28 ސެޕްޓެމްބަރ

September 28, 2017 1
ގަދަބާރުތައް ކާމިޔާބު ހޯދި ރޭ ބަޔާނަށް ހިތްދަތިކަން

ޕެރިސް (ސެޕްޓެމްބަރު 28) – ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ޔޫރަޕުގެ ގަދަބާރުތައް ކަމަށްވާ އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑާއި ސްޕެއިނުގެ ބާސެލޯނާ އާއި އިޓަލީގެ ޔުވެންޓަސް އިން މޮޅުތަކެއް ހޯދިއިރު ޖަރުމަނުގެ ބަޔާން މިއުނިކް ފްރާންސުގެ ޕީއެސްޖީގެ އަތްދަށުވެއްޖެ އެވެ.

21 އޯގަސްޓް

August 21, 2017 10
ބާސާގެ ބޯޑް މެމްބަރުންނަށް މައާފެއް ނެތް: ނޭމާ

ޕެރިސް (އޮގަސްޓް 21) - ބާސެލޯނާ ދޫކޮށްލީ ކްލަބާ އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށާއި އެހެން ނަމަވެސް އެ ކްލަބް ބޯޑް މެމްބަރުންނަށް މައާފް ނުކުރާނެ ކަމަށް އެ ޓީމު ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ބްރެޒިލްގެ ތަރި ނޭމާ ބުނެފި އެވެ.

04 އޯގަސްޓް

August 04, 2017 7
ނޭމާ 222 މިލިއަން ޔޫރޯގެ އަގަކަށް ބާސާ ދޫކޮށްލައިފި

ބާސެލޯނާ (އޮގަސްޓް 4) – ދުނިޔޭގެ ފުޓްބޯޅައިގެ ތާރީހުގައި މިހާތަނަށް އެންމެ އަގުބޮޑުކޮށް ކްލަބް ބަދަލުކުރި ކުޅުންތެރިއާގެ ގޮތުގައި ބްރެޒިލްގެ ނޭމާ ސްޕެއިނުގެ ބާސެލޯނާ ދޫކޮށް ފްރާންސުގެ ޕީއެސްޖީ އަށް ބަދަލުވެއްޖެ އެވެ.

02 އޯގަސްޓް

August 02, 2017 1
ނޭމާގެ ބޯނަސް ހިފަހައްޓަން ބާސެލޯނާ އިން ނިންމައިފި

ބާސެލޯނާ (އޮގަސްޓް 2) - ޕީއެސްޖީ އަށް ބަދަލުވާން އުޅޭކަމުގެ އަޑު ފެތުރިފައިވާ ބާސެލޯނާގެ ތަރި ނޭމާ އަށް އެ ޓީމުން ދޭން ޖެހޭ ބޯނަސް ހިފަހައްޓަން އެ ކްލަބްގެ ބޯޑުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

01 އޯގަސްޓް

August 01, 2017 4
ޕީއެސްޖީގެ މައްސަލަ ބާސާ އިން ޔުއެފާ އަށް ހުށަހަޅަނީ

ބާސެލޯނާ (އޮގަސްޓް 1) - ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ އަށް ޕީއެސްޖީން ކޮށްފައިވާ 220 މިލިއަން ޔޫރޯގެ ބިޑަކީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވައިދުތަކާ ހިލާފަށް ކޮށްފައިވާ ބިޑެއް ކަމަށް ބުނެ ޕީއެސްޖީގެ މައްސަލަ ބާސެލޯނާ އިން ޔުއެފާ އަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

30 ޖުލައި

July 30, 2017 4
"ނޭމާ އަށް މަރުހަބާ ކިޔާނަން، ވެރާޓީ މަޑުކުރާނެ"

ޕެރިސް (ޖުލައި 30) - ބްރެޒިލްގެ ތަރި ނޭމާ އަށް ޕީއެސްޖީން މަރުހަބާ ކިޔާނެ ކަމަށާއި އަދި އެ ޓީމަށް ކުޅޭ އިޓަލީގެ މިޑްފީލްޑަރު މާކޯ ވެރާޓީ ބާސެލޯނާ އަށް ބަދަލުނުވާނެ ކަމަށް ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.

29 ޖުލައި

July 29, 2017 13
މެސީގެ ހިޔަނީގައި ކުޅެން ނޭމާ ބޭނުމެއްނުވޭ: ރިޕޯޓް

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 29) - ބާސެލޯނާ ދޫކޮށްލަން ބްރެޒިލްގެ ތަރި ނޭމާ ބޭނުންވަނީ ލިއޮނަލް މެސީގެ ހިޔަނީގައި ހުރެގެން އިތުރަށް ކުރިއަށް ނުދެވޭނެތީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

23 ޖުލައި

July 23, 2017 2
ނޭމާ ހޯދަން 220 މިލިއަަން ޔޫރޯ ހޭދަކުރެވޭނެތަ؟

ޕެރިސް (ޖުލައި 23) - ބާސެލޯނާ އިން ނޭމާއާ އެކު އެންމެ ފަހުން ހެދި ކޮންޓްރެކްޓްގައި އޭނާ ވިއްކާލަން އެއްބަސްވާ އަގަކަށް ހަމަޖައްސާފައިވަނީ 220 މިލިއަން ޔޫރޯ އެވެ. ރިޕޯޓްތައް ބުނާގޮތުން ނޭމާ އަށް ފްރާންސްގެ ޕީއެސްޖީން އެ އަގު ހުށަހަޅަން އޮތީ ތައްޔާރަށެވެ. އެހެން ނަމަވެސް ސުވާލު އުފެދިފައިވަނީ ޕީއެސްޖީން ނޭމާ އަށް މި އަގު ދޭނީ...

21 ޖުލައި

July 21, 2017 1
އެއްވެސް އަގެއްގައި ނޭމާ ނުވިއްކާނަން: ބާޓޮމެއު

ބާސެލޯނާ (ޖުލައި 21) - އެއްވެސް އަގެއްގައި ބްރެޒިލްގެ ތަރި ނޭމާ ނުވިއްކާނެ ކަމަށް ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ވިދާޅުވެއްޖެ އެެވެ.

19 ޖުލައި

July 19, 2017 1
ނޭމާގެ ބިޑަކީ ވެރާޓީ މައްސަލައިގެ ބަދަލު ހިފުމެއް

ބާސެލޯނާ (ޖުލައި 19) - ޕީއެސްޖީން ބާސެލޯނާގެ ތަރި ނޭމާ ގެންނަން އޭނާގެ ކޮންޓްރެކްޓްގައި ބުނާ 220 މިލިއަން ޔޫރޯ ހުށަހެޅީ އިޓަލީގެ މާކޯ ވެރާޓީ ގަންނަން ބާސެލޯނާ އިން ކުރާ މަސައްކަތުގެ ބަދަލު ހިފުމެއްގެ ގޮތުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

24 ޖޫން

June 24, 2017 2
ވެރާޓީ ބޭނުމީ ބާސާ، އެކަަމަކު ޕީއެސްޖީ ދުލެއް ނުދޭނެ

ޕެރިސް (ޖޫން 24) – ޕީއެސްޖީ ދޫކޮށް ބާސެލޯނާ އަށް ބަދަލުވާން އިޓަލީ މިޑްފީލްޑަރު މާކޯ ވެރާޓީ ބޭނުންވާ ކަމަށާއި އެކަމަކު ޕީއެސްޖީން އޭނާ ވިއްކާލުމުގެ ވިސްނުމެއް ނުގެންއުޅޭ ކަމަށް އެ ޓީމުގެ ކުރީގެ ޑިރެކްޓާ އޮފް ފުޓްބޯލް އަދި ފޯވާޑް ޕެޓްރިކް ކްލައިވެޓް ބުނެފި އެވެ.

11 މާޗް

March 11, 2017 23
ބާސެލޯނާ - ޕީއެސްޖީ މެޗުގެ ރެފްރީ އަށް އަދަބު ދެނީ؟

ލަންޑަން (މާޗް 11) - ޗެމްޕިއަންސް ލީގުގައި މިދިޔަ ބުދަ ދުވަހުގެރޭ ޕީއެސްޖީގެ މައްޗަށް ބާސެލޯނާ ކުރި ހޯދި މެޗުގެ ރެފްރީ ޖަރުމަނުގެ ޑެނިޒް އައިޓްކިން އަށް އަދަބުދޭން ޔުއޭފާގެ ރެފްރީސް ޕެނަލުން މަޝްވަރާ ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

09 މާޗް

March 09, 2017 64
ތާރީހީ މޮޅަކާ އެކު ދުނިޔެ ހައިރާންކޮށްލައި ބާސެލޯނާ ކުއާޓާއަށް

ބާސެލޯނާ (މާޗް 9) – ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން 4-0 އިން ބަލިވެފައިވަނިކޮށް ދެ ވަނަ ލެގުގައި ރޭ އެ ޓީމު އަތުން 6-1 އިން މޮޅުވެ، ޗެމްޕިއަންސް ލީގުގެ ތާރީހުން ޖާގަ ހޯދައި އަދި މުޅި ދުނިޔެ ހައިރާންކޮށްލުމަށް ފަހު ބާސެލޯނާ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ރޭ ޖާގަ...

15 ފެބުރުއަރީ

February 15, 2017 12
ޕީއެސްޖީގެ ބޮޑު މޮޅާ އެކު ބާސެލޯނާ ކަރުތާ ފެނަށް

ޕެރިސް (ފެބްރުއަރީ 15) – އެންހެލް ޑި މަރިއާގެ ދެ ގޯލާ އެކު، ސްޕެއިނުގެ ގަދަބާރު ބާސެލޯނާ އަތުން 4-0 އިން މޮޅުވެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާ ފިޔަވަޅަކާ ގާތަށް ފްރާންސުގެ ޗެމްޕިއަން ޕީއެސްޖީ ޖެހިލައިފި އެވެ.

14 ފެބުރުއަރީ

February 14, 2017
އެންރީކޭގެ ނަޒަރުގައި ފޭވަރިޓަކީ ޕީއެސްޖީ

ޕެރިސް (ފެބްރުއަރީ 14) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިރޭ ޕީއެސްޖީ އާއި ބާސެލޯނާ ބައްދަލުކުރާ މެޗުގެ ފޭވަރިޓަކީ ޕީއެސްޖީ ކަމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

February 14, 2017
ބާސެލޯނާއާ ދެކޮޅަށް ތިއާގޯ ސިލްވާއަށް ނުކުޅެވޭނެ

ޕެރިސް، ފްރާންސް (ފެބްރުއަރީ 14) – ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ޕީއެސްޖީގެ ކެޕްޓަން އަދި އިތުބާރު ޑިފެންޑަރު ތިއާގޯ ސިލްވާ އަށް...

12 ސެޕްޓެމްބަރ

September 12, 2016
ނޭމާ އަށް ޕީއެސްޖީން 190 މިލިއަން ޔޫރޯ ހުށަހެޅި

ބާސެލޯނާ (ސެޕްޓެމްބަރު 11) - ބާސެލޯނާގެ ބްރެޒިލް ފޯވާޑް ނޭމާ ގަތުމަށް ފްރާންސުގެ ޕީއެސްޖީން 190 މިލިއަން ޔޫރޯ ހުށަހެޅި ކަމަށް އޭނާގެ އޭޖެންޓް ވެގްނާ ރިބެއިރޯ ބުނެފި އެވެ.

20 ޖުލައި

July 20, 2016 1
"ބާސެލޯނާ އަށް ނޫނެކޭ ބުނުމަކީ ފަސޭހަކަމެއް ނޫން"

ޕެރިސް، ފްރާންސް (ޖުލައި 20) - ބާސެލޯނާ އިން ލިބޭ ފުރުސަތަކަށް ނޫނެކޭ ބުނުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ޑިފެންޑަރު މާކުއީނިއޯސް ބުނެފި އެވެ.