ފެޝަން އައިކޮން ކާލް ލެގަފެލްޑް މަރުވެއްޖެ

ފެޝަންގެ ދުނިޔޭގައި އެންމެ ނުފޫޒު ގަދަ އެއް ޑިޒައިނަރު ކަމަށްވާ ޖަރުމަންގެ މަޝްހޫރު ފެޝަން ޑިޒައިނަރު ކާލް ލެގަފެލްޑް މަރުވެއްޖެ އެވެ.


ބަލިވެ އުޅޭތާ ދުވަސްތަކެއް ފަހުން ފްރާންސްގެ ހޮސްޕިޓަލެއްގައި، އުމުރުން 85 އަހަރުގައި ލެގަފެލްޑް މަރުވީ އިއްޔެ އެވެ.

ޝެނެލް އާއި ފެންޑީ ފަދަ މަޝްހޫރު ފެޝަން ބްރޭންޑްތަކުގެ ކްރިއޭޓިވް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފެޝަން އައިކަން ލެގަފެލްޑް މަރުވި ޚަބަރާ އެކު، މަޝްހޫރު ވަރަށް ގިނަ ފަންނާނުން ވަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅުކޮށްފަ އެވެ. ގިނަ ބަޔަކު ބުނެފައިވާ ގޮތުން ގެއްލިގެން ދިޔައީ ފެޝަންގެ ދުނިޔޭގެ "ޖިނިއަސް" އެކެވެ. އަދި ލެގަފެލްޑްގެ ވަކިވުމަކީ ފޫބުނެއްދޭ ވަރުގެ ގެއްލުމެއްގެ ގޮތުގައި ސިދަކޮށްފައިވެ އެވެ.

ލެގަފެލްޑަކީ އޭނާގެ ކެރިއަރުގައި ވަރަށް ތަފާތު ސްޓައިލެއް ވެސް ގެންގުޅުނު ޑިޒައިނަރެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކަަމަކީ އޭނާގެ އިސްތަށިގަނޑު ފަހަތުން އައްސާފައި ހުރުމާއި އަބަދުމެހެން އަޅާ އަނދިރި ކުލަތަކުގެ އައިނެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ