"ބްލެކް ފޭސް" ޖަމްޕަރުގެ މައްސަލާގައި ގުޗީ މާފަށް އެދެފި

އިޓަލީގެ މަޝްހޫރު ފެޝަން ކުންފުނި ގުޗީން ދާދި ފަހުން ވޫލް އިން ތައްޔާރުކޮށް "ބްލަކްލާވާ" ގެ ނަމުގައި ނެރުނު ޖަމްޕަރު ސިފަކޮށް ދެނީ "ކަޅު މޫނެއް" ކަމަށާއި އެއީ ނަސްލީ ތަފާތު ކުރުމަށް ހިތްވަރުދޭ އުފެއްދުމެއް ކަމަށް ބުނެ ފާޑު ކިޔުމުން މާފަށް އެދެފި އެވެ.


ކަޅު ކުލައިގެ މި ޖަމްޕަރުގެ ކަރު ހުންނަނީ ނޭފަތާ ހަމައަށް ދަމައިލެވޭ ގޮތަށް، އަދި ތުންފަތާ ދިމާއިން ލޯވަޅެއް ކަނޑައި އޭގެ ވަށައިފެން ރަތް ކުލައިގެ ވޫލުން ވިޔެފަ އެވެ.

ގިނަ ބަޔަކަށް މި މައްސަަލައަކަށް ވީ ޖަމްޕަރު ނޭފަތާ ހަމައަށް ދަމާލުމުން މޫނުގެ ބޮޑު ބައި ކަޅުކޮށް އިންނާތީ އެވެ. އަދި އެއީ ކަޅު މީހުންނަށް ޖެހި ޖޯކެއްގެ ގޮތުގައި، މިއަށް ފާޑުކީ ބައެއް މީހުން ޓްވިޓާގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން "ބްލެކް ފޭސް" ޖަމްޕަރު ވިއްކުން ހުއްޓާލައި، މާފަށް އެދުމުން ގުޗީން ބުނީ އެ ކުންފުންޏަކީ އަބަދުވެސް އެންމެން ގަޔާވާ އުފެއްދުންތައް ގެނެސް ދޭން މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ. އަދި މި ފަހަރު ނެރެވުނު އުފެއްދުމަކީ ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަމާ ދޭތެރޭ އިތުރަށް ވިސްނައިލަން ލިބުނު ރަނގަޅު ފިލާވަޅެއް ކަމަށެވެ.