25 ފެބުރުއަރީ

February 25, 2017 5
1000 ފޫޓު މަތީ އެލިގެން އޮވެ ނެގި ފޮޓޯ

ރަޝިއާގެ މޮޑެލްއެއް ކަމަށްވާ ވިކީ އޮޑިންކޮވާ، ޑުބާއިގެ އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭ ކާޔަން ޓަވަރަށް އަރައި ސަލާމަތީ ގޮތުން އެއްވެސް އެއްޗެއް ބޭނުން ނުކޮށް އިމާރާތުގެ މަތިން އެލިގެން އޮވެ ފޮޓޯއެއް ނެގި މައްސަލަ ވަނީ ހޫނުވެފަ އެވެ. އޭނާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

24 ފެބުރުއަރީ

February 24, 2017
ފުންނާބު އުސް އެންމެ ރަނގަޅު ބޫޓަކީ ކޮބާ؟

އަންހެނުން އެންމެ ގަޔާވާ އެއް އެކްސެސަރީ އަކީ ބޫޓެވެ. އަދި އުސް ކަށި ހުންނަ ހީލް އަކީ އެންމެ މަގުބޫލު ސްޓައިލެވެ. އެކަމަކު ބަލައިލަން ހިތްގައިމު ނަމަވެސް މިއީ އަރައިގެން އުޅެން އުނދަގޫ އަދި ފަޔަށް ތަދުވާ ބޫޓެކެވެ.

23 ފެބުރުއަރީ

February 23, 2017 1
ފިނިހޫނުމިނަށް އިސްތަށީގެ ކުލަ ބަދަލުވާ ހެއާ ޑައިއެއް

އިސްތަށިގަނޑުގައި ތަފާތު ކުލައެއް ޖައްސާލުމަކީ ގިނަ އަންހެން ކުދިންނަށް ވަރަށް ކަމުދާ ކަމެކެވެ. އަދި އިސްތަށިގަނޑުގެ ކުލަ ބަދަލުކުރާ ކޮންމެ ފަހަރަކު އިސްތަށި ފައިބާ، ހަންގަނޑު ހަލާކުވެ ޑޭންޑްރަފް ވުން ފަދަ ކަންތައްތައް އާއްމުކޮށް ދިމާވެ އެވެ. މި މައްސަލަ ކުޑަކުރުމަށް، އިނގިރޭސިވިލާތުގެ ކުންފުންޏަކުން އާ އީޖާދެއް ކޮށްފި އެވެ.

21 ފެބުރުއަރީ

February 21, 2017 2
ނީލް-ރުކްމިނި ކައިވެނީގެ ހަފުލާގައި ވަރަށް ނަލަ

ބޮލީވުޑް ދަންނަ މީހުންނަށް ނީލް ނިތިން މުކޭޝް އަލެއް ނުވާނެ އެވެ. ޖޮނީ ގައްދާރް އަދި ނިއު ޔޯކް ފަދަ ފިލްމުތަކުން ފެނިފައިވާ ނީލް އަކީ ގިނަ އަންހެން ކުދިންގެ "ޕޯސްޓާ ބޯއި" އެކެވެ. އެކަމަކު ނީލް ވަނީ މި މަހު އޭނާގެ ލޯބިވެރިޔާ ރުކްމިނި ސަހޭއާ ކައިވެނިކޮށް ވަރަށް ކުލަ ގަދަ ހަފުލާއެއްގައި ބާއްވައިފަ އެވެ.

20 ފެބުރުއަރީ

February 20, 2017 2
ބުރުގާ އެޅި މޮޑެލްއަކަށް ބޮޑެތި ހުށަހެޅުންތަކެއް

ބުރުގާ އަޅައިގެން އެމެރިކާގެ ރީތީގެ މުބާރާތް، މިސް ޔޫ.އެސް.އޭ ގައި ވާދަކުރި ހަލީމާ އޭޑެން އަކީ އެ މުބާރާތުގައި އެގޮތަށް ވާދަކުރި ފުރަތަމަ މުސްލިމެވެ. މިހާރު އޭނާ އަކީއެންމެ ބޮޑު މޮޑެލް އޭޖެންސީތަކުގެ ތެރޭގައި ހިމެނޭ އައިއެމްޖީ މޮޑެލްސްގެ މޮޑެލެކެވެ.

19 ފެބުރުއަރީ

February 19, 2017 1
ޓްރަމްޕުގެ ސިޔާސަތާ ދެކޮޅަށް މުސްލިމެއްގެ ފެޝަން ޝޯއެއް

ނިއު ޔޯކްގައި ކުރިއަށްދާ ފޯލް ވިންޓާ ފެޝަން ވީކް މިފަހަރު ވަރަށް ތަފާތެވެ. ޑިޒައިނަރުން ފަރުމާކޮށްފައިވާ ހެދުންތައް ދައްކާލުމުގެ އިތުރުން އެމީހުންގެ ސިޔާސީ ފިކުރުތައް ވެސް ފެނިގެން ދިޔަ އެވެ.

18 ފެބުރުއަރީ

February 18, 2017 1
ކުށްވެރިޔާ ރީތިކަމުން މަޝްހޫރުވެ މޮޑެލްކުރަން ފަށައިފި

މަނާ ހަތިޔާރު ގެންގުޅުގެން އެމެރިކާގައި ހައްޔަރުކޮށް ފުލުހުން ފޮޓޯ އާންމުކުރުމުން މަޝްހޫރުވި ޖެރެމީ މީކްސް މިނިވަންވެ އެންމެ ފަހުން މޮޑެލްކުރަން ރަންވޭއަށް ނިކުމެއްޖެ އެވެ.

14 ފެބުރުއަރީ

February 14, 2017
ޔޫކޭގެ ޑިޕާޓްމަންޓް ސްޓޯރެއްގައި އަލަށް ބުރުގާ ވިއްކަނީ

ބުރުގާ ވިއްކަން ފަށާ، އިނގިރޭސިވިލާތުގެ އެންމެ ފުރަތަމަ ޑިޕާޓްމެންޓް ސްޓޯރު ކަމަށް ވުމަށް "ޑެބެންހޭމްސް" ތައްޔާރުވެއްޖެ އެވެ.

February 14, 2017 3
ތަފާތު "ތަކެތި" ދިވެހިންނާ ގުޅޭ ގޮތަށް

"ތަކެތި" އަކީ ފަހުގެ ދިވެހި ބްރޭންޑެކެވެ. ތަފާތު ގޮތަކަށް ތަކެތި އުފައްދާ ބްރޭންޑެކެވެ. ތާނަ އަކުރު އަދި ނަންބަރު ފޮތް، ޕްރިންޓު ޖަހާފައިވާ ދަބަސް އަދި އެކި ސައިޒުގެ ނޯޓު ފޮތަކީ...

12 ފެބުރުއަރީ

February 12, 2017 1
"ފިފްޓީ ޝޭޑްސް ޑާކާ" އިން ތަފާތު ހެދުމެއް

މަޝްހޫރު ފިލްމް "ފިފްޓީ ޝޭޑްސް އޮފް ގްރޭ"ގެ ސީކުއަލް "ފިފްޓީ ޝޭޑްސް ޑާކާ" މި މަހު ރިލީޒްކުރުމާ އެކު ފިލްމުގެ ލީޑު ކެރެކްޓާއެއް ކަމަށްވާ އެނެސްޓޭޝިއާ ސްޓީލް އެ ފިލްމުގައި ލައިގެން އުޅޭ ހެދުމަކަށް ސަމާލުކަން ވަނީ ލިބިފަ އެވެ.

11 ފެބުރުއަރީ

February 11, 2017 7
އަވަހަށް އަޅާލެވޭނެ ބުރުގާގެ ސްޓައިލްތަކެއް

މިހާރު ސްޓައިލްގެ މިފަހަރުގެ ވީޑިއޯއިން ފެނިގެންދާނީ ހުނަރުވެރި ބުރުގާ ސްޓައިލިސްޓް އަމިނަތު އިބްރާހިމް (ކުޑީ)ގެ ތަފާތު ދެ ސްޓައިލެކެެވެ. މިއީ ޝިފޯން ފޮތީގެ ބުރުގާ ބޭނުންކޮށްގެން ތައްޔާރު ކޮށްލެވޭނެ ސްޓައިލްތަކެކެވެ.

10 ފެބުރުއަރީ

February 10, 2017
މިއީ ކުނިން އުފައްދާފައިވާ ހެދުމެއް

ތިމާވެއްޓާ ރަހުމަތްތެރިކޮށް ހެދުން އުފައްދާ ބްރޭންޑުތައް މަދެވެ. "ފޮރެވާ 21" ބްރޭންޑުން އަގު ހެޔޮ ޓްރެންޑީ ހެދުން ކޮންމެ އަހަރަކު ގިނަ އަދަދަކަށް އުފެއްދި ނަމަވެސް ތިމާވެއްޓާ މެދު ވިސްނަނީ ކިހާ ވަރަކަށް ކަމާ މެދު ސުވާލު އުފެދެ އެވެ. އެކަމަކު މަޝްހޫރު ބްރޭންޑްް "އެޗް އެންޑް އެމް" އިން ކޮންމެ އަހަރަކު އެ ބްރޭންޑުގެ ސަސްޓެއިނަބަލް...

09 ފެބުރުއަރީ

February 09, 2017
"ދަ ވީކެންޑް"ގެ ކަލެކްޝަން އެޗް އެންޑް އެމްއާ އެކު

މިއުޒިކް ދުނިޔޭގެ އެންމެ މަގުމޫލު ފަންނާނުންގެ ތެރޭގައި ހިމެނޭ "ދަ ވީކެންޑް" އަކީ މިއުޒިކްގެ އިތުރުން ފެޝަންގެ ދުނިޔޭގައި ވެސް އަރަމުން އަންނަ ތަރި އެކެވެ. ދަ ވީކެންޑްގެ ނަމުން...

February 09, 2017
އިންޑިއާގެ ލެކްމޭ ފެޝަން ވީކްގެ އުސްއަލިތައް

އިންޑިއާގެ އެންމެ ބޮޑެތި ފެޝަން ބްރޭންޑުތައް މި މަހު މުމްބާއިގެ ޖިއޯ ގާޑެން ބަންދްރަ ކުރްލާ ކޮމްޕްލެކްސްގައި ވަރަށް ކުލަގަދަކޮށް އެކި ޑިޒައިންތައް ދައްކާލި އެވެ. ހަފުތާއެއް...

06 ފެބުރުއަރީ

February 06, 2017
ފޮތީގެ އާދަޔާ ޚިލާފު ރީތި މަސައްކަތެއް

އިނގިރޭސިވިލާތުގެ އާޓިސްޓް ބެންޖަމިން ޝައިންގެ މަސައްކަތް ފެޝަންގެ ދުނިޔެއިން ފާހަގަވީ މޭސަން މާޓިން މާޖެލާގެ ކުޓުއާ ޝޯގައި ހުށަހަޅައިދިން ޑިޒައިންތަކެއްގެ ސަބަބުންނެވެ. ފުރަތަމަ ބަލައިލާއިރު ހީވަނީ ފެންކުލައިން ކުރަހާފައި ހުރި ހެންނެވެ. ނަމަވެސް، ގާތުން ބެލުމުން އެއީ ފޮތިން ތައްޔާރުކޮށްފައިވާ މަންޒަރެއްކަން އެނގެ އެވެ. މިއީ...

05 ފެބުރުއަރީ

February 05, 2017 2
އިވަންކާގެ ހެދުން ކަލެކްޝަނަށް ބޮއިކޮޓްކުރަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕްގެ ފެޝަން ކަލެކްޝަން މިހާރު ވަނީ އެކި ފިހާރަތަކުން ވިއްކުން ހުއްޓާލައިފަ އެވެ. ލަގްޒަރީ ހެދުމާއި ގަހަނާ އަދި އެކްސެސަރީޒް ވިއްކާ ފިހާރަތަކުގެ ތެރޭގައި ހިމެނޭ ނޯޑްސްޓްރޮމް އަދި ނީމަން މާކަސް އިން ވަނީ މިކަމުގައި އިސްނަގައިފަ އެވެ. މި ދެ ފިހާރައިން ވެސް ވަނީ...

04 ފެބުރުއަރީ

February 04, 2017 1
މިއަހަރު މަގުބޫލު ވާނެ ޓްރެންޑްތައް

މި އަހަރު މަގުބޫލު ވާނެ ޓްރެންޑްތަކާ މެދު ގިނަ ބަޔަކު ދަނީ އަދިވެސް ބަހުސް ކުރަމުންނެވެ. ޗޯކާޒް އާއި އޮފް ޝޯލްޑާ ޓޮޕަކީ މިދިޔަ އަހަރު އެންމެ މަގުބޫލުވި ވައްތަރުތަކެވެ. ނަމަވެސް، މިއަހަރު ތަފާތު އަދި ލަތީފީ ސްޓައިލްތަކަށް ހެދުމާއި އެކްސެސެރީޒް ލުމަށް ޑިޒައިނަރުން އަދި ސްޓައިލިސްޓުން ނަސޭހަތްތެރިވެ އެވެ.

03 ފެބުރުއަރީ

February 03, 2017 1
ކޭކެއް ނޫން، އަތްދަބަހެއް

އިންސްޓަގްރާމާއި ސްނެޕްޗެޓް ފަދަ ސޯޝަލް މިޑިއާ ސައިޓުތަކުން އެންމެ ގިނައިން ފެންނަ އެކައްޗަކަށް ވާނީ ރީތި ގޮތްގޮތަށް ހުންނަ، ކުޅު ދިޔާކޮށްލާ ކަހަލަ ކާނާ އެވެ. އެކަމަކު އެމީހަކަށް އެންމެ ކަމުދާ ފޮނި ކާއެއްޗެއް އަތް ދަބަހެއްގެ ގޮތުގައި ބޭނުންކުރަން ކެރޭނެހެއްޔެވެ؟

02 ފެބުރުއަރީ

February 02, 2017
ހިޔާލީ ވާހަކައަކުން އުފެދުނު ހެދުންތައް

ފްރާންސް ބަހުން އޯތު ކުޓުއާ ފެޝަން އަކީ އެންމެ މަތީ ފަންތީގެ ފެހުމެވެ. އެގޮތުން ކޮންމެ އަހަރަކު ބާއްވާ ކުޓުއާ ފެޝަން ވީކްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންމެ ބޮޑު ފެޝަން ބްރޭންޑުތަކުން އެމީހުންގެ ޑިޒައިން އަދި ފެހުމުގެ ހުނަރު ދައްކާލަ އެވެ.

30 ޖެނުއަރީ

January 30, 2017
އެމެރިކާގެ އެންމެ ސްޓައިލިޝް ރައީސަކީ އޮބާމާ

އެމެރިކާގެ އެންމެ މަގުބޫލު އަދި ގިނަ ބައެއްގެ ލޯބި ލިބުނު ރައީސުންގެ ތެރޭގައި އެންމެ ފަހުން ވެރިކަން ކުރެއްވި ބަރަކް އޮބާމާ ހިމެނެ އެވެ. އޮބާމާގެ އަނބިކަނބަލުން މިޝޭލް ވެސް ވަރަށް މަގުބޫލެވެ. މިޝޭލްގެ ތަފާތު ސްޓައިލަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެ އެވެ. އެކަމަކު އޮބާމާ ހެދުން އެޅުއްވުމުގެ ސްޓައިލަށް ވެސް ލިބޭ ތަރުހީބު ބޮޑެވެ.

23 ޖެނުއަރީ

January 23, 2017
ޓްރަމްޕު ހުވާކުރެއްވި ރަސްމިއްޔާތުން ފާހަގަވި ސްޓައިލް

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމާ ހަވާލުވެޑައިގަތުމުގެ ރަސްމިއްޔާތު ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަގުތުން ބެލިއިރު އޭނާގެ ވާހަކަފުޅާއި ގެންގުޅުއްވި ހަރަކާތްތައް އަދި އަނބިކަނބަލުން މިލާނިއާ އާއި ދަރިކަނބަލުން އިވަންކާ އަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއް ލިބުނެވެ.

21 ޖެނުއަރީ

January 21, 2017
ލަންކާގެ ބިއުޓިޝަނެއް، ރާއްޖޭގައި 25 އަހަރު

ސްރީ ލަންކާ އަށް އުފަން ސުސިލަ ދައްމިއަންތި ވިޖެތިލެކަ ނުވަތަ ދައްމި އަކީ ރާއްޖޭގެ ބިއުޓީ ދާއިރާގައި ފަރިތަ މޫނެކެވެ.