ޒާރާގެ އާ މޭކަޕް ލައިނެއް، މިހާރު ގަނެވޭނެ

ސްޕެއިންގެ މަޝްހޫރު ފެޝަން ކުންފުނި ޒާރާ އިން އާ މޭކަޕް ލައިނެއް ތައާރަފުކޮށްފި އެވެ.


"ދަ ޒާރާ އަލްޓިމޭޓް ކަލެކްޝަން"ގެ ނަމުގައި ތައާރަފުކޮށްފައިވާ މި ލުއި މޭކަޕް ކިޓްގައި ހިމެނެނީ ލިޕްސްޓިކް، ލިކުއިޑް ލިޕްސްޓިކް، ލިޕް ލައިނާއެއް އަދި މޭކަޕް ކޭހެކެވެ.

ޒާރާ އިން ބުނި ގޮތުގައި ލިޕްސްޓިކާއި ލިކުއިޑް ލިޕްސްޓިކްގައި ތަފާތު ޝޭޑްސް ހިމެނޭނެ އެވެ. އެގޮތުން ވަކިވަކިން ބޭނުން ޝޭޑެއްގެ ލިފްސްޓިކް ގަނެވިދާނެ އެވެ. އެގޮތުން 12 ޝޭޑެއްގެ ލިޕްސްޓިކް ހިމެނޭ އިރު ލިކުއިޑް ލިޕްސްޓިކްގައި އަށް ޝޭޑެއް ހިމެނޭނެ އެވެ.

"ދަ ޒާރާ އަލްޓިމޭޓް ކަލެކްޝަން" މިއަދުން ފެށިގެން ޒާރާގެ ވެބްސައިޓުން ގަންނަން ލިބޭނެ އެވެ.

"މިއީ ލުއި މޭކަޕް ކަލެކްޝަނަކަށް ވިޔަސް، ކޮލިޓީގެ ގޮތުން ވަރަށް ރަނގަޅު ކަލެކްޝަނަކަށް ވާނެ. އަހަރެމެންގެ އެންމެ ބޮޑު ޓާގެޓަކީ ވެސް ކަސްޓަމަރުން އަތްފޯރާ އަގެއްގައި ކޮލިޓީ އުފެއްދުންތަކެއް ފޯރުކޮށް ދިނުން،" ޒާރާ އިން ބުންޏެވެ. "މި ކަލެކްޝަން ތައްޔާރުކޮށްފައި ވަނީ ވޯގްގެ މަޝްހޫރު މޭކަޕް އާޓިސްޓް ޕޭޓް މެގްރެތު އިންސްޕިރޭޝަނަކަށް ބަލައިގެން."

ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު

3

ވިލިމާލެ ދާއިރާ