21 ޑިސެމްބަރ

December 21, 2017 1
އެމްބާޕޭ އުފަން ދުވަހު ޕީއެސްޖީ މޮޅުކޮށްދީފި

ޕެރިސް (ޑިސެމްބަރު 21) - ފްރާންސްގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ އޭނާގެ 19 ވަނަ އުފަން ދުވަހު ދެއްކި މޮޅުކުޅުމާ އެކު ޕީއެސްޖީން 3-1 އިން ކާއެންގެ މައްޗަށް ކުރި ހޯދައިފި އެވެ.

19 ޑިސެމްބަރ

December 19, 2017 14
ރެއާލުގެ ރަސްކަމަށް ނިމުމެއް ގެނެވިދާނެ: އެމްބާޕޭ

ޕެރިސް (ޑިސެމްބަރު 19) – ޔޫރަޕް ފުޓްބޯޅައިގައި ރެއާލް މެޑްރިޑުން ކުރަމުން އަންނަ ރަސްކަމަށް ޕީއެސްޖީ އަށް ނިމުމެއް ގެނެވިދާނެ ކަމަށް އެ ޓީމުގެ ފޯވާޑް ކީލިއަން އެމްބާޕޭ ބުނެފި އެވެ.

17 ޑިސެމްބަރ

December 17, 2017 6
"ނޭމާގެ ސަބަބުން ޕީއެސްޖީގެ ސަޕޯޓަރުން ގިނަވެއްޖެ"

ޕެރިސް، ފްރާންސް (ޑިސެމްބަރު 17) - މި ސީޒަނުގައި ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީ އަށް ބަދަލުވި ބްރެޒިލްގެ ތަރި ނޭމާގެ ސަބަބުން އެ ޓީމުގެ ސަޕޯޓަރުން ގިނަވެއްޖެ ކަމަށް ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.

12 ޑިސެމްބަރ

December 12, 2017 7
ރެއާލާ ޖެހުމަކީ ލިބުނު ރަނުގެ ފުރުސަތެއް: ޕީއެސްޖީ

ޕެރިސް (ޑިސެމްބަރު 12) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އެންމެ ފަހުން ދެ އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ކުޅެން ޖެހުމަކީ ޕީއެސްޖީގެ ފެންވަރު ވަޒަންކޮށްލަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށް އެ ޓީމުގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.

11 ޑިސެމްބަރ

December 11, 2017 5
ރެއާލް-ޕީއެސްޖީ އަދި ބާސެލޯނާ-ޗެލްސީގެ ކުރިމަތިލުމެއް

ނިޔޯން، ސްވިޒަލެންޑް (ޑިސެމްބަރު 11) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ފްރާންސްގެ ގަދަބާރު ޕީއެސްޖީ ބައްދަލުކުރަން ޖެހުނުއިރު، މި މުބާރާތުގައި ބަލިނުވެ އޮތް ބާސެލޯނާ ބައްދަލުކުރާނީ އިނގިރޭސި ޗެމްޕިއަން ޗެލްސީއާ އެވެ.

06 ޑިސެމްބަރ

December 06, 2017 11
ޕީއެސްޖީ އަތުން ބަޔާން ބަދަލުހިފައިފި

މިއުނިކް (ޑިސެމްބަރު 6) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި 3-1 އިން ފްރާންސްގެ ޕީއެސްޖީ ބަލިކޮށް މީގެ ދެ މަސް ކުރިން އެ ޓީމު އަތުން ބަލިވި ބަލިވުމުގެ ބަދަލު ބަޔާން މިއުނިކުން ހިފައިފި އެވެ.

05 ޑިސެމްބަރ

December 05, 2017
ޕީއެސްޖީއާ ދެކޮޅަށް ބަޔާން ބަދަލުހިފުމަކަށް

މިއުނިކް (ޑިސެމްބަރު 5) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ފްރާންސުގެ ޕީއެސްޖީއާ ދެކޮޅަށް މިރޭ ނުކުންނައިރު އެ ޓީމަށް ބަޔާން މިއުނިކްގެ ފެންވަރު ސާބިތުކޮށްދޭން ޖެހޭ ކަމަށް ބަޔާނުގެ ކޯޗު ޔުޕް ހެއިންކެސް ބުނެފި އެވެ.

03 ޑިސެމްބަރ

December 03, 2017 5
ސްޓްރޯސްބާގް އަތުން ވަރުގަދަ ޕީއެސްޖީ ބަލިވެއްޖެ

ޕެރިސް (ޑިސެމްބަރު 3) - ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތް ވަރުގަދަ ޕީއެސްޖީ ރަށުން ބޭރުގައި ރޭ ކުޅުނު މެޗުން ލީގުގެ 16 ވަނައިގައި އޮތް ސްޓްރޯސްބާގް އަތުން 2-1 އިން ބަލިވެއްޖެ އެެވެ.

30 ނޮވެމްބަރ

November 30, 2017
ޕީއެސްޖީ އަށް އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް

ޕެރިސް (ނޮވެމްބަރު 30) - އަމިއްލަ ދަނޑުގައި ރޭ ޓްރޮޔެސް އަތުން 2-0 އިން މޮޅުވެ ފްރެންޗް ލީގުގެ އެއް ވަަނައިގައި ޕީއެސްޖީން 10 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

27 ނޮވެމްބަރ

November 27, 2017 2
ޕީއެސްޖީގެ ފެންވަރު ދައްކާލެވިއްޖެ: އެމެރީ

ޕެރިސް، ފްރާންސް (ނޮވެމްބަރު 27) - އެންމެ ފަހުގެ ޗެމްޕިއަން މޮނާކޯ އަތުން 2-1 އިން މޮޅުވުމުން ޕީއެސްޖީގެ މިހާރުގެ ފެންވަރު ދައްކާލެވިއްޖެ ކަމަށް އެ ޓީމުގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.

20 ނޮވެމްބަރ

November 20, 2017 1
ނޭމާ ހޯދި ގޮތަށް ކުޓީނިއޯ ވެސް ގެނެވިދާނެ: ސިލްވާ

ޕެރިސް (ނޮވެމްބަރު 20) - މި ސީޒަން ފެށުމުގެ ކުރިން ބާސެލޯނާ އިން ނޭމާ ގެނައި ގޮތަށް ލިވަޕޫލްގެ ފިލިއްޕޭ ކުޓީނިއޯ ވެސް ހޯދަން ބޭނުންވާ ކަމަށް ޕީއެސްޖީގެ ކެޕްޓަން ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ ބުނެފި އެވެ.

19 ނޮވެމްބަރ

November 19, 2017
އިބްރަހިމޮވިޗް ނެތި ކަވާނީ ޕީއެސްޖީގައި ވިދަނީ

ޕެރިސް (ނޮވެމްބަރު 19) - މިދިޔަ ސީޒަން ފެށުމުގެ ކުރިން ޒަލަޓާން އިބްރަހިމޮވިޗް ޕީއެސްޖީ ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމުން ޕީއެސްޖީގެ ޓޮޕް ސްޓްރައިކަރަކަށްވީ އެޑިސަން ކަވާނީ އެވެ. އެ މަގާމަށް ކަވާނީ ބަދަލުވި ފަހުން އޭނާ ވަނީ މިހާތަނަށް ކުޅުނު 67 މެޗުން 68 ލަނޑު ޖަހައިފަ އެވެ.

11 ނޮވެމްބަރ

November 11, 2017 2
މީޑިއާގެ ވާހަކަތަކުގެ ސަބަބުން ނޭމާ އަށް ރޮވިއްޖެ

ލިއްލޭ، ފްރާންސް (ނޮވެމްބަރު 11) - ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ އާއި ފޯވާޑް އެޑިސަން ކަވާނީއާ މައްސަލަ ޖެހިފައިވާ ކަމަށް ބުނެ އެ ޓީމަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާއާ ގުޅުވައިގެން މީޑިއާގައި ދައްކާ ވާހަކަތަކުގެ ސަބަބުން އޭނާ ހިތަށް އަސަރުކޮށްފައިވާ ކަމަށް ބުނެފި އެވެ.

08 ނޮވެމްބަރ

November 08, 2017 5
އަދަބުން ސަލާމަތްވާން ޕީއެސްޖީން ކުޅުންތެރިން ވިއްކަނީ

ޕެރިސް، ފްރާންސް (ނޮވެމްބަރު 8) - ނިމިގެން ދިޔަ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ ގަވާއިދުތަކާ ހިލާފުވެފައިވާތީ އެ ގަަވާއިދުގެ ތެރެއަށް ފެތުމަށްޓަކައި އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމުގެ ބައެއް ކުޅުންތެރިން ވިއްކާލަން ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

01 ނޮވެމްބަރ

November 01, 2017
ޕީއެސްޖީ އާއި ބަޔާން ދެ ވަަނަ ބުރަށް

ޕެރިސް (ނޮވެމްބަރު 1) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ގްރޫޕް ބީ އިން ބަޔާން މިއުނިކާއި ޕީއެސްޖީ މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަތައް ޔަގީންކޮށްފި އެވެ.

23 އޮކްޓޯބަރ

October 23, 2017 8
ނޭމާ އަށް ރަތެއް، ޕީއެސްޖީ ސަލާމަތްކޮށްދިނީ ކަވާނީ

މާސޭ، ފްރާންސް (އޮކްޓޯބަރު 23) - ފްރެންޗް ލީގުގައި ރޭ ޕީއެސްޖީ ކުޅުނު މެޗުގައި އެ ޓީމުގެ ތަރި ނޭމާ އަށް ރަތެއް ދެއްކިއިރު، އިތުރު ވަގުތުގައި އެޑިސަން ކަވާނީ ވައްދާލި ހިލޭ ޖެހުމަކުން 2-2 އިން މާސޭއާ ޕީއެސްޖީން އެއްވަރުކޮށްފި އެވެ.

19 އޮކްޓޯބަރ

October 19, 2017 5
ޔުނައިޓެޑާއި ޕީއެސްޖީ ދެ ވަނަ ބުރާ ގާތަށް

ލިޒްބަން، ޕޯޗުގަލް (އޮކްޓޯބަރު 19) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީ މުބާރާތުގެ ދެ ވަނަ ބުރާ ގާތަށް ޖެހިލައިފި އެވެ.

15 އޮކްޓޯބަރ

October 15, 2017 1
ޕީއެސްޖީ ބަރޯސާވަނީ ވަކި ކުޅުންތެރިއަކަށް ނޫން: އެމެރީ

ގިޖޯން، ފްރާންސް (އޮކްޓޯބަރު 15) - ޕީއެސްޖީ ބަރޯސާވަނީ ވަކި ކުޅުންތެރިއަކަށް ނޫން ކަމަށް ރޭ ގިޖޯން އަތުން 2-1 އިން މޮޅުވި މެޗަށް ފަހު ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.

13 އޮކްޓޯބަރ

October 13, 2017
ޕީއެސްޖީގެ ކޯޗަކަށް ޒިދާން ގެންނަން މަސައްކަތް ފަށައިފި

ޕެރިސް، ފްރާންސް (އޮކްޓޯބަރު 13) - ޕީއެސްޖީގެ ކޯޗަކަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ގެންނަން ޕީއެސްޖީގެ ވެރިޔާ ނާސިރު އަލް ހެލާފީ މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

28 ސެޕްޓެމްބަރ

September 28, 2017 1
ގަދަބާރުތައް ކާމިޔާބު ހޯދި ރޭ ބަޔާނަށް ހިތްދަތިކަން

ޕެރިސް (ސެޕްޓެމްބަރު 28) – ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ޔޫރަޕުގެ ގަދަބާރުތައް ކަމަށްވާ އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑާއި ސްޕެއިނުގެ ބާސެލޯނާ އާއި އިޓަލީގެ ޔުވެންޓަސް އިން މޮޅުތަކެއް ހޯދިއިރު ޖަރުމަނުގެ ބަޔާން މިއުނިކް ފްރާންސުގެ ޕީއެސްޖީގެ އަތްދަށުވެއްޖެ އެވެ.