09 މާޗް

March 09, 2020 7
ފަޅު ދަނޑެއްގައި އިންޓަ ބަލިކޮށް ޔުވެންޓަސް ކުރިއަށް

ޓިއުރިން (މާޗް 9) – ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ގޮތުން ސަޕޯޓަރުން ނުވައްދާ ކުޅުނު މެޗުން އިންޓަ މިލާން 2-0 އިން ބަލިކޮށް ޔުވެންޓަސް އިން އިޓާލިއަން ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

23 ފެބުރުއަރީ

February 23, 2020 3
ރޮނާލްޑޯގެ 1000 ވަނަ މެޗުގައި ރެކޯޑަކާ އެއްވަރުކޮށްފި

ޓިއުރިން (ފެބްރުއަރީ 23) – ކްރިސްޓިއާނޯ ރޮނާލްޑޯ ޕްރޮފެޝަނަލް ކެރިއަރުގައި ކުޅުނު 1000 ވަނަ މެޗުގައި، ރޭ އިޓާލިއަން ލީގުގައި ސްޕާލް އަތުން 2-1 އިން ޔުވެންޓަސް މޮޅުވިއިރު ރޮނާލްޑޯ ލަނޑު ޖަހައި ހާއްސަ ރެކޯޑަކާ އެއްވަރުކޮށްފި އެވެ.

11 ފެބުރުއަރީ

February 11, 2020 1
ސާރީއާ މެދު ޔުވެންޓަސް އިން އުއްމީދު ކަނޑާލަނީ؟

ޓިއުރިން (ފެބްރުއަރީ 11) – އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އިން ކޯޗު މައުރީޒިއޯ ސާރީ ވަކިކޮށް ކުރީގެ ކޯޗު މަސިމިލިއާނޯ އެލެގްރީ އަލުން ގެންނަން އުޅޭ ކަމަށާއި ނުވަތަ އަންނަ ސީޒަނުގައި މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ ގެންނަން ވިސްނާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

09 ފެބުރުއަރީ

February 09, 2020 1
ޔުވެންޓަސް ބަލިވިޔަސް ރޮނާލްޑޯ ރެކޯޑް ހަދައިފި

ވެރޯނާ (ފެބްރުއަރީ 9) – ޖެހިޖެހިގެން 10 މެޗުގައި ލަނޑު ޖަހައި ކްރިސްޓިއާނޯ ރޮނާލްޑޯ ކްލަބް ރެކޯޑެއް ގާއިމްކުރި މެޗުން ހެލަސް ވެރޯނާ އަތުން 2-1 އިން ބަލިވެ ޔުވެންޓަސް އަށް އިޓާލިއަން ލީގު ދިފާއުކުރުމުގެ މަސައްކަތުގައި އަނެއްކާ ވެސް ކުޑަ މަޑުޖެހިލުމެއް އަތުވެއްޖެ އެވެ.

27 ޖެނުއަރީ

January 27, 2020 2
ނަޕޯލީން ޔުވެންޓަސް ބަލިކޮށްފި

ނޭޕްލްސް (ޖެނުއަރީ 27) - އިޓާލިއަން ލީގުގައި ރޭ، މިވަގުތު ފޯމުން ކަޓާފައިވާ ނަޕޯލީ އަތުން ޗެމްޕިއަން ޔުވެންޓަސް 2-1 އިން ބަލިވެއްޖެ އެވެ.

20 ޖެނުއަރީ

January 20, 2020
ރޮނާލްޑޯގެ ދެ ގޯލުން ޔުވެންޓަސް ލީޑު ފުޅާކޮށްފި

ޓިއުރިން (ޖެނުއަރީ 20) – އިޓާލިއަން ލީގުގައި އިއްޔެ އިންޓަ މިލާނާއި ލެއްޗޭ 1-1 އިން އެއްވަރުވުމުގެ ފައިދާ ނަގައި، ޔުވެންޓަސް އިން ރޭ ޕާމާ އަތުން 2-1 އިން މޮޅުވެ ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

13 ޖެނުއަރީ

January 13, 2020
ޔުވެންޓަސް އެއް ވަނަ އަށް އަރައިފި

ރޯމް (ޖެނުއަރީ 13) – ރޯމުގައި އޭއެސް ރޯމާ 2-1 އިން ބަލިކޮށް އިޓާލިއަން ލީގުގެ އެއް ވަނަ މަގާމަށް ޔުވެންޓަސް އަރައިފި އެވެ.

12 ޖެނުއަރީ

January 12, 2020
އިންޓަ އެއްވަރުވުމުން ޔުވެންޓަސް އަށް ފުރުސަތެއް

މިލާން (ޖެނުއަރީ 12) – އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާން ރޭ އެޓަލާންޓާއާ 1-1 އިން އެއްވަރުވުމުން، ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް އެއް ވަނަ އަށް އެރުމުގެ މަގުފަހިވެއްޖެ އެވެ.

07 ޖެނުއަރީ

January 07, 2020
ރޮނާލްޑޯ އަށް ހެޓްރިކެއް، އިންޓަ ލީގުގެ ކުރީގައި

ޓިއުރިން (ޖެނުއަރީ 7) – ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކުން ކަލިއާރީ އަތުން 4-0 އިން މޮޅުވެ ޔުވެންޓަސް އިޓާލިއަން ލީގުގެ ތާވަލުގެ އެއް ވަނަ އަށް އިއްޔެ ހަވީރު އެރި ނަމަވެސް ރޮމެލޫ ލުކާކޫގެ ދެ ލަނޑާ އެކު ނަޕޯލީ 3-1 އިން ބަލިކޮށް އިންޓަ މިލާން ރޭ އަލުން އެއް ވަނަ އަށް އަރައިފި އެވެ.

19 ޑިސެމްބަރ

December 19, 2019 11
ރޮނާލްޑޯގެ ގޯލަށް ސަމާލުކަން، ޔުވެންޓަސް ކުރިއަށް

ޖެނޯވާ (ޑިސެމްބަރު 19) – ކްރިސްޓިއާނޯ ރޮނާލްޑޯ އަށެއްކަ ފޫޓް މައްޗަށް ފުންމައިގެން އަރައި ބޮލުން ޖެހި ގޯލާ އެކު ސަމްޕްޑޯރިއާ އަތުން 2-1 އިން ޔުވެންޓަސް މޮޅުވެ އިޓާލިއަން ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

16 ޑިސެމްބަރ

December 16, 2019
އިންޓަ މުހިއްމު ދެ ޕޮއިންޓް ގެއްލުވާލައިފި

ޓިއުރިން (ޑިސެމްބަރު 16) – އިޓާލިއަން ލީގުގައި ރޭ ފަހު ވަގުތު ފިއޮރެންޓީނާއާ 1-1 އިން އެއްވަރުވެ އިންޓަ މިލާނަށް އެއް ވަނައިގައި ލީޑު ފުޅާކުރެވޭ ގޮތެއް ނުވި އެވެ.

08 ޑިސެމްބަރ

December 08, 2019 3
ޔުވެންޓަސް ބަލިވެ ފުރުސަތު ގެއްލިއްޖެ

ރޯމް (ޑިސެމްބަރު 8) – ލާޒިއޯ އަތުން 3-1 އިން ބަލިވެ އިޓާލިއަން ލީގުގެ ތާވަލުގެ އެއް ވަނަ އަށް އަރަން ޗެމްޕިއަން ޔުވެންޓަސް އަށް ލިބުނު ފުރުސަތު ރޭ ގެއްލިއްޖެ އެވެ.

02 ޑިސެމްބަރ

December 02, 2019
ޔުވެންޓަސް ފަހަތަށް ޖައްސާލައި އިންޓަ އެއް ވަނަ އަށް

މިލާން (ޑިސެމްބަރު 2) – އިޓާލިއަން ލީގުގައި އިއްޔެ ޔުވެންޓަސް އާއި ސަސުއޮލޯ 2-2 އިން އެއްވަރުވުމުގެ ފައިދާ ނަގައި، އިންޓަ މިލާނުން ސްޕާލް 2-1 އިން ބަލިކޮށް ތާވަލުގެ އެއް ވަނަ އަށް އަރައިފި އެވެ.

24 ނޮވެމްބަރ

November 24, 2019 1
ހިގުއައިންގެ ލަނޑުތަކުން ޔުވެންޓަސް އަށް މޮޅެއް

ބެރްގާމޯ (ނޮވެމްބަރު 24) - ގޮންޒާލޯ ހިގުއައިން ވައްދާލި ލަނޑުތަކާ އެކު ފަހަތުން އަރައި އެޓަލާންޓާ 3-1 އިން ބަލިކޮށް ޔުވެންޓަސް އިން އިޓާލިއަން ލީގުގެ އެއް ވަނައިގައި އެއް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.

11 ނޮވެމްބަރ

November 11, 2019 21
ބަދަލުކުރުމުން ރޮނާލްޑޯ މެޗު ނުނިމެނީސް ގެޔަށް؟

ޓިއުރިން (ނޮވެމްބަރު 11) – އިޓާލިއަން ލީގުގައި ރޭ އޭސީ މިލާން އަތުން 1-0 އިން ޔުވެންޓަސް މޮޅުވެ ތާވަލުގެ އެއް ވަނަ އަށް އަލުން އެރި މެޗުގައި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބޭލުމުން އޭނާ މެޗު ނުމެނީސް ސްޓޭޑިއަމުން ނުކުމެގެން ގެޔަށް ދިޔައީ ކަމަށް ސްކައި ސްޕޯޓްސް އިޓާލިއާ އިން ރިޕޯޓްކޮށްފި އެވެ.

03 ނޮވެމްބަރ

November 03, 2019 1
ޑި ލިޓް ޔުވެންޓަސްގެ މަގާމު ދަމަހައްޓައިދީފި

ޓިއުރިން (ނޮވެމްބަރު 3) - އިޓާލިއަން ލީގުގައި ރޭ ޒުވާން ޑިފެންޑަރު މަތައިސް ޑި ލިޓްގެ ގޯލާ އެކު 1-0 އިން ޓޮރީނޯ ބަލިކޮށް އެންމެ ފަހުގެ ޔުވެންޓަސް އިން ލީގުގެ އެއް ވަނަ މަގާމު ދަމަހައްޓައިފި އެވެ.

27 އޮކްޓޯބަރ

October 27, 2019
ޔުވެންޓަސް އާއި އިންޓަ ވެސް ފުރުސަތު ނަގާލައިފި!

އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އަށް ދިމާވީ ހިތްދަތިގޮތެކެވެ. އަލަށް ޕްރޮމޯޓްވި، އަދި ރެލިގޭޝަން ޒޯނުގައި އޮތް ލެއްޗޭއާ 1-1 އިން އެއްވަރުވީ އެވެ. އެކަމަކު އޭގެ ފައިދާ ނަގައި ތާވަލުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު އިންޓަ މިލާނަށް ވެސް ގެއްލުނީ އެވެ. ޕާމާއާ 2-2 އިން އެއްވަރުވެގެންނެވެ.

20 އޮކްޓޯބަރ

October 20, 2019 1
ބުފޮންގެ އެހީއާ އެކު ޔުވެންޓަސް އަށް މޮޅެއް

ޓިއުރިން (އޮކްޓޯބަރު 20) – އުމުރުން 41 އަހަރުގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންގެ އެހީއާ އެކު ރޭ ބޮލޯނިއާ އަތުން އަމިއްލަ ދަނޑުގައި 2-1 އިން މޮޅުވެ ޔުވެންޓަސް އިން އިޓާލިއަން ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ.

07 އޮކްޓޯބަރ

October 07, 2019 4
އިންޓަ ބަލިކޮށް ޔުވެންޓަސް އެއް ވަނަ އަށް

މިލާން (އޮކްޓޯބަރު 7) – ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެއް ވަނައިގައި އޮތް އިންޓަ މިލާން އަތުން 2-1 އިން މޮޅުވެ ޔުވެންޓަސް އިން އިންޓަނޭޝަނަލް ބްރޭކުގެ ކުރިން އިޓާލިއަން ލީގުގެ އެއް ވަނަ އަށް ރޭ އަރައިފި އެވެ.

06 އޮކްޓޯބަރ

October 06, 2019
މިއީ ފުޓްބޯޅަ މެޗެއް، ހަނގުރާމައެއް ނޫން: ކޮންޓޭ

މިލާން (އޮކްޓޫބަރު 6) - އިޓާލިއަން ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅެނީ ފުޓްބޯޅަ މެޗެއް ކަމަށާއި މިއީ ހަނގުރާމައެއް ގޮތަށް ސިފަކޮށް ހަމަނުޖެހުމަށް ޖާގަދިނުމުގެ ވިސްނުން މީހުންގެ ސިކުނޑިން ފޮހެލަންޖެހޭ ކަމަށް އިންޓަ މިލާނުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.