06 މާޗް

March 06, 2018 12
މެޑްރިޑާއި ޕީއެސްޖީގެ މެޗުން ކުރި ހޯދާނީ ކޮން ބަޔެއް؟

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މިރޭ ރެއާލް މެޑްރިޑާއި ޕީއެސްޖީ ކުޅޭ މެޗަކީ ދެ ޓީމަށް އެއްގޮތަކުން ވަރަށް މުހިއްމު މެޗެކެވެ. މި ސީޒަނުގައި ރެއާލް މެޑްރިޑަށް ދެން...

March 06, 2018 1
"ނޭމާ ނެތި ވެސް ރެއާލް ބަލިކުރެވޭ ފެންވަރު އެބަހުރި"

މެޑްރިޑް (މާޗް 6) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ނޭމާ ނުލައި ވެސް ރެއާލް މެޑްރިޑް ބަލިކުރެވޭ ފެންވަރު ޕީއެސްޖީގެ އެބަހުރި ކަމަށް އެ...

04 މާޗް

March 04, 2018 1
ޖޯޖް ވެޔާގެ ދަރިފުޅު ސީނިއާ ކެރިއަރު ފަށައިފި

ޓްރޮޔެސް (މާޗް 4) – ފްރާންސް ލީގުގައި ރޭ ޓްރޮޔެސް އަތުން 2-0 އިން ޕީއެސްޖީ މޮޅުވި މެޗުގައި ލައިބީރިއާގެ ރައީސް އަދި ކުރީގެ މަޝްހޫރު ފޯވާޑް ޖޯޖް ވެއާގެ ދަރިފުޅު ޓިމޮތީ ވެއާ ސީނިއާ ކެރިއަރު ފަށައިފި އެވެ.

03 މާޗް

March 03, 2018 4
މެޑްރިޑް މެޗަށް ކަވާނީ އާއި އެމްބާޕޭ އަރާމުކުރަނީ

ޕެރިސް (މާޗް 3) – ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ ބޮޑު މެޗަށް ތާޒާކުރުމަށްޓަކައި، ޕީއެސްޖީން އެ ޓީމުގެ ދެ ފޯވާޑުން ކަމަށްވާ ކީލިއަން އެމްބާޕޭ އާއި އެޑިންސަން ކަވާނީގެ އިތުރުން މިޑްފީލްޑަރު މާކޯ ވެރާޓީ އަށް އަރާމުކުރަން ފުރުސަތު ދީފި އެވެ.

02 މާޗް

March 02, 2018 7
ނޭމާ އަށް ސީޒަން ނިމިއްޖެ، ވޯލްޑް ކަަޕަށް ފިޓްވާނެ

ބެލޯ ހޮރިޒޯންޓޭ، ބްރެޒިލް (މާޗް 2) - ބްރެޒިލްގެ ތަރި ނޭމާ އަށް ދެން މި ސީޒަނުގައި ޕީއެސްޖީ އަށް މެޗެއް ކުޅުމުގެ ފުރުސަތު ނެތް ކަމަށާއި އެކަމަކު ޖޫން މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އޭނާ ފިޓްވާނެ ކަމަށް ބްރެޒިލް ޓީމުގެ ޑޮކްޓަރު ރޮޑްރީގޯ ލަސްމާ ބުނެފި އެވެ.

01 މާޗް

March 01, 2018 1
ނޭމާ ނެތި ޑި މަރިއާ ތަފާތު ދައްކައިފި

ޕެރިސް (މާޗް 1) – އޮލިމްޕިކް މާސޭ އަތުން 3-0 އިން މޮޅުވެ ފްރެންޗް ލީގު ކަޕުގެ ސެމީ ފައިނަލަށް ޕީއެސްޖީ ދަތުރުކުރި މެޗުގައި، ނޭމާގެ މަގާމް، އާޖެންޓީނާގެ ވިންގާ އެންހެން ޑި މާރިއާ ފުރައި މޮޅު ކުޅުމެއް ދައްކައިފި އެވެ.

26 ފެބުރުއަރީ

February 26, 2018 12
ޕީއެސްޖީ މޮޅުވިއިރު ނޭމާ އަށް އަނިޔާވެއްޖެ

ޕެރިސް (ފެބްރުއަރީ 26) – ފްރާންސް ލީގުގައި ރޭ އޮލިމްޕިކް މާސޭ އަތުން 3-0 އިން ޕީއެސްޖީ މޮޅުވި މެޗުގައި އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ނޭމާގެ ކުޑަހުޅަށް އަނިޔާވެ ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

19 ފެބުރުއަރީ

February 19, 2018 4
ރެއާލާ ދެކޮޅަށް ނުކުންނާނީ އިސް އުފުލައިގެން: ޕީއެސްޖީ

ޕެރިސް (ފެބްރުއަރީ 18) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރެއާލް މެޑްރިޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް ޕީއެސްޖީން ނުކުންނާނީ އިސް އުފުލައިގެން ކަމަށް އެ ޓީމުގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.

15 ފެބުރުއަރީ

February 15, 2018 16
ރެފްރީ މެޑްރިޑަށް އެހީވި: ޕީއެސްޖީގެ ރައީސް

ޕެރިސް (ފެބްރުއަރީ 15) – ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރޭ ޕީއެސްޖީ އަތުން 3-1 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި ރެފްރީގެ އެހީތެރިކަން މެޑްރިޑަށް ލިބުނު ކަމަށް ޕީއެސްޖީގެ ރައީސް ނަސީރު އަލް ޚެލާފީ ތުހުމަތުކުރައްވައިފި އެވެ.

10 ފެބުރުއަރީ

February 10, 2018
މެޑްރިޑް ބޮޑެތި މެޗުތަކުގައި ހޭލާނެ: އެމެރީ

ޕެރިސް (ފެބްރުއަރީ 10) – ރެއާލް މެޑްރިޑުން އަދި އެ ޓީމުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަބަދުވެސް އެންމެ ބޮޑެތި މެޗުތަކުގައި ނަތީޖާ ނެރޭ ކަމަށް ބުނެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އެ ޓީމާ ދެކޮޅަށް ނުކުންނަ ޕީއެސްޖީގެ ކޯޗު އުނާއީ އެމެރީ އިންޒާރުދީފި އެވެ.

23 ޖެނުއަރީ

January 23, 2018
ޒިދާން ގެންދަން ޕީއެސްޖީން ރާވަނީ

ޕެރިސް (ޖެނުއަރީ 23) – ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން އަންނަ ސީޒަނުގައި ގެނައުމަށް އޭނާގެ ގައުމު ފްރާންސުގެ ޕީއެސްޖީން ރާވަމުން އަންނަ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓެއް ބުނެފި އެވެ.

19 ޖެނުއަރީ

January 19, 2018 7
ޕީއެސްޖީ އާއި ސިޓީ އަކީ ނުރައްކަލެއް: ޓެބާސް

މެޑްރިޑް (ޖެނުއަރީ 18) - ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ އަކީ މަޝްހޫރު ބޮޑެތި ކްލަބްތަކަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސްޕެނިޝް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ސިފަކުރައްވައިފި އެވެ.

18 ޖެނުއަރީ

January 18, 2018 3
ޕީއެސްޖީ އަށް ލަނޑުގެ އީދެއް

ޕެރިސް (ޖެނުއަރީ 18) – ފްރާންސް ލީގުގައި ރޭ ޑިޔޯން އަތުން 8-0 އިން ޕީއެސްޖީ މޮޅުވި މެޗުގައި ނޭމާ ހަތަރު ލަނޑު ޖަހައިފި އެވެ.

15 ޖެނުއަރީ

January 15, 2018
ކުޅުންތެރިޔަކަށް ރެފްރީ ހަމަލާދީފި

ޕެރިސް (ޖެނުއަރީ 15) – ފްރާންސް ލީގުގައި ރޭ ނޯންޓެސް އަތުން 1-0 އިން ޕީއެސްޖީ މޮޅުވި މެޗުގައި ނޯންޓެސްގެ ކުޅުންތެރިޔަކަށް ރެފްރީ ހަމަލާ ދިނުމަށް ފަހު އޭނާ އަށް ރަތްކާޑު ދައްކައިފި އެވެ.

29 ޑިސެމްބަރ

December 29, 2017
ޑި މަރިއާ އަންނަ މަހު ބާސެލޯނާއާ ގުޅެނީ؟

ޕީއެސްޖީގެ އާޖެންޓީނާ ވިންގާ އެންހެލް ޑި މަރިއާ ގަތުމަށް ބާސެލޯނާ އިން ކޮށްފައިވާ ޕްލޭނައިގެން އަންނަ މަހުގެ ޓްރާންސްފާގައި ކުރިއަށްދާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

25 ޑިސެމްބަރ

December 25, 2017 6
ރެއާލް މެޑްރިޑަށް ނޭމާ ނުވިއްކާނަން: ޕީއެސްޖީ

ޕެރިސް (ޑިސެމްބަރު 25) - މި ސީޒަނުގައި ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީއާ ގުޅުނު ބްރެޒިލްގެ ތަރި ނޭމާ ރެއާލް މެޑްރިޑަށް ނުވިއްކާނެ ކަމަށް ޕީއެސްޖީގެ ރައީސް ނާސިރު އަލް ހެއްލާފީ ވިދާޅުވެއްޖެ އެވެ.

21 ޑިސެމްބަރ

December 21, 2017 1
އެމްބާޕޭ އުފަން ދުވަހު ޕީއެސްޖީ މޮޅުކޮށްދީފި

ޕެރިސް (ޑިސެމްބަރު 21) - ފްރާންސްގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ އޭނާގެ 19 ވަނަ އުފަން ދުވަހު ދެއްކި މޮޅުކުޅުމާ އެކު ޕީއެސްޖީން 3-1 އިން ކާއެންގެ މައްޗަށް ކުރި ހޯދައިފި އެވެ.

19 ޑިސެމްބަރ

December 19, 2017 14
ރެއާލުގެ ރަސްކަމަށް ނިމުމެއް ގެނެވިދާނެ: އެމްބާޕޭ

ޕެރިސް (ޑިސެމްބަރު 19) – ޔޫރަޕް ފުޓްބޯޅައިގައި ރެއާލް މެޑްރިޑުން ކުރަމުން އަންނަ ރަސްކަމަށް ޕީއެސްޖީ އަށް ނިމުމެއް ގެނެވިދާނެ ކަމަށް އެ ޓީމުގެ ފޯވާޑް ކީލިއަން އެމްބާޕޭ ބުނެފި އެވެ.

17 ޑިސެމްބަރ

December 17, 2017 6
"ނޭމާގެ ސަބަބުން ޕީއެސްޖީގެ ސަޕޯޓަރުން ގިނަވެއްޖެ"

ޕެރިސް، ފްރާންސް (ޑިސެމްބަރު 17) - މި ސީޒަނުގައި ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީ އަށް ބަދަލުވި ބްރެޒިލްގެ ތަރި ނޭމާގެ ސަބަބުން އެ ޓީމުގެ ސަޕޯޓަރުން ގިނަވެއްޖެ ކަމަށް ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.

12 ޑިސެމްބަރ

December 12, 2017 7
ރެއާލާ ޖެހުމަކީ ލިބުނު ރަނުގެ ފުރުސަތެއް: ޕީއެސްޖީ

ޕެރިސް (ޑިސެމްބަރު 12) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އެންމެ ފަހުން ދެ އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ކުޅެން ޖެހުމަކީ ޕީއެސްޖީގެ ފެންވަރު ވަޒަންކޮށްލަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށް އެ ޓީމުގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.

11 ޑިސެމްބަރ

December 11, 2017 5
ރެއާލް-ޕީއެސްޖީ އަދި ބާސެލޯނާ-ޗެލްސީގެ ކުރިމަތިލުމެއް

ނިޔޯން، ސްވިޒަލެންޑް (ޑިސެމްބަރު 11) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ފްރާންސްގެ ގަދަބާރު ޕީއެސްޖީ ބައްދަލުކުރަން ޖެހުނުއިރު، މި މުބާރާތުގައި ބަލިނުވެ އޮތް ބާސެލޯނާ ބައްދަލުކުރާނީ އިނގިރޭސި ޗެމްޕިއަން ޗެލްސީއާ އެވެ.