, 2017 76
ސައޫދީން ބޭނުންވަނީ ތެލުގެ ވިޔަފާރި އަށް ރައްކާތެރިކަން

ސައޫދީ އަރަބިއްޔާ އިން ފ. އަތޮޅުގައި ފަށާ އަގު ބޮޑު މަޝްރޫއުގެ މަގްސަދަކީ އިރުމަތީ އޭޝިއާ އަށް އެ ގައުމުން ކުރާ ތެލުގެ ވިޔަފާރި އަށް ރައްކާތެރިކަން ހޯދައިދިނުން ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

02 މާޗް

March 02, 2017 19
ނޫސްވެރިންނަށް ބިރު ދެއްކުމުން ކަންބޮޑުވުން ފާޅުކޮށްފި

ސައޫދީ އަރަބިއްޔާގެ އިސް ފަރާތްތަކަކާ ހަވާލުކޮށްގެން ފ. އަތޮޅުގައި ހިންގަން ސަރުކާރުން ރާވާފައިވާ މަޝްރޫއާ މެދު ރައްޔިތުން ދެކޭ ގޮތުގެ ހިޔާލު ހޯދަން އެ އަތޮޅު ނިލަންދު އަށް ދިޔަ ދެ ނޫސްވެރިއަކަށް ރޭ އެ ރަށު ބަޔަކު ބިރު ދެއްކުމުން، އެކަން މޯލްޑިވްސް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި އެވެ.

March 02, 2017 82
ފ. އަތޮޅަށް ދިޔަ ދެ ނޫސްވެރިއަކަށް ބިރުދައްކައިފި

ސައުދީ އަރަބިއްޔާގެ އިސް ފަރާތްތަކަކާ ހަވާލުކޮށްގެން ފ. އަތޮޅުގައި ހިންގަން ސަރުކާރުން ރާވާފައިވާ މަޝްރޫއުއާ މެދު ރައްޔިތުން ދެކޭގޮތުގެ ހިޔާލު ހޯދަން އެ އަތޮޅަށް ދިޔަ ދެ...

March 02, 2017 32
ބިދޭސީންނަށް ބިން މިލްކުރެވިދާނެ، އެކަމަކު ގާނޫނަކުން

ފ. އަތޮޅު ވިއްކާލާކަމުގެ އަޑުތަކާ އެކު ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދިފައި ވަނީ ގާނޫނުއަސާސީ އަށް 2015 ގައި ގެނައި ބަދަލުގެ އަސްލަކީ ކޮބައިތޯއާ މެދުގަ އެވެ. އެ އިސްލާހުގެ...

01 މާޗް

March 01, 2017 49
"އިއްޒަތްތެރިންނާ ދެކޮޅު ހަރަކާތްތައް ހުއްޓުވާނަން"

ބޭރުގެ އިއްޒަތްތެރިންތަކެއް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި އިއްޒަތްތެރިންގެ ގަދަރަށް އުނިކަން ލިބޭފަދަ ގޮތަކަށް އަމަލުކުރާ ނަމަ އެކަން ހުއްޓުވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

27 ފެބުރުއަރީ

February 27, 2017 70
ފ. އަތޮޅުގެ މަޝްރޫއު ހުއްޓުވާނަން: އެމްޔޫއޯ

ފ. އަތޮޅު ސައޫދީ އަރަބިއްޔާ އަށް ވިއްކާލައި އެ އަތޮޅުގައި މަޝްރޫއެއް ހިންގާނަމަ އެކަން ހުއްޓުވާނެ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ބުނެފި އެވެ.

February 27, 2017 50
ފ. އަތޮޅުގައި ކުރަން އުޅެނީ ކޮން ކަމެއް؟

ފ. އަތޮޅަށް ވާން މިއުޅެނީ ކިހިނެއް؟ ހަމަ ވިއްކާލަނީތަ؟ ނޫނީ ބިޔަ އިންވެސްޓްމަންޓެއް ގެންނަން އުޅެނީތަ؟ މި ދުވަސްވަރު ގިނަ ބައެއްގެ ހިތުގައި މި ސުވާލުތައް އުފެދި، އަތޮޅުގެ ބައެއް...

26 ފެބުރުއަރީ

February 26, 2017 33
ފ. އަތޮޅު ވިއްކުން ހުއްޓުވަން އެމްޑީޕީން ގަރާރެއް

ސައުދީ އަރަބިއްޔާގެ އިސް ފަރާތްތަކަކަށް ފ. އަތޮޅު ވިއްކުމާ ދެކޮޅަށް މަސައްކަތް ކުރަން އިދިކޮޅު އެމްޑީޕީން ރޭ ގަރާރެއް ފާސްކޮށްފި އެވެ.

23 ފެބުރުއަރީ

February 23, 2017 20
ފ. އަތޮޅު ވިއްކާ ނުލުމަށް އިއްތިހާދުން ގޮވާލައިފި

ސަރުކާރުން ފ. އަތޮޅު "ވިއްކާލަން" ސައުދީ އަރަބިއްޔާގެ އިސް ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށާއި އެކަން ހުއްޓާލަން އިދިކޮޅު އިއްތިހާދުން މިއަދު ގޮވާލައިފި އެވެ.